ދޮން ބައްޕައަކު 10 އަހަރުގެ ދޮން ދަރިފުޅަށް އަނިޔާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި މައްސަލަ ފެންމަތިވެފައި ވަނީ ރޭގެ ވަގުތެއްގައެވެ.
މި މައްސަލައިގައި ފުލުހުން ވިދާޅުވެފައި ވަނީ، އުތުރުގެ ރަށެއްގައި 10 އަހަރުގެ ފިރިހެން ކުއްޖަކަށް އިހުމާލުވި ކަމަށް ބުނާ މައްސަލައެއް ރޭ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެއެވެ. އަދި އެ ކުއްޖާއަށް ލިބިފައި ވަނީ ކޮން ކަހަލަ އަނިޔާތަކެއްކަން އަދި ސާފެއް ނުވެއެވެ.
ދިވެހި އަންހެނުންނަކީ ކުދިންގެ ބައްޕަ ގާތުން ވަރިވެގެން ކުދިންނަށް ދޮންބައްޕަ ހޯދާދޭން ވަރަށް ވަރުހުންނަ ބަޔެއް. މާލޭ މެދުތެރޭގައި ވެސް ތިކަން އެބަ ހިނގާ.
ބައެއް އަންހެނުން އުޅޭ ތިހެން..އެކަމަކު ގިނަވާނީ މީހަކާ އިނދެ ދަރިން ލިބުނީމަ އަންހެން މީހާ ވަރިކޮށްފަ ދަރިންނަށް ހަރަދު ނުދީ އަނެއްކާ އެހެން އަންހެނަކާ ގޮސް އިންނަ ފިރިހެނުން..މިވައްތަރު ގިނަވީމަ ދަރިންނަށް ދެން ހޯދަދެވޭނީ ދޮންބައްޕައެއް ދޯ..އަހަރެން ދަންނަ ވ.ގިނަ އަންހެނުން އުޅެނީ މިހާލުގަ..އެކަމަކު ވ.ރަނގަޅު ބައްޕައިން މަދުން ނަމަވެސް އުޅޭކަން ފާހަނގަކޮށްލަން
ދޮންދަރިއެއް ހުރިއްޔާ ބެހެން ޖެހޭތަ އަނިޔާކުރަން ޖެހޭތަ
ދިވެހި އަންހެނުން ދަރިންގެ ބައްޕަ ކާއިރިން ވަރިވާންޖޭ ސަބަބު ތެރޭގައި ފިރިމީހާގެ އާއިލާގެ ނޫފުޒު ސަބަބުން މިނިވަންކާމާއެކު ރަގަޅު ހަޔާތެއް ބިނާކުރުމުގެ ފުރުސަތު ނެތުން. އަގުވަޒަން ނުކުރުން. ކުރީގެ ލޯބިވެރިޔާ ވަރިކުރިމީހާއި ގާތް ގުޅުމެއް ބޭއްމުގެ ސަބަބުން ދެމެފިރިން ފަސާދަވުން.
ގިނަ ކުދިންނަށް އަނިޔާލިބެނީ އާއިލާ ރޫޅޭފަހުން
ކުދިންނަށް އަނިޔާ ލިބުމުގައި ވަކި ވަގުތެއްނެތް. އިދެން ތިއްބަސް މައިންބަފައިން ދަރިންގެ ހައްޤުތައް އަދާއެއް ނުކުރޭ. ގޭގައި ހޭދުކުރާ ވަގުތުތަކުގައި ޑުރާމާއަށް ހުސްވެ ގޭމް ކުޅުމާއި ރައްޓެހިންނާއި އެކު ގިނަ ވަގުތު ބޭކާރު ގޮތުގައި ހޭދަކުރާ މައިންބަފައިން ގިނަވެއްޖެ؟
ދެމެފިރިން އެކަކު އަނެކަކު ބޮލުގައި ތުހުމަތު އެޅުމުގެ މަގުސަދުގައި މިފަދަ މައްސަލަ ރިޕޯރޓް ކުރޭ.
މިމުޖުތަމާއުގެ ވަރިވެ އަލުން އެހެން ކާވެންޏަށް ކޮށްގެން ތިބޭ މީހުންގެ ދަރިންގެ ސަބަބުން ދެމެފިރިން ފަސާދަވެގެންދޭ. މިފަދަ ދަރިންގެ މަންމަ ނުވަތަ ބައްޕަ އެފަދަ ކުދިން ޓްރެއިންނިންކޮށް ދެމެފިރިންގެ ދިރިއުޅުން ހަލާކުކޮށް އެމީހުންގެ އުފަންދަރިން ބޭނުންކުރޭ.
ދޮން ބައްޕަ ނުވަތަ ދޮންމަންމަ އަބަދުވެސް ގޯސްވެ ނަންވަނީ. ކޮބާތޯ އެފަދަ ދަރިންގެ މައިންބައިންގެ އިހުމާލު؟ ދަރިން ދެކެ ލޯބިވާނަމަ ކީއްވެތޯ ދެމެފިރިންގެ އެދެމީހުންގެ ދަރިންނަށްޓަކައި ކާވެނީގެ ބިންގާ ފުޑުފުޑުކޮށްލީ......؟؟