ރައްޔިތުންގެ މަންފާއަށްޓަކައި ވެރިކަން ދޫކޮށްލުމުގެ ހިތްވަރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހުންނަން ޖެހޭ ކަމަށް އިސްތިއުފާ ދެއްވި ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
އީޔޫއިން މި މިމަހު މެދުތެރޭ ފިޔަވަޅު އަޅާނެ ކަމަށް ރައީސް ޔާމިން ވިދާޅުވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީޔޫއިން އަޅާ ފިޔަވަޅުން ރާއްޖޭގެ ރައްޔިތުންގެ ނުހަނު ގެއްލުން ވާނެކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
EU in alha fiyavalhun Raajjege rayyithunah nuhanu gellun vaanekan RY engivadai gannavaane.Manikfaanai alhugadah vure Raajje maa muhinmu.Verikamuge lazzathai aramakee huriha ehchehnoon.Rayyithunge manfa ah takaa verikan dhookohlevvumuge hivvaru manikfaanuge kibaigaves hunanjeheyne
— Mohamed Nasheed (@MohamedNasheed) July 11, 2018
"މަނިކުފާނާއި އަޅުގަނޑަށް ވުރެ ރާއްޖެ މާ މުހިއްމު ވާނެ، ވެރިކަމުގެ ލައްޒަތާއި އަރާމަކީ ހުރިހާ އެއްޗެއް ނޫން، ރައްޔިތުންނަށް ޓަކައި ވެރިކަން ދޫކޮށްލުމުގެ ހިތްވަރު މަނިކުފާނުގެ ކިބާގައިވެސް ހުންނަންވެނެ" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނާއި ރައީސް ޔާމީނަށްވުރެ ޤައުމު މާ މުހިއްމު ކަމުގައެވެ.
މ. ދިއްގަރު ބަނދަރު ހުޅުވައިދެއްވުމަށާއި، އެރަށުގައި ސަރުކާރުން ޤާއިމު ކޮށްދެއްވާފައިވާ ސާފު ބޯފެނުގެ ނިޒާމު ބޭނުންކުރަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހި ސަރުކާރަށް ދަތިކުރުމުގެ ފިޔަޅު އަޅާނެ ކަމުގެ އިންޒާރު ޔޫރަޕްގެ އިއްތިހާދުން މިދިޔަ ހަފްތާގައި ދީފައިވާ ކަމަށާއި، އެ ފިޔަވަޅުތައް މި މަހުގެ ތެތޭގައި އަޅާނެކަމަށް އިންތިޒާރު ކުރައްވާ ކަމަށެވެ. އަދި ދިވެހި ސަރުކާރަށް ފިޔަވަޅު އަޅާ ވާހަކަތައް އެމްޑީޕީގެ ބޭފުޅުން އުފަލާ އެކީގައި ދެއްކެވި ނަމަވެސް، މިކަން ބަލައިގަންނަނީ ކަންބޮޑުވުމާއެކީގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްގައި ދޫ ނުކުރައްވާ ހިފަހައްޓަވާނެ އުޞޫލުތަކެއް ހުންނާނެ ކަމަށާއި، އެ އުސޫލުތައް ދަމަހައްޓައިގެން ފިޔަވަޅު އަޅާނަމަ މާތް ﷲ އަށް ވަކީލު ކުރައްވައިގެން ދެން އެކަމަކުން ސަލާމަތް ވެވޭނީ ކިހިނެތްތޯ ބައްލަވާނެ ކަމަށެވެ.
ބައިނަލްއަގުވާމީ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ދިވެހި ސަރުކާރުން އެއްވެސް އިޖާބައެއް މިހާތަނަށް ދީފައިނުވާތީ، ސަރުކާރުގެ ވެރިނާއި ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީޔޫ އިން އަނެއްކާވެސް ވަނީ ދީފިއެވެ.
އެހެންވީމަ ޔާމީނުވެސް މިޖެހެނީ މީނަ ކޮޕީކޮށްގެން ވެރިކަމުން ފިލަންތާ!
އަދިކިރިޔާ މިއެނގުނީ ވެރިކަމަކީ އަރާމު ލިބޭކަމެއްކަން
މި ކަލޭގެ ބުނާހާގޮތެއް ހަދަން ޖެހޭ ސަބަބެއް ނޭނގުނު.
ގަޓުހުރެގެން ވާނީ. ދޮންމީހުން ބުނާހާގޮތެއް ހަދާކަށް ނުޖެހޭ.
އެހެންވެތާ 8 ފެބުރުއަރީގަ މުޅިރާއްޖޭގަ ހުޅުޖަހާ އަންދާލީ ،،
އަނގަނުތަޅަ މަޑުން ހުރުމުގެ ހިތްވަރު އިސްތިއުފާ ދިން ނަޝީދު ގެ ހުންނަން ވާނެ . ހަޖަމްކުރުމުގެ ހިތްވަރުވެސް .... ވ ވެދުން
ތެދެއް ތީ..
އީޔޫގެ އެންމެ ދޮނޭ އަކު ވޯޓް ލައިގެން ހޮވި ވެރިއަކު މިރާއްޖޭގެ ރައީސް ކަމުގައި ނުހުންނާނެއޭ ނުޖެހޭނެއޭ ރައީސް ޔާމީން އިސްތިއުފާ ދޭން ދެން އަނެއްކޮޅުން އެމްޑީޕީން ޕްރޮމޯޓް ކުރަމުން ދަނީ އެއީ ބަރުލަމާނީ ނިޒާމް ކަމަށްވާތީވެ އެއީ ސީދާ ޖޭޕީގެ ޕްރިންސިޕްލް ބިލީފް އާއި ޚިލާފު ކަމެކޭ އެހެން ކަމުން ޖޭޕީން ނުޖެހޭނެއޭ ރަނިންގް މޭޓަކު ނެރެން އެމްޑީޕީ ގެ އިބޫ އާއި އެކު ބައިވެރި ވެގެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން.
މިކަލޭގެ ގޮތައް ދެންވެރިކަަމާއި ހަވާލުވާ މީހަކު ޖެހެނީ ވެރިކަން ދޫކޮއްލާ ހާދަހެއްވާކަމެކޭ
މި ގަމާރު ކަލޭގެ އެ ބުނަނީ ޔާމީނުވެސް މަވަރުގެ ފިނޑިއަކަށް ވާށޭ!
ކަލޭ ފިނޑިކަމުން އިސްތިޢުފާ ދިނަސް ނުޖެހޭ އިސްތިއުފާ ދޭކަށް. ވެރިކަމާހެދި ހޭބަލިވެފަ ހުންނަ މީހެއް ނުހުންނާނެ މިކަލޭގެ ނޫނީ.... ފިނޑި، ފިލި، އިސްތިއުފާ އަންނި
ބަލަގަ ކަލޭކަހަލަ ދެބަންދިހާރެއްނޫނޭ ރައީސްޔާމީނަކީ!!!
ތި ފިނޑިކަންކެނޑި އިއްވާފަވާ ހުކުމް ތަންފީޒުވާން ޖަލަށްވަނުމުގެ ހިތްވަރު ކަލޭގައިގަ ހުންނާކަށް ނުޖެހޭ؟ ލަދުހަޔާތްކޮބާ؟ މީނަހިތުން މީނަމީ މިނިވަނެއް!
ނަޝީދޫ، ކަލޭގެ ކީއްވެތަ ހުކުމް ތަންފީޒު ކޮއްލަން ޖަލުގަ އޮތުމުގެ ހިތްވަރު ނެތީ؟ ރޔ. ރައީސްކަމު ވަޑައިގަތީ އަމިއްލަ މަންފާއަކަށް ޓަކައެއް ނޫން. ކަލޭ 10 އަހަރު ްައުމު ފަހަތަށް ވައްޓާލީމާ ޤައުމު ސަލާމަތްކޮށް ތަރައްޤީ ކުރާން. އެކަން އެގެންދަވަނޯީ ދައްކަވަމުން. ނުޖެހޭ އިސްތިޢުފާ ދޭކަށް. ދީގެން ނުވެސް ވާނެ. މިތާ ހުރިހާ ދީންތައް ފަތުރަން އީޔޫއިން ގޮވާލިޔަސް އެޔަށް އިޖާބަދޭކަށް ނުޖެހޭ. އަހަރެމެން ބިރު ގަންނަނީ ހަމައެކަނި ﷲ ދެކެ. ބަލާބަލަ ﷲގެ ކުޅަދުންވަންތަކަނ. ކަލޭމެންޖެހި ހުރިހާ ދަންތުރައަކުން މާތް ﷲ ޔާމީން ސަލާމަތްކުރެއްވި ގޮތް. ޢިބްރަތް ޙާޞިލުކޮށްބަލަ!
ރައީސް ޔާމީނަކީ، "ބައްލަވާ" ބޭފުޅެއްނޫން. 24 ގަޑިއިރު ހުންނަވަނީ ހަމައިގައި. ރައްޔިތުން ހަވާލުކުރެއްވި ޒިންމާ އަދާކުރައްވަނީ ނިކަން ކެރިގެން. ރައްޔިތުން ވޯޓުން ވަކިމުއްދަތަކަށް ހޮވުމުން އެމުއްދަތުގަ ޖެހޭނެ ހުންނަން. އެއީ ގަޓް ފިރިހެނެކޭ. ބޮއްޅަ ކަހަލަ މީހެއްނޫނޭ.
ޥެރިކަން ދޫކުރާކަށް ނުޖެހޭ..އެއީ އަންނި ކަހަލަ ބޯގޯ ހެއްނޫން އިރާދަ ކުރެއްވީތީ.
ކަލޭހާ ބޯ ބުރާންޗެއް ނޫނޭ ޔާމީނަކީ.....
ގަންޖާބޯ ގެ އަމާބަފާގެ ތަރިކަ މުދަލެއް ނޫނޭ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާްމް އަކީ ނުޖެހޭނެއޭ ގަންޖާބޯ ފެލުނު ނަމަވެސް ގަންޖާބޯ ބުނާ ގޮތެއް ހަދަން ގަންޖާބޯ މަހަށް ދޭބަލަ ދެން މަހަށް މަހަށް މަހަށް ދޭބަލަ ދެން. ހާއް.
ހެހެ. ތިމަންނާ މިއީ ފިނޑިއަކީމޭ، ތިމަންނާ ކަހަލަ ފިނޑިއަކަށް ރައީސް ޔާމީނުވެސް ވާށޭދޯ ތިޔަބުނީ؟؟ ތިޔައީ ފިނޑިކަމުން ހައްދުފަހަނަޅައިފާވާ، ދެފަހަރަށް ފިލާ ރައްކާވެފައި ހުރި މީހެއް! ފުރަތަމަ ވެރިކަމުގައި ހުރެފައި ފިލީ، ދެން ޖަލުގައި ހުރެފައި ފިލައިގެން މިހާރު ތިޔައުޅެނީ! ތިޔައީ ޤާނޫނަށް ފިލައިގެން އުޅޭ މީހެއް! ކުށް ކޮށްފައި، އެކުށުގެ އަދަބާ ކުރިމަތިލާން ނުކެރިގެން އުޅޭ ފިނޑިއެއް ތިޔައީ!!
ބަލަ ތިމާއަށް ކުންފުންޏަކާ ވާޑާންގެ އެއް ހުދުކާފޫރަށް ބަދަލުކުރި ހަނދާން އެބަހުރިތަ ؟ ވެރިކަންލިބުނީމަ ވެރިކަން ކުރަންނޭގިގެން އިސްތިއުފާދީފަ ގޮސް ކުރެވުނު ކަންކަން ހަނދާން އެބަހުރިތަ ؟ ވީމާ ތިމާ ކުފޫ ހަމަނުވާކަން ގަބޫލުކޮށް ވެރިކަމާ ނުތޮޅި ހުންނެވުމުގެ ހިތްވަރު ތިމާގެ ވެސް ހުންނަން ނުޖެހޭތަ ؟
ރައްޔިތުން ދެކެވާލޯބިން، ރައްޔިތުންގެ މަންފާއަށް ނަޝީދު ވެރިކަމުން އިސްތިޢުފާދީފައި ކުރި ކަމެއްތޯ ދައުލަތުގެ މުދަލުގައި ހުޅުޖެހީ.
ތެދެއްނުން ނަޝީދު އެބުނީ. ގަޓްހުރި ރައީސެެއް ކަމަށް ވާނީ އިސްތިއުފާދޭންވެސް ކެރުނީ މަނުން.
އެހެންވީ އިރު ނަޝީދު އީޔޫގަ ބުނަންވީނު ތިމަންނަ ވެރިކަމެއް ބޭނުމެއް ނެތޭ. އީޔޫ އިން އެތެޅެނީ ނަޝީދުއަށް ވެރިކަން ދޭންވެގެން ވިއްޔަ
ހިތްވަރު ހުރުމަކީ އިސްތިޢުފާ ދީފަ ފިލުން ދޯ؟ ކަލޭ ތީ ހަމަ ރަނގަޅަށްވެސް ޖޯކަރެއް.
ޔާމީނަކީ ވެރިކަން ދޫކޮށްލުމުގެ ހިތްވަރު ހުރިމީހެއްނޫން !
ހުކުމެއް އައިމާ އެހުކުމް ތަންފީޒު ކުރެވެންދެން ކެތްކޮއްލެވެންވެސް ވާނެ
ނަޝީދު ގެ ކިބާގައި ރާއްޖެ އައުމުގެ ހިތްވަރު ހުންނަން ޖެހޭނެ. ރާއްޖޭން ބޭރުގައި ފީކޯތް ކުޅުއްވަން އުޅުއްވުމަށް ވުރެ ރާއްޖެވަޑައިގެން ޖަލު މުއްދަތު ހަމަކުރެއްވުން ނުވަތަ އަދަބު ލުއިވޭތޯ އުޅުއްވުން ނަޝީދަށް މާމުހިންމު.
އަޅުގަނޑަށް ވެރިކަނަމަށް ކުރިމަތި ލެވެން އޮތް ހަމަ އެކަނި ގޮތް ޔާމީނު އިސްތިުފާ ދިނުން..
މީ ވަރަށް ވާހަކަ
ދޮންމީހުން ބުނާގޮތް ހަދާކައް ނުޖެހޭނެ. ސާބަސް ރައީސް ޔާމީން ތިކުރައްވާ މަސައްކަތް ޕުޅައް