އައްޑޫ އިން އިތުރު 97 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މިއީ އައްޑޫގައި ކޮވިޑް ފެތުރެން ފެށި ފަހުން، އެއް ދުވަސް ތެރޭގައި މިހާ ގިނަ ބަޔަކު އައްޑޫން ފައްސިވި ފުރަތަމަ ފަހަރެވެ. މިއާއެކު އައްޑޫގެ ޕޮޒިޓިވިޓީ ރޭޓް ވަނީ %36 އަށް އަރައިފައެވެ.
Addu City Covid-19 case status as of 21th January 2022 18:00 Hrs.#StayHome #StaySafe#WearMask pic.twitter.com/zYF0BScTEg
— Addu Emergency Operations Center (@EOCaddu) January 22, 2022
އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން މިރޭ ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް 3،831 މީހުން ކޮވިޑަށް ފައްސިވި އިރު، ބަލިން ފަސޭހަވެފައި ތިބީ 3،831 މީހުންނެވެ. މިވަގުތު ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 643 އަށް އަރާއިރު، ކޮވިޑް ފެސިލިޓީގައި ދެ މީހަކަށް ފަރުވާދެއެވެ.
އައްޑޫން ކޮވިޑް ބަލީގައި ނިޔާވެފައި ވަނީ 15 މީހުންނެވެ.
ވަކިވަކި އަވަށްތަކަށް ބަލާ އިރު، ހިތަދޫން 269 މީހުން، މަރަދޫ/ފޭދޫ އިން 25 މީހުން، ފޭދޫން 138 މީހުން، މީދޫން 111 މީހުން، ހުޅުދޫން 56 މީހުން، މަރަދޫން 26 މީހުން އަދި ރިސޯޓުތަކާއި އެހެނިހެން ގޮތުގައި 18 މީހުން ކޮވިޑަށް ފައްސިވެފައިވެއެވެ.
މިރޭ އަލަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ހިތަދޫން 41 މީހުންނާއި މަރަދޫން 10 މީހުންނާއި މަރަދޫފޭދޫން 18 މީހުންނާއި މަރަދޫ ފޭދޫން ދެ މީހުންނާއި ހުޅުދޫން ނުވަ މީހުންނާއި މީދޫން 14 މީހުންނާއި އެހެނިހެން ގޮތުގައި ތިން މީހުންނެވެ.
ޙީވަނީ އުފަލެއްލިބިގެން ލިޔާހެން ކޮންމެ ރެއަކު ރެކޯޑެކަެ ލިޔާތީ
މީ މާޑު ކަމެއްކަމަށް ހަދައިގެން އުޅެނީ ސަރުކާރުން. ރައްތަށް ބަންދުކޮށް ރައްޔިތުން ގޭ ބަންދު ނުކުރެވިގެން. މަގޭ މާމަ އަކީ ޑައިލެސިސް ހަދަމުންދާ ކިޑްނީ ފެއިލްވެފަ ހުރި އުމުރުން 85އަހަރު ވެފަ ހުރި އެންމެ ހައި ރިސްކް މީހެއް. އެކަމަކު އީރާދަކުރެއްވީތީ ކޮވިޑް ބަލިޖެހި ރަނގަޅުވެފަ އެހުރީ މީގެ ދެދުވަސް ކުރިން.