އެމްޑީޕީ ހަރުގެ ކައިރިން ބަޔަކު އޭނާ އަށް ފުރައްސާރަ ކުރި ކަމުގައި ވިޔަސް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް އެއްބާރުލުން ދިނުމުގައި ދެމިހުންނަވާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މުއިއްޒަކީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސްއެވެ. ކައުންސިލަރު ޒަމީރަކީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ބޭފުޅެކެވެ.

އެމްޑީޕީ ހަރުގެ ކައިރިން ޒަމީރަށް ފުރައްސާރަ ކުރި މައްސަލައާ ގުޅިގެން، މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޒަމީރަށް އެ ގޮތަށް ފުރައްސަރާ ކުރި ކުރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.

މުއިއްޒުގެ އެ ޓްވީޓަށް ޖަވާބު ދެއްވައި ޒަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތް ދިނުމާއި މާލެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމުގައިވާ ގެދޮރުގެ މައްސަލަ ހައްލު ކުރަން މުއިއްޒަށް އަބަދުވެސް އޭނާގެ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށެވެ.

"ބަޔަކު ކުރި ފުރައްސާރައަކާ ގުޅިގެން އެ ކަމެއް ކުރަން އަޅުގަނޑު ޖެހިލުމެއް ނުވާނަން،" ޒަމީރު ލިޔުއްވާފައިވެއެވެ.

https://twitter.com/AhmedXamyr/status/1485693920868970498?s=20

ޒަމީރު އިއްޔެ "ވަގުތު" އަށް ވިދާޅުވީ އެމްޑީޕީގައި ހުންނެވި ނަމަވެސް އޭނާއަކީ ދާއިރާގެ ރައްޔިތުންގެ އިހްތިސާސްތަކާ އެއް ގޮތަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. އެ ގޮތަށް މަސައްކަތް ކުރައްވާއިރު އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ހިތްހަމަނުޖެހޭ ގޮތަކަށް ވެސް އަމަލު ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ އެމްޑީޕީގެ ފަލްސަފާއަކީ ވެސް ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަން އޮތުން ކަމުގައިވާއިރު، އޭނާ ފާޅު ކުރައްވާ ޚިޔާލުތަކަށް ވެސް އެ ޕާޓީގެ މިފަދަ އެކްޓިވިސްޓުން އިޚްތިރާމް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަޒާ

    ސާބަހޭ ރަމީޒު

    20
  2. ތެދު

    ތިވިދާޅުވިގިނަކަންތައްތައް ރަނގަޅު ނަމަވެސް އެމްޑީޕީ އަކީ ﷲއާއި ރަސޫލާއަށް ފުރައްސާރަކުރާއިރުވެސް އެއީވެސް ހިޔާލްފާޅުކުރުންތޯ..؟! ސުބުހާނައްﷲ
    އިހްލާސްތެރިއްޔާ އެއްވެސްޕާޓީއެއްގަނުހުރެބަލަ.

    18
  3. ސުވައިދާ

    ސާބަހޭ ޒަމީރު

    • ށަވޔަނި

      ސާބަހޭ ޒަމީރު ޤައުމަށް ވަފާތެރިވުމަކީ ތިއީ އިޙުސާން ތެރެއަކު ކައިރީ ތިއުޅެނީ އެހެންވީމަ އިޚްލާޞް ތެރިވޭ ޝުކުރިއްޔާ. ދެން ކުރަންވީ ކަމަކީ ....ފަހުން ބުނާނަން

      1
      1
  4. ޚާލިދު

    މުއިއްޒުއާ …. ހެޔޮ