އައްޑޫ ސިޓީން އިތުރު 69 މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

އައްޑޫންވެސް ކޮވިޑަށް ފައްސިވާ އަދަދުތައް މިފަހަކަށް އައިސް ވަރަށް ބޮޑަށް ވަނީ އިތުުރުވެގެން ގޮސްފައެެވެ. އެގޮތުން ހުކުރު ދުވަހު އެކަނި އެ ސިޓީން އިތުުރު 97 މީހަކު ކޮވިޑަށް ފައްސިވެ ރެކޯޑް ވަނީ ހަދާފައެެވެ.

އަދި އިއްޔެ ފައްސިވި 69 ވޭދަނައާއެކު އެ ސިޓީން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 3900 އަށް އަރާފައެެވެ. އޭގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 671 މީހަކަށެވެ.

އައްޑޫ އެމާޖެންސީ އޮޕަރޭޝަން ސެންޓަރު އާއްމު ކުރި މައުލޫމާތަށް ބަލާއިރު، އެ ސިޓީން އެންމެ ގިނަބަޔަކު ބަލި ޖެހިފައި ތިބީ ހިތަދޫގައެވެ. ހިތަދޫން އެކަނި 275 މީހަކަށް ބަލި ޖެހިފައި ވެއެވެ. މީގެ އިތުރުން މަރަދޫފޭދޫ 26 މީހަކާއި، ފޭދޫން 156 މީހަކާއި، ރިސޯޓުތަކުން 17 މީހަކާއި، މީދޫން 111 މީހަކާއި، ހުޅުދޫން 55 މީހެއްގެ އިތުރުން މަރަދޫން 29 މީހަކު މިވަގުތު ބަލި ޖެހިފައި އެބަތިއްބެެެވެ.

އައްޑޫ ސިޓީގައި އަނެއްކާވެސް ބަލީގެ ހާލަތު ގޯސްވެފައިިރު، އެ ސިޓީ އޮތީ މޮނީޓަރިންގްގައި ނޫންކަން ފާހަގަކޮށްލަން ޖެހެއެވެ.

އަދި މިހާރު މުޅި ރާއްޖޭގެ ކޮވިޑް ހާލަތުވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި ބައްޔަށް ފައްސިވާ އަދަދުތައް ރެކޯޑް މިންވަރަކަށް ވަނީ މަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނޯ ވަން

    ނޮއިސް