އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ "އިންޑިއާ އައުޓް" ގެ ކެމްޕޭން ހަރަކާތެއްގައި ޝަހީދު ހުސައިން އާދަމްގެ ފޮޓޯއެއް ބޭނުން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، ތިޔަކުޅެވެނީ ކުޅުދުއްފުށި ލެޔާ ކަމަށް އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.
ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ހިމަނައިގެން "އިންޑިއާ އައުޓް" ކެމްޕޭންގެ ހަރަކާތްތަކެއްގެ ފޮޓޯތައް މިހާރު މީސް މީޑިއާގައި ދައުރުވަމުންނެވެ.
އެ ފޮޓޯތައް އާއްމުކޮށް މޭޔަރު އާތިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިދިކޮޅު އިންޑިއާ އައުޓް ހަރަކާތުގައި ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ޖެހުން ބަލައިނުގަނެވޭ ކަމަށާއި، އެ ކުޅެނީ އެ ސިޓީ ރައްޔިތުންގެ ލެޔާއި ކަމަށެވެ.
"ދިވެހި ފަސްގަނޑުގައި އޭނާގެ ލޭގެ ކޯރު ދެމިގެން ދިޔައީ ފަޚުރުވެރި އަދި ޝަރަފުވެރި ރީތި ނަމެއް ދިވެހިންނަށާއި މި ކުޅުދުއްފުށީގެ ރައްޔިތުންނަށް ހޯއްދަވައި ދެއްވުމަށް ފަހުގައި". ޝަހީދު ހުސައިންއަށް ނިސްބަތް ކުރައްވާ މޭޔަރު ކުރެއްވި ޓްވީޓްގައި ވެއެވެ.
އާތިފް ވިދާޅުވީ، މިއަދު ވަކި ގައުމަކާ ދެކޮޅު ހާރިޖީ ސިޔާސަތެއް ގެންގުޅުއްވާ ސިޔާސީ ޕާޓީއަކުން އެކަން ޕްރޮމޯޓް ކުރުމަށް ޝަހީދު ހުސެއިން އާދަމްގެ ފޮޓޯފުޅު ބޭނުންކުރުމަކީ ކުޅުދުއްފުށީ ދަރިއެއްގެ ހައިސިއްޔަތުން އޭނާއަށް ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.
"މިހާރުން މިހާރަށް މި އަމަލު ހުއްޓާލަން ގޮވާލަން". އޭނާގެ ޕޯސްޓް ނިންމަވާލައްވަމުން ވިދާޅުވިއެވެ.
ކޯޕްރަލް ހުސައިން އާދަމް ޝަހީދުވީ، ދިވެހިންގެ ތެރެއިން ވެސް ބަޔަކާއި ގުޅިގެން ލަންކާގެ ތަމަޅައިން މާލެ އަރައި ދިން އުދުވާނީ ހަމަލާގެ ތެރެއިންނެވެ. ނޮވެމްބަރު 3، 1988 ގައި ރާއްޖޭގެ ވެރިކަން ޖަހައިގަންނަން ދިން އެ އުދުވާނީ ހަމަލާގައި ދިވެހިންގެ 19 މީހަކު ޝަހީދުވިއެވެ. އޭގެ ތެރޭގައި ސިފައިންގެ އަށް މީހަކު ހިމެނެއެވެ. މިއިން ދިވެހި ވެރިކަން ދިފާއުވެ ހޯދި ނަސްރާއި ގުޅިގެންނާއި، ޝަހީދުންގެ ޒިކުރާތައް އާ ކުރަން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަސް، ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރެއެވެ.
އިދިކޮޅުގެ "އިންޑިއާ އައުޓް" ކެމްޕޭނަކީ އިންޑިއާގެ އަސްކަރީ އެހީ ހޯދަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގެންގުޅުއްވާ ސިޔާސަތުތަކަށާއި ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ހިނގާ ހަރަކާތެކެވެ. ޕީޕީއެމް ޕީއެންސީން ދެކޭ ގޮތުގައި މި ސިޔާސަތުތަކަކީ ދިވެހި ދައުލަތުގެ މިނިވަން ކަމަށް އަސަރު ކުރާނެ ގޮތަކަށް ބައްޓަން ކޮށްފައިވާ ސިޔާސަތުތަކެކެވެ.
ވަކި ބަޔަކު ވަކި ބައެއްގެ ލެޔާ ކުޅުނީމަ އޯކޭ… ވަކި ބަޔަކު ވަކި ބައެއްގެ ލެޔާ ކުޅުނީމަ އޯކޭ އެއް ނޫން… މިދެން ވަރަށް ހެއްވާކަމެއް..
ޙުސައިން އާދަމް އަކީ ކުޅުދުއްފުށީގެ ފަޚުރެއް. ޙަމަ އެފަދައިން ދިވެހި ޤައުމުގެވެސް ފަޚުރެއް. ޤައުމީ ބަޠަލެއް. ޤައުމަށް ޣައްދާރުވާ މީހުނާ ދެކޮޅަށް ފުރާނަ ދުއްވާލި ޝަހީދެއް.
ޤައުމުގެ މިނިވަންކަމާ ސިޔާދަތު ނަގާލާ ބޭރުގެ ބަޔަކަށް އަޅުވެތިވާ ތަނެއްގައި އެ ހީރޯ ހުރިނަމަ އެކަމާ ދެކޮޅުވީސް. ޢެފަދަ މީހުންނަށް ސަނާ ކިޔަމުން ހުސައިން އާދަމްގެ އަގުގައި ތިކުޅެނީ ކުޅުދުއްފުށީގެ ލެޔާ އޭ ބުނުމުގެ ޙައްޤެއް ނޯންނާނެ.
ދޮންކަލޯ! ތިޔާރަށުގެ ކޮވިޑް ކަންތައް ބޮއްސުންލާފާ ވާއިރު އެކަން ރަނގަޅަށް މެނޭޖް ކުރުމަށް މަސައްކަތެއް ކުރިއްޔާ މާތާހިރެއްނޫންބާ! މީހަކު ފޮޓޮއެއް ޖެހީމަ ޝަހީދު ޙުސައިން އާދަމް މުހިންމުވެފަ، ތީ ދެން ކޮންކަމެއް. މިއޮށްހުރިހާ ދުވަސްވީއުރ ތިޔަބޭފުޅުން ޝަހީދު ޙުސައިން އާދަމް މުހިންމު ވެގެން ކުރިކަމެއް ކޮބާ؟
ކަލެއަކަށް ނޭނގޭނެ.
ކަލޯ އެއީ ފިނދަނަ ތަކެކޭ މާރިޔާ ބުނިއިރު ކަލޭގެ ލޭ ހުރީ ގަނޑުވެފަތަ
ޤާސިމްމެން އެގޮވަނީ އާސަންދަ ނުދޭނަމޭ ، އެއީ ލެޔާކުޅުން ނޫންތޯ
ޝަހީދު ހުސެން އާދަމްގެ ނަމުގެ ކުރިއަށް ދަރަޖައިތުރުކޮށް ކާނަލް ޝަހީދު ހުސެން އާދަމް ކިޔުން އަދި ލިޔުން ހައްގުވޭ. ސަބަބަކީ އެދުވަހު ޝަހީދު ހުސެން އާދަމް ވަނީ ހަގީގަތުގެވެސް މުޅިސިފައިންގެ ލަސްކަރަށް ނަމޫނާ ދައްކަވާފަ. އަޅުގަނޑު ހަމަ ހައިރާންވޭ އަދިވެސް އެކަން ނުކުރެވިއޮތީ ކޮންސަބަބެއް އޮތީމަތޯ؟ ދުނިޔޭގެ ކުރިއަރާފަވާ ގައުމުތަކުގަ މިފަދަ ވަރުގަދަ ޝަހީދުންގެ ޒިކުރާ އާކޮށް އަގުވަޒަންކުރުމަށް މިފަދަ ކަންކަން ކުރައްވާފަވޭ.
މޭޔަރުގެ ހުރި މޮޔަ ކަމާ މަޖްނޫނު ކަމާއެވެ. ކުޅުދުއްފުށީގެ ލޭ މިބިމަށް އޮހޮރުވާލި ބާޣީ ހާއިނުން ނަކީ މި އެމްޑީޕީ ސަރުކާރުގެ ވާގިވެރިން. ކުޅުދުެއްފުށީ ރައްޔިތުން މި ސަރުކާރަށް ތާއީދު ކުރާނަމަ ތިޔަ އެހީތެރިވެވެނީ ހުސައިން އާދަމްގެ ގާތިލުންނަށް.
ޝަހީދު ހުސައިން އާދަމްގެ ހަދާންތައް ދިރުވުމަކީ ދިވެހި ލޭ ހުރި ކޮންމެ ފަރުދެއްގެ ޒިންމާއެއް! ކަލޭމެން ތި އުޅެނީ ބޮޑު ސިއްކަ ހޭވި އެތި ފަސްއަޅާ ފޮރުވަން.
އިންޑިޔާއިން ހިންގި ނޫނީ ފަހަތުގައި ތިބި ބަޢާވަތެއްގައި އެ ބަތަލް ޝަހީދުވީވެސް. ދެނޯ؟
ގައުމުގެ ބަތަލުން ގައުމުގެ މިނިވަން ކަމަށްޓަކައި ފުރާނަ ދުއްވާލީ. މިހާރު ތި ރަށުގަ ތިބީ ފިނޑި ފައިސާ ކޮޅެއްދީގެން ގަނެވޭ އިންޑިޔާ ޕަޕެޓުން.
ކުޅުދުއްފުށީގެ މޭޔަރަކަށްނޭގޭދޯ ހުސެން އާދަމް މަރުވާންޖެހުނީ މިހާރު ވެރިކަމުގައި ހުރި އިބޫގެ ބަފާބެގެ ސަބަބުންކަމެއް. މޭޔަރު ކުޅުދުއްފުށީ ރައްޔިތުން ހަންދަންކުރާކަމެކެވެ. މޭޔަރު ތިޔަހުސެންއާދަމް މަރާލުމުގެ ފަހަތުގައިހުރީ ސިއްކައެވެ. ވަރަށް ސަލާމް ގަމާރު މޭޔަރަށް
ކަލޯ އޭނަގެ މައިންބަފައިން ބުނަނީ ކީކޭތަ އޯކޭދީފިނަމަ ތިޔާގޮލާގެ އަޑެއް ބޭނުމެއް ނުވާނެ.
ގައުމާއި ގައުމީ ބަތަލުން ގަބޫލުކުރާ ،ލޯބި ކުރާ ބަޔަކު އެބަތަލުންގެ ފޮޓޯ ބޭނުން ކުރާނެ. އަދި އެމީހުންގެ ގުރުބާނީގެ އަގު ވަޒަންކޮށް އެކަމުން އިބްރަތް ހާސިލު ކުރާނެ. އެކަމަކު ރީނދޫ ޕާޓީ އަކީ އިނގިރޭސި ވަގު މަހުޖަނަކު، ހިންގާ ޕާޓީ އެއް. ވީމާ އެ މީހުންނަކަށް ދިވެހި ބަތަލުން ،ދިވެހި ގައުމީ ދިދަ ،ނިޝާން ،އަދި މިފަދަ ދިވެހި ންގެ ޘަގާފަތާ ގުޅިފައިވާ ކަންކަން މުހިންމެއްނުވާނެ. އަދި ބޭނުން ވެސް ނުކުރާނެ
މޭޔަރު ތިހުރީ ބުރާންތިވެފަތަ؟ ޝަހީދު ހުސެންއާދަމަކީ ގައުމީ ބަތަލެއް އެބޭފުޅާކުރެއްވީ ގައުމީޖިހާދެއް ގައުމުގެ ދިފާއުގައި އެ މް ޑީ ޕީ ގެ ގައްދާރުންނަކަށް މިކަން ހަޖަމެއްނުވާނެ ، އިންޑިޔާއައުޓް ކެމްޕެއިނުގައި ބޭނުންކުރަން އެއަށްވުރެއް ރަނގަޅު ބަތަލެއް ނުހުންނާނެ ، އެއީ ކުޅުދުއްފުއްޓައްވެސް ލިބޭނެ ފަހުރެއް..
ސަހިދު ހުސައިން އާދަމަކީ ދީނަށާއި ގައުމުގެ ދިފާއުގަ ކާފަރުންނާއި ހަގުރާމަކޮށް ސަހީދުވި މުޖާހިދެއް.ދިވެހިންގެ ބަޔަކު ކާފަރު ޓެރަރިސްތް ޖަމާއަތުގެ ބަޔަކާ ގުޅިގެން އރާއްޖެ ހިފަން ރާވައިގެން އައިސް ކުރިހަނގުރާމައިގަ ޓެރަރިސްޓުން ބަލިވެގެން ދިއުމުގެ ހާއްސަ މޭސްތެރިޔަކީ ހުސައިން އާދަމް . މިއަދު މިވަނީ ހަގުރާމަ ކުރުމަކާއި ނުލާ ގައުމަށް އިހްލާސްތެރިކަމެއްނެތް ބަޔަކު ސިއްރު އެގްރީމަންތްހަދާއިގެން ބޭރުގެ އަސްކަރިއްޔާ އެއްގައުމަށް އަރުވާފަ. ގައުމަށް މިލިޓްރި މީހުންއެރުވުމާއި ޓެރަރިސްތް ޖަމާއަތަކުންގައު ހިފަން އުޅުމާ ދެމެދު ތަފާތެއްނެތް.އިންޑިޔާ އައުޓް ކެމްޕޭނުގަ ސަހީދު ހުސައިންއާދަމް ނަމޫނާއަކަށް ބަލަން ޖެހޭ. ސަހީދު ހުސައިންއާދަމް ގެ ޒިކުރާ އާކުރަންޖެހޭ. ސަހީދު ހުސައިން އާދަމްގެ ޖިހާދުގެ މަތިވެރިކަމުން އެ ޓެރަރިސްޓުންނަށް ދިވެހިގއުމުހިފުމުގަ ނާކާމިޔާބުވެގެން ދިޔައީ. މިއަދު ސަހީދު ހުސައިންއާދަމްގެ ޒިކުރާއިން ހިތްވަރުލިބިގެން އިންޑިޔާ އައުޓް ކެމްޕޭނު ކުރިޔަށް ގެންދަންޖެހޭ.
ހިނިއައްނަނީ ދެވަނަބުރީގަ ހުރެ ތިރީބުރީގެ ބެލްކަނިބަލާލަބަލަ ތިމީހުންގެ ޒައިޒުފެއްނާނެ ކޮންބަޔްކައްބިރުދައްކަން މީކަލެއްވުރެ ބޮޑުގައުމެއް 5ލައްކަ އާބާދީއެއްއުޅޭ ތިހެންތަނަކުތެޅިބޭލިއަސް މެއިންމެޝިނަކައްނޭގޭނެ އެއްޗެއްތެޅޭހެން ތީޗާބީ ދީފަހުނަތަކެތިގޮތައް ބުރުހުސްވަންދެން އަޑުގޮވާނެ ނޫނީކެނޑެންދެން
އެއީ މޑޕ މީހުންބަލައިގަންނަ ޝަހީދެއްތޯ ސުވާލުއުފެދޭ.
މައުމޫންގެ ވެރިކަމުގައި ނޮވެމްބރ3 ބަންދުކޮށް ޓީވީ ތަކުން ޖަލްސާ ލައިވްކޮށް އެދުވަހުގެ ހިތާމައާއި އުފާ ފައުޅުކުރޭ.
ނަމަވެސް ކެރަފާ އާއިލާއާއި ގުޅުން އޮތްމީހހުން ވެރިކަމަށް އައިސް އެއީ ނޯންނަ އަދި ބީ ކެޓަގަރީ ދުވަހަކަށް ހަދާލި.
ވީމާ ޕޕމ ކުދިން އެޝަހީދުގެ މަތިން ހަނދާންކޮށް އެއީ ޝަރަފްވެރި ބޭފުޅެއްގެ ގޮތުގައި ދައްކަން ކުރާ މަސައްކަތް ރަނގަޅު.
ޖޯޝުގާ ނެތް ލޮލުން، ކަރުނައޭ ފާޅުވާ،
ޢުންޑަތައް އެރިކަމަކު ގައިގެލޭ އޮހޮރުވާ،
މަރުވިޔަސް ހިތްއޮތީ ހަރުއަޑުން ގޮވަގޮވާ،
އެކުވެރިންނޭ ހަވާލޭ ވަތަން ލޯބިވާ، ވަތަން ލޯބިވާ، ވަތަން ލޯބިވާ،
މޭޔަރު އިސްތިއުފާދީ، ގައުމީ މަސައްކަތާ، އިސްތިގުލާލާ، ގައުމީ ކަރާމަތް ނޭނގޭ ބްރާންތިންވެސް މިކަހަލަ މަގާމުގާ ތިބީމަ ދެރަ
އިންޑިއާ އައުޓް ގޮވަންޖެހޭ. އެއީ ގައުމުގެ ފަޚުރުވެރިން ދަރިންކުރާނެކަމެއް. ގައުމު އަޅުވެތިވާން ދޫކޮށްލާ ތިޔަފަދަ ޚާއިނުންނަކަށް ބަޠޮލުންގެ މަގާމު ބުނެދޭކަށް ނޭނގޭނެ.
މަހާޖައްރާފް އުސްތާޒް ފަތުޙީގެ ކެމްޕެއިނަށް ކޮމަންޑޫއަށް .
ބަލާނުގައްނަންވީ ހުސައިން އާދަމު ޝަހީދު ކުރިމީހުން އެކަމަކު ތިނުކުޅެދޭމިހާ މަސައްކަތް ތިކުރަނީ ހުސައިން އާދަމު ޝަހީދު ކުރިމީހުން ޕްރަމޯޓް ކުރަންއަސަރުކުރިއަސްމާބޮޑުވަރު އިންޑިޔާ އައުޓު
މިފަހަރު ފަތުޙީ .
ޔާޒިނަކަށް ސަޕޯޓެއް ނެތް މިހާރަކު އެއްތާކުވެސް
ޙެހެ މިހާރު ވެގެން މިއުޅެނީ ތިރަމާލެ ބުރިޖު އިންޑިޔާއިން އަޅާތީ އޭތި ހުއްޓުވަން ވެގެން އިންޑިޔާ އައުޓް މި ގޮވަނީ
ކުޅުދުއްފުށީ ގައްދާރުން އައުޓް.
އާތިފަކަަށް ނޭގޭނެ. ޙުސައިން އާދަމް ޝަހީދުވީ މިހާރު ވެރިކަުގަ ތިބި މިހުންގެ އާއިލާގެ ސަބަބުން. ކުޅުދުއްފުށި ނޫހަކަށް ނުކެރޭ ކޮމެންޓު ޖަހާލަދެން ވެސް.
މޭޔަރު ލައްޑޫ ބެއްލެވީތޯ؟؟...މޭޔަރު އައުޓް
އާސިފް ތިޔަ މައްސަލައިގަ ގައުމު ބައިބައި ނުކޮށް މައްސަލަ ހައްލު ކުރަން ޕީޕީއެމް އާ ވާހަކަ ދެއްކި ދާނެއ އެވެ.
ތިކަމެއް ނޭންގުނު އެމް ޑީ ޕީ ފުރަޔަމަ ވެސް ވެރިކަމަށް ހޮވުނުރޭ ކުޅުދުއްފުށި މާވާގޭ ދޮށައް އެއްވެ ކަލޭމެން ދެން ނިކަން ތިލާރި ގަނޑު ކައިބަލާށޭ ކިޔާފަ ހަޅޭލެވި ދުވަސް ހަނދާން ވޭތަ ތި އެމް ޑީ ޕީ އަކީ މާ ޝަހީދު ހުސައިން އާދަމް ވެގެން އުޅޭ ބައެއް ނޫން ދެން ކުއްލިއަކަށް މިހާރު ކިހިނެތްވީ....ބުރާންތި ތައް....
މޭޔަރަށް އަދި ކުޅުދުއްފުށީގެ ލޭ ނޭގެނީ. މޭޔަރަށް އެގޭނީ ކަސްޓަމްސްގަ ހުރެގެން ހިންގި ޖަރީމާތައް
ކޮން ހުސޭނެކޭ ކިޔާކަށް؟ ހިތުން ވަރަށް ގަދަ ދޯ
މޭޔަރޫ!!!! އެކަން އެކުރަނީ ޤަވްމީ ލޯބިހުރި ، އަޅުވެތިކަމަށް ނަފްރަތުކުރާ ކުޅުދުއްފުށީ ރައްޔިތުންނެއް ނޫންތޯ؟
އުއްމީދުކުރަން ދެންވެން ތިޔަފާޑުގެ އާރެއް އަދި ބާރެއް ނެތް ހަޅޭލެވުން ހުއްޓާލާނެކަމަށް