ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ވާދަކުރާ ޕީޕީއެމްގެ ކެނޑިޑޭޓް އަލްއުސްތާޒު މޫސާ ފަތުހީއަށް ކޮމަންޑޫން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ފަތުހީ ކޮމަންޑޫއަށް ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. ފަތުހީ އާއިއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރު އާދަމް ޝަރީފް އުމަރާއި ޕީޕީއެމްގެ ޓީމެއް ކޮމަންޑޫއަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމަށް ރަށުގެ ގިނަ ބަޔަކު ނިކުތެވެ.

އަންނަ ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހު އޮންނަ އިންތިހާބުގައި ޕީޕީއެމްގެ އިތުރުން އެމްޑީޕީ އާއި އެމްއެންޕީން ވެސް ވާދަކުރެއެވެ.

ފަތުހީ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ނައިބު ކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ކުރިން އޭނާ ވަނީ ށ.އަތޮޅު ކައުންސިލްގެ ރައީސް ކަން ކުރައްވާފައެވެ. ފަތުހީ އަކީ ކޮމަންޑޫ ކުޑަކަތީބު ކަމާއި، އަތޮޅުވެރިޔާގެ އިސް އެހީތެރިޔާގެ މަގާމާއި، ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރ ކަމުގެ އިތުރުން އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގަ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގެ ފޯރި ގަދަވަމުން އަންނައިރު ފަތުހީގެ ކެމްޕޭންގައި ބައިވެރިވެ ވަޑައިގަތުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ކޮމަންޑޫ ދާއިރާ އަށް ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެދާއިރާގެ މެންބަރު ހުސެއިން ވަހީދު އަވަހާރަވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަމޯންއިން

    ރައީސް އިބޫ އައުޓް އެމްޑީޕީ އައުޓް ފައްތޭ އިން ރައީސް އިބޫ އައުޓް އެމްޑީޕީ އައުޓް ފައްތޭ އިން ރައީސް އިބޫ އައުޓް އެމްޑީޕީ އައުޓް ފައްތޭ އިން ރައީސް އިބޫ އައުޓް އެމްޑީޕީ އައުޓް ފައްތޭ އިން ރައީސް އިބޫ އައުޓް އެމްޑީޕީ އައުޓް ފައްތޭ އިން ރައީސް އިބޫ އައުޓް އެމްޑީޕީ އައުޓް ފައްތޭ އިން ރައީސް އިބޫ އައުޓް އެމްޑީޕީ އައުޓް ފައްތޭ އިން ރައީސް އިބޫ އައުޓް އެމްޑީޕީ އައުޓް ފައްތޭ އިން ރައީސް އިބޫ އައުޓް އެމްޑީޕީ އައުޓް ފައްތޭ އިން ރައީސް އިބޫ އައުޓް އެމްޑީޕީ އައުޓް ފައްތޭ އިން ރައީސް އިބޫ އައުޓް އެމްޑީޕީ އައުޓް ފައްތޭ އިން ރައީސް އިބޫ އައުޓް އެމްޑީޕީ އައުޓް ފައްތޭ އިން ރައީސް އިބޫ އައުޓް އެމްޑީޕީ އައުޓް ފައްތޭ އިން ރައީސް އިބޫ އައުޓް އެމްޑީޕީ އައުޓް ފައްތޭ އިން

    30
    7
  2. ބޮކި

    ފައްތޭ އައުޓް ، ބޮޑު ވަގު އައުޓް ، ރައީސް އިބޫ އިން ، އެމްޑީޕީ އިން ، ދަތްދޮޅި އައުޓް
    ކަދުރު ފާތުމަ އައުޓް ، ރައީސް އިބޫ އިން ، އެމްޑީޕީ އިން ، ފައްތޭ އައުޓް ، ފައްތޭ އައުޓް ، ފައްތޭ އައުޓް

    2
    13
  3. ހިމް

    އިބޫވެސް ޔާމީނުވެސް ދައުލަތުގެ ފައިސާ ޚަރަދުކޮށްގެން ކޮމަންޑޫ ދާއިރާއަށް ކެމްޕޭނަށް ގޮސްގެން ނުވާނެ.

    3
    3
  4. އިބްރާހިމް

    މިއީ 2023ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގާތްގަނޑަކަށް ވަޒަންކުރެވޭނެ ބައި އިލެކްޝަނެކެވެ. އަދި އިންޑިއާސިފައިން ރާއްޖޭގައި ތިބުމަށް ދިވެހިން ނުރުހޭކަން ނުވަތަ ރުހޭކަންވެސް ވަޒަންކުރެވޭނެ އިންތިޚާބެކެވެ. އިންޑިއާގެ ވެރިންނަށްވެސް މިކަން އެނގޭތީ މި ދާއިރާއަށް ވޯޓްލާންތިބި މީހުންގެ ދެބަައިކުޅައެއްބައި ވޯޓް ގަތުމަށްޓަކައި 2500ރ މަގުން އެވަނީ ޕްރޮޖެކްޓް ހިންގުމުގެ ނަމުގައި ފައިސާ ދީފައެވެ. ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށްޓަކައި މި ދާއިރާގެ ރައްޔިތުންނަށް ލިބިފައިވާ ފަހި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމައަށް ކުރާނެކަމަށް އުންމީދުކުރަން. އަޅުގަނޑު އެދެނީ 90 ޕަސެންޓުން މަތި.

    11
    2
  5. ޏަމް

    ކޮބާހީވޭކަމެކޭ ސޯލިބެއަށް ވެރިކަން ކުރަންނޭނގޭކަން ރަށްޔަތުންހާމަ ކޮށްދީފި އޭނަވަނީ ރަށްޔަތުންގެ ކުރިމަތީ ދޮގުހުވާކޮށްފަ ދީނަށް ކަމޭ ހިތާނަމަ ތިހިނެއްނުވީސް ...!!!