މާލެ އިން ކޮވިޑް-19 އަށް ފައްސިވާ ރޭޓް %36 އަށް އަރައިފިއެވެ.

އެޗްޕީއޭ އިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މާލެ ސަރަހައްދުން މިއަދު 3635 މީހަކު ކޮވިޑަށް ޓެސްޓް ކުރިއެވެ. އޭގެތެރެއިން %36 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މާލެ ސަރަހައްދުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް މަތިވަމުން އަންނައިރު، މިއަދު ރާއްޖޭން ރިކޯޑް އަދަދަކަށް މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މާލޭ ސަރަހައްދުން ކޮވިޑަށް ފައްސިވާ މީހުންގެ ނިސްބަތް ވެސް އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އެގޮތުން މިމަހުގެ 18 ވަނަ ދުވަހު މާލެ ސަރަހައްދުން 2987 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. އޭގެތެރެއިން %29 މީހުން ކޮވިޑަށް ފައްސިވިއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު ރާއްޖޭގައި ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 114،977 އަށް އަރާފައެވެ.

އަދި ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު ވަނީ 101،660 އަށް އަރައިފައެވެ.

މިވަގުތު ކޮވިޑް ބަލީގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 13،035 އަށް އަރައެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 48 އަށް ވަނީ އިތުރުވެފައެވެ.

ރާއްޖެ އިން މި ބަލީގައި ނިޔާވެފައި ވަނީ 269 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވަހީދުބެ

    ޓެސްޓްކުރި އެންމެން ޕޮޒިޓިވް ވިއްޔޭ ބުނަން ލަދުންތަ ތިއުޅެނީ.

    3
    1
  2. ހުސެން

    ފަރުދީ ޒިންމާ އޭ ކިޔާފަ ސަރުކާރުން އަލާ ނުލަންޔާ ކާކުބާ ތި ޕަސަންޓް ބަލަނީ.

    8
    1
  3. ފިޔަވަޅު

    ސްކޫލަތައްހުޅުވާފަ .އޮފީސްތައް ހުޅުވާފަ. ދެން ކޮނ ފަރުދީ ީންމާއެއްތޯ އޮންނާނީ . ނުނިކުމެ ތިބެވޭތޯ.

    3
    1
  4. 😑😑😑

    ރޯގާއަށް ޕޮސިޓިވްވަނީ.