އެޕާޓްމެންޓް ކުއްޔަށް ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނެގި ދެ މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ބުނެފައި ވަނީ، މި ދެ މީހުން ހޯދަން އިއުލާނުކޮށްފައި ވަނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ ކަމަށެވެ.

އެހެންކަމުން ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށް ބުނެފައި ވެއެވެ.

މި މައްސަލައިގައި ފުލުހުން ހޯދަމުން ދަނީ އދ. މާމިގިލި / ނޭޕާލް، ޢާއިޝަތު މާޝާ ޝާހީން (26އ) އާއި ހއ. ހޯރަފުށި / އަޝްރަފީގެ، ނައުފަލް އަޙްމަދު (33އ) އެވެ.

ފުލުހުން ވިދާޅުވީ، އެ މީހުން ހޯދަނީ އެޕާޓްމަންޓެއް ކުއްޔަށް ދޭނެކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ކަމަށެވެ. އެ މީހުން ފުލުހަށް ހާޒިރުވުމަށް ދީފައިވާ ގަޑިއަކީ ޖެނުއަރީ 13 ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމިގިލި

    ތީހަމަ މީގެ ތިންވަރަކަށް އަހަރުކުރިންވެސް މީހުން އަތުން އޮޅުވާލައިގެން ފައިސާނަގައިގެން ހައްޔަރުކުރި ދެމަފިރިން.

  2. އަލީ

    ޑޮލަރު ގަނެގެން މިލިޔަނުން މީހުންނަށް ދޯގާދީފަ ތިބި ދެމީހުންތީ