އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށަން ތާވަލް ކުރި ނަމަވެސް އެންމެ ފަހުވަގުތު ޝަރީއަތް ކެންސަލް ކޮށްފިއެވެ.

މަހްލޫފްގެ މައްޗަށް ދައުވާ އުފުލީ ނޮވެމްބަރ މަހުގެ 24 ވަނަ ދުވަހު އެވެ. މިއަދު ބާއްވަން ތާވަލް ކުރީ މިމައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ.

މިއަދުގެ ޝަރީއަތް ކެންސަލް ކުރީ އިދާރީ ސަބަބަކާއި ގުޅިގެން ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވިއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.

މަހްލޫފްގެ މައްޗަށް ވަނީ ވަކި ގޮތަކަށް ވޯޓް ދޭން ރިޝްވަތު ނެގި ކަމުގެ ތުހުމަތާއި އޭސީސީ އަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތު ކޮށްފައެވެ.

މަހްލޫފްގެ މައްޗަށް ކުރަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާ އެވެ. ދޮގު ބަޔާނެއް ނުވަތަ ދޮގު މައުލޫމާތެއް އޭސީސީ އަށް ދިން ކަމުގެ ކުށުގެ ތުހުމަތު މަހްލޫފަށް އޭސީސީ އިން ކުރިނަމަވެސް އެދައުވާ އޭނާގެ މައްޗަށް ޕީޖީ އިން އުފުލާފައެއް ނުވެއެވެ. އޭސީސީ އިން ތުހުމަތު ކުރި ގޮތުގައި މަހްލޫފަށް ލިބިފައިވާ ފައިސާގެ އަސްލު އޮޅުވާލުމުގެ ގޮތުން އެއީ އޭނާ ޑޮލަރު ގަތް މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށް ލިޔެކިއުންތަކެއް ހުށަހެޅުމުންނެވެ.

ރިޝްވަތު ނެގި ކަމުގެ ދައުވާ މަހްލޫފަށް ކޮށްފައި ވަނީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުންނެވިއިރު އޭރު ސަރުކާރާ އެއްކޮޅަށް، އެސްއީޒެޑް ބިލެއް ފާސްކުރަން އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައިވާތީ އެވެ.

މަހްލޫފަށް ކުރާ ހުރިހާ ތުހުމަތެއް އޭނާ ދޮގު ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. Anonymous

  ބިރުކުޑަ ޢަލީ ހެދިގެން އުޅޭ ބޭކަލެއް މިއީ. ކޮމަންޑޫ ދާއިރާއަށް

 2. އަހުމަދު

  މިދައުރު ނިމެންދެއް ތިހެން ކެންސަލް ވަމުންްކަންނޭގެދާނީ، އަނެއްކާ ހަތްހުވާ ނުފޫޒު ފޯރުވަނީބާ؟

  11
 3. Anonymous

  މަހުލޫފުގެ ޝަރިއައްބާވާދުވަހު އިބުރާސޯޓު ބޭލޭނެ ކޮޑައްލައިގެންދުވި ފައިސާ ދަބބަހުގެ ވީޑިއޯ އާއްމު ވާނެ ވީމާތިކަމއްނުވާނެ

  12
 4. ރައްޔިތުމީހާ

  އެކަންދާނީ އެހެން ދެންގޮސް ނިމޭނީ ބޮނޑު ނަގުލަށް
  މަހްލޫފު އެއުޅުއްވަނީ ސަރުކާރު ބުލެކްމޭލްކޮށްގެން

  10
 5. ކާފަބޭ2020

  😉😆😆😆😆😆😆😆😆😆

 6. އަމާހަސަންޓެ

  އޭރުލިބުނު ޑޮލަރްމަދުވީމަ އަލިކިލެގެފާނުމަގުގަ ޑޮލަރްއުކަންއުޅުނީ ޔާމިންގެކުރީގެގެކާރީ މިހާރުއޮޅިގެންވެސް ނުގޮވާނެވަގަތް މީހަކާދިމާލައް މިހާރުތިމާއަތްކުރާ އިހުސާސްއެހެންމީހުނައްވެސް ވާނެކަންއެގޭވަރުވެފަމިހާރުހުރީ ތިވެސްރަނގަޅުފިލާވަޅެއް ހަމަތިގޮތައް ތަންކޮޅެއްކުރިންމަޖުލީސްތެރޭ މަހޭގެއެކުވެރީއާ އަލީވަހީދު އޭރުގެ ކޮމިޝަނެއްގަ އުޅުނުމީހަކު ބަނޑުކޮއްޓަނީއޭކިއާއުޅުނު މިއަދުއަލީވަހީދުވެސްއެޅެނީއެހާލުގަ އޭރުތުހުމަތުކުރި މީހާގެމައްޗައްސާބިތެއްނުވި މިއަދު ދެމީހުންވެސް ތިތިބީއެއްހާލެއްގެ

 7. ތެދު

  ތީޑްރާމާއެއްކަން ހޭޖެހޭމީހުންނައްއިނގޭ..؟! ފުނބޯތަކައްނޭނގުނަކަސް..!!ހެހެހެ

 8. ާަަްްްއަބުދުައްރަސީދު

  ކޮބާ މިހާރު އިތިޢުފާ ދިނީތަ، ކޮންެިރަކުން ސަރުކާރު އޮރިޔާންކުރަނީ.

  • ހުސޭނުބޭ

   ސަރުކާރާ މަހުލޫފާ ދެމީހުން ވާދަޔަށް އޮރިޔާންވާގޮތަށް ރޭވިފައި އޮތީ

 9. ވަޒީރެއާލާ

  މަހުލޫފާ ޖެހުނީމާ ކޯޓްތައްވެސް އިބިލީހު ކާވެންޏަށް.

 10. ބަށިކޯޓް

  މިދިޔަ އަންގާރަ ދުވަހު މަހުލޫފުގެ މައްސަލަ ޕީޖީން ކޯޓަށް ފޮނުވީ. އެހެންވީމާ އިދާރީ މައްސަލއެއްގެ ސަބަބުން ބުދަ ދުވަހުމައްސަލަ ކެންސަލްކުރީ . އަންގާރަ ދުވަހު ފޮނުވިމައްސަލައެއް ބުދަދުވަހު ބަލާނީ ކިހިނެއް؟