މެލޭޝިއާގައި މިދިޔަ އާދީއްތަ ދުވަހު ނިޔާވި ރާއްޖޭގައި ޓެކްނޮލޮޖީގެ ދާއިރާގައި މަޝްހޫރު އަހުމަދު ރިޔާޒީ މުހައްމަދު (ޑާޑި)ގެ ޖަނާޒާ މާދަމާ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޑާޑި ނިޔާވެފައިވަނީ ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ތިންވަނަ ޑޯޒް ނުވަތަ ބޫސްޓަރ ޑޯޒް ޖެހުމަށްފަހުގައި ކަސްރަތަށް ނުކުމެ އުޅެނިކޮށެވެ.

ޑާޑިގެ ގާތް މީހަކު ޓްވިޓާގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ޑާޑިގެ ކަށުނަމާދު އޮންނާނީ މާދަމާ މެންދުރު ނަމާދަށްފަހު ކުއަލަމްޕޫރްގައި ހުންނަ ކެބަންސާން ހޮސްޕިޓަލްގައެވެ. އޭގެ ކުރިން މޫނު ދެއްކުން އެ ހޮސްޕިޓަލްގައި ކުރިއަށްދާނެ ކަމަށް ބުނެފައިވެއެވެ.

އުމުރުން 38 އަހަރުގެ ޑާޑި އަކީ ޓެކްނޮލޮޖީގައި ދާއިރާގައި މަސައްކަތް ކުރާ ހުނަރުވެރި ޒުވާނެކެވެ.

ޓެކްނޮލޮޖީގެ ދާއިރާގައި 15އަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރައްވާފައިވާ ޑާޑި ނިޔާވިއިރުގައި ދިރިއުޅެމުން އައީ މެލޭޝިއާގައެވެ.

ކިޔުންތެރިންގެ ހިޔާލު