ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި ނިންމާލާއިފިއެވެ.

މ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދަނީ އެމްޓީސިސީންނެވެ.

އެ ކުންފުނިން މިއަދު މައުލޫމާތުދިން ގޮތުގައި، އެ ޕްރޮޖެކްތްގެ 68 ޕަސެންޓް ވަނީ ނިމިފައެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން، 280 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

މި މަޝްރޫޢަކީ 6.39 މިލިއަން ރުފިޔާގެ މަޝްރޫއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކުގައި އެންމެ ބޮޑަށް ހަރަކާތްތެރިވާ ކުންފުންޏަކީ އެމްޓީސީސީއެވެ. އެ ކުންފުނިން ދަނީ ރާއްޖޭގެ އެކި ރަށްރަށުގައިވެސް މިހާރުވެސް ބޮޑެތި ޕްރޮޖެކްޓްތައް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު