މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ހުރިހާ އިދިކޮޅު ޕާޓީތަކުން ކަނޑައަޅާ ރަނިން މޭޓަކަށް ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމު ޖުމްހޫރީ ޕާޓީގެ ފަރާތުން، ދާދި ދެންމެއަކު ކަނޑައަޅައިފިއެވެ.
މިރޭ ޖުމްހޫރީ ޕާޓީގެ ކައުންސިލް އިން ނެގި ސިއްރު ވޯޓުގައި އެ ޕާޓީގެ 41 ކައުންސިލް މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ފައިސަލް ހޮވިފައިވަނީ ކައުންސިލް 15 މެމްބަރުންގެ ވޯޓާ އެކީގައެވެ.
އެ ޕާޓީގެ ފަރާތުން ރަނިންމޭޓު ކަމަށް ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވަނީ ކުރިމަތިލައްވާފައެވެ.
ޑރ. ހުސެއިން އަށް 2 ވޯޓު ލިބިވަޑައިގެންފައިވާއިރު އަމީނަށް ލިބިވަޑަިގެންފައިވަނީ 9 ވޯޓެވެ. އަދި އަލީ ހުސެއިންނަށް ލިބިވަޑައިގެންފައިވަނީ 14 ވޯޓެވެ.
ފައިސަލް ނަސީމް ރަނިންމޭޓަކަށް ހޮވިވަޑައިގެންފައިވަނީ އަލީ ހުސެއިން އަށް ވުރެ އެންމެ ވޯޓެއް އިތުރަށް ލިބިވަޑައިގެންނެވެ.
އަދި ފައިސަލް އިދިކޮޅު ރަނިންގް މޭޓަކަށް އިންތިހާބުވެފައި މިވަނީ ޖުމުހުރީ ޕާޓީގެ ކައުންސިލް މެންބަރުންނަށް ވެދުންކޮށް ގާސިމް ކުރެއްވި ޓުވީޓްގައި ފައިސަލް ނަސީމް އެމަނިކުފާނު ކުރެއްވި ތާއީދު އަބުރާ ގެންގޮސްފިކަން އިއުލާން ކޮށްފައިވަނިކޮށެވެ.
ފައިސަލް ނަސީމަކީ ފުވައްމުލަކަށް އުފަން، ފުވައްމުލަކުގެ ޒުވާނުންނާއި ގުޅޭ އަދި ފުވައްމުލަކަށް ގިނަގުނަ އިޖުތިމާއީ ޚިދުމަތްތަކެއް ކުރައްވާފައިވާ ގިނަ ބައެއްގެ ލޯބި ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.
އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އާއިއެކު ގިނަ ދުވަސްތަކެއް ވަންދެން ފައިސަލް ނަސީމު ވަނީ ރައްޔިތުންގެ މަޖިލީހުގައި އާއި މަޖިލީހުގެ އެކި ކޮމެޓީތަކުގައި މައްސަކަތް ކޮއްފައެވެ.
އިންޝާ ﷲ ރައީސް ޔާމީން 1 ބުރުން ޔަގީން
ޢިންޝާﷲ
ތިުަވީގޮތުން ޔާމީނު 1 ބުރުން ކާމިޔާބުކޮށްފި.
ގާސިމުގެ އެއްވެސް ބާރެއް މިހާރު ޖޭޕީ ތެރޭގައި ނެތީތަ ގާސިމު ތާއީދު ނުކުރާމީހަކު މިހޮވީ؟
އެމްޑީޕީއަކަށް ހަޖަމެއް ނުވާނެ ފައިސަލް ނަސީމް ލައިގެނެއް
ހަމްދުލިﷲ ޢަލީ ހުސައިން ނުހޮވުނުކަން ނަސީބް
ޙަމަތެދެއްތިބުނީ ފޮނި މީހެއް
ތިޔޮތީ ވާންވިގޮތްވެފަ، ކަނޑުކޮހަކަށް ރަނިންމޭޓްކަން ތިލިބުނީ ހެހެހެހަހަހަ
އަލްހަމްދުލިﷲ އޯގާތެރި ހިތްތިރި ބޭފުޅަކު ހޮވުނީތީ
އަލީ ހުސައިން އަށް ލިބުނު ނަމަ ޖޭޕީއަށް އެއްވެސް ފައިދާއެއް ނުވާނެ. ޢެއީ މާކުރިންސުރެ ވެސް ޑިލެއްގެ ދަށުން މަސައްކަތްކުރާ އެމް.ޑީ.ޕީ އައުވާނެއް ޢަލީ ހުސައިން އަކީ.. ޖޭ.ޕީ ނަމުގަ އެ ހުންނަނީ ދެ ކޮޅުން ކާން ކަމަށް ހީކޮށް.. އަދި ނޭނގެ ޕްރެޝަރު ކޮށްގެން ފައިސަލް އަތުން ރަނިންގ މޭޓް ކަން ހޯދަން ޖަހާނެ މަޅިއެއް.. ﷲ ގެ އިރާދަފުޅާއެކު އެ މީހުންގެ މަކަރުވެެރި ރޭވުންތައް ވިއްސިވިހާލި ކޮށްލައިފި.. އަލްޙަމްދު ލިއްލާހް.. ފައިސަލް ! ތިބޭފުޅާ ނައިބް ރައީސް ކަމުގައި ވާނީ ގިނަވެގެން 1 މަސް ދުވަސް. ޢެހެން ނޫނީ އެމް.ޑީ.ޕީ މެންބަރަކަށް ވާންޖެހޭނެ.. ނުވެެއްޖެ ނަމަ ކުޅިސަމާ ދައްކާލާނެ ފައިސަލްއަށް..
އަލީ ހުސައިން އަށް ލިބުނު ނަމަ ޖޭޕީއަށް އެއްވެސް ފައިދާއެއް ނުވާނެ. ޢެއީ މާކުރިންސުރެ ވެސް ޑިލެއްގެ ދަށުން މަސައްކަތްކުރާ އެމް.ޑީ.ޕީ އައުވާނެއް ޢަލީ ހުސައިން އަކީ.. ޖޭ.ޕީ ނަމުގަ އެ ހުންނަނީ ދެ ކޮޅުން ކާން ކަމަށް ހީކޮށް.. އަދި ނޭނގެ ޕްރެޝަރު ކޮށްގެން ފައިސަލް އަތުން ރަނިންގ މޭޓް ކަން ހޯދަން ޖަހާނެ މަޅިއެއް.. ﷲ ގެ އިރާދަފުޅާއެކު އެ މީހުންގެ މަކަރުވެެރި ރޭވުންތައް ވިއްސިވިހާލި ކޮށްލައިފި.. އަލްޙަމްދު ލިއްލާހް.. ފައިސަލް ! ތިބޭފުޅާ ނައިބް ރައީސް ކަމުގައި ވާނީ ގިނަވެގެން 1 މަސް ދުވަސް. ޢެހެން ނޫނީ އެމް.ޑީ.ޕީ މެންބަރަކަށް ވާންޖެހޭނެ.. ނުވެެއްޖެ ނަމަ ކުޅިސަމާ ދައްކާލާނެ ފައިސަލްއަށް..
އިންޝާ ﷲ ރައީސް ޔާމީނު މިއިންތިޚާބު ކާމިޔާބު ކުރާނެ...އަހަރެމެންގެ ރަށުގެ އެމްޑީޕީ ކުދިން އެޔޮށްވަރަށް އަލީ ހުސޭނު ގެންނަން އުޅުނީމަވެސް ފައިސަލަށް ލިބުނީމަ މިހާރު އެބަތިބި ވަރަށް މާޔޫސްވެފަ.
އައޔައަށް ނައިބުކަން ނުދޭންވެގެން ްާސިމްބެ ކުޅުނު ޑްރާމާއެއް. ތާއީދު ނުކުރަމޭ ކިޔައިގެން
ގާސިމް މަންޒަރު ބަދަލްކުރިކަން މަށަށް އެނގޭ . ޢެއީ ޢޭނާ ގަސްތުގައި ކުރިކަމެއް ޓުވީޓކުން އެކަމް އެއީ ހަމަ ދީދާ އޭނަގެ ނުފޫޒާއެއްގޮތަށް ކުރިކަމެއް އެއިންވެސް އެނުނީ މޯލެއްކަން ގެނެސް އެހުރީ ހައްހައްހާ
ގާސިމް މަންޒަރު ބަދަލްކުރިކަން މަށަށް އެނގޭ . ޢެއީ ޢޭނާ ގަސްތުގައި ކުރިކަމެއް ޓުވީޓކުން އެކަމް އެއީ ހަމަ ދީދާ އޭނަގެ ނުފޫޒާއެއްގޮތަށް ކުރިކަމެއް އެއިންވެސް އެނުނީ މޯލެއްކަން ގެނެސް އެހުރީ ހައްހައްހާ
ތިޔައެތި ތިއޮތީއަތައްގޮވާފަ ގާސިމްތާއީދު އަނބުރާގެންގޮސްފީމޭކިޔާފަ ފޯނުކޮށްފަބުނީ އެސޮރުނަގައްޗޯ އެމްޑީޕީމީހުން އަލީހުސޭނު ނަގަންވެގެން ގާސިމްގެނަގުލައްފައިންއެރީމަ ފޮނުވިމެސެޖެއްއެއީ
ޢިންޝާﷲ އެއްބުރުން ރައީސްޔާމީން ކާމިއާބުކުރާނެ
ބޮޑާ ކިބުރުވެރި މީހެއް ތިމާއަށްތިމާ ފެނިފަ
އަންނިދެކެ ވަރަށް ރުޅިއަންނަ އަދި އެމް ޑީ ޕީ މީހުންދެކެ ރުޅިއަންނަ މީހެއް ކަންދެްްކުމުގަ މިވަރެއްނޯންނާނެ މިވަރު މީހެއް މީ
ޢެން ޑީ ޕީ މީހުްން ވިސްނާ ބޯކިބާ ފަޅާއިރު
މާތްﷲ އިރާދަކުރެއްވިއްޔާ މުޅިންވެސް ތިވަނީ ރައީސް ޔާމީނަށް ރަގަޅުގޮތް! އެއްލަކިން ރައީސް ޔާމީން ހޮވާފަ އަތްޖަހަން ތައްޔަރުވެއްޖައިން އިންޝާއަﷲ!
އެންމެފަހުން ރީނދޫ ޕާޓީއިން ދެމި ގުއިރޯނުގައި ގާސިމު ޖެހުނިއްޔޭދޯ އެވަރަށް ބުނެބުނެ އޮއްވާވެސް، ހުރެބަލަ ނިކަން މޮޅުތަކެއްވޭތޯ؟ އެންމެފަހުން ތިޔަ ރަނިންމޭޓުގަނޑުވެސް ބުރުވާލާނެ. އެހިސާބުން ތިޔަޕާޓީއަށް ރީނދު މިޝަން ތަކުގައި އައިސްތިބި އެންމެން އެމީހުން ތިޔަޕާޓީއަށް އައި މަގްޞަދު ފުރިހަމަވުމުން ޗޫސް ލާފައި ރީނދޫ ޕާޓީއަށް ދެމިލާނެ ގާސިމަށް ޓާޓާ ކިޔާލާފަ. އެހާހިސާބުން އަދި ގާސިމަށް އެއްޗެއް ވިސްނޭނީ. އެއިރު ގާސިމުގެ ދެފައިގެ އިތުރުން މެދުފަޔަށް ވެސް އޮންނާނީ ކަށިޖަހާފަ ރީނދޫ ހޮރުން. ދެން ހިތައްއަރާނެ ހާދަ ނުބައި އާލާތްވަރު ތަކެކޭމީ މަ އެއޮއްވަރުން ވެރިކަން ހޯދާދިނީމާވެސް އެހެރިއްޔޭ މަށަށްދިން ލަގާ ދެން އަނެއްކާވެސް ދުއްވައިގަންނާނީ ވެރިކަން ވަށްޓާލެވޭތޯއެވެ. އެހެންނަމަވެސް އެއިރު އިބޫ ކޮއްޕާލާފައި އެތަނަށް އަންނި ދެމިގަނެ މިގައުމަކީ ވިރާސީ ރަސްކަމަކަށް ބަދަލުކޮށް ރަސްކަމުގެ ތަޚުތުގައި އިންނާނީ އަންނި އެވެ. އޭނާގެ ކޮލީ ނަންފުޅަކީ އައްސުލްޠާނު ކަޅުމުޙައްމަދު ސިރީ ކެރަފާދީއްތަ މަހާރަދުންނެވެ. ގައުމުގެ ހުރިހާ ކަމެއް ބަލަހައްޓާނީ އުތުރުކަރަ އިންނެވެ. އަހަރުން އަހަރަށް ޖިޒީ ދޭގޮތަށެވެ. އެހާ ހިސާބުން ގާސިމުގެ މައްޗަށް ބަޣާވާތްކުރަން އުޅުމުގެ ތުހުމަތު ކުރެވި ޖަލަށް ގަޅާލާ ހުރިހާ މުދަލެއް ދައުލަތަށްނަގާނީއެވެ. މިހުންނަނީވެސް ވެދާނެ ކަންކަމެވެ.
ޤާސިމް އަށް ވ. ސަލާމް، ޖޭޕީ އަކީ ސިޔާސީ ޕާރޓީއެއް. ޤާސިމް ސަޕޯރޓް ނުކުރިޔަސް ހޮވާފަ އޮންނާނި.ދެން ލަލަލާ! ޢެންމެން އަތްޖަހާ!
މަވެސް ތިކަމުގައި ބުނާނީ މިވީގޮތުން ރައީސް ޔާމީން ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކޮށްފިއޭ. އިބޫ އާއި މި ފައިސަލްއަކީ ރައްޔިތުންގެ ލޯތްބެއް އޮތް ބައެއް ނޫން.