ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއުގެ އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގައި މައްސަލަތަކެއް އެބަހުރި ކަމަށާއި އެ އީއައިއޭ އަށް އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހުއްދަ ދިނީ އާއްމުކޮށް އެފަދަ ރިފޯޓުތަކަށް ހުއްދަ ދޭން ގެންގުޅޭ އުސޫލާ ހިލާފަށް ކަމަށް ޑްރެޖިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
ހޮނިހިރު ދުވަހު އޮންނަ ރައްޔިތުން މަޖިލީހުގެ ބައިއިލެކްޝަން އިއުލާން ކުރުމާއިއެކު ފެށި މަޝްރޫއުގެ އީއައިއޭ، އީޕީއޭ އިން ނިންމީ ދެދުވަހުން ކަމަށް ބައެއް ފަރާތްތަކުން ކުރިން ތުހުމަތު ކޮށްފައިވެއެވެ. ނަމަވެސް އީޕީއޭ އިން ބުނީ އެމަޝްރޫއު އިއުލާން ކުރުމުގެ މާކުރިން ރިޕޯޓް ތައްޔާރުކޮށްފައިވާ ކަމަށެވެ. ދެ ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފައެވެ. އެމްޓީސީސީއާ ހަވާލުކޮށްފައިވާ މިމަޝްރޫއުއަށް 249 މިލިއަން ރުފިޔާ ހަރަދުކުރާނެއެވެ.
ޑްރެޖިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނީ، މަތިކޮމަންޑޫގެ މަޝްރޫއަށް އެންމެ ފުރަތަމަ ހުއްދަ ދިން އީއައިއޭގައި އެކަށީގެންވާ ވަރަށް ޕްރޮޖެކްޓް ޖަސްޓިފިކޭޝަނާއި ފީލްޑް ސާވޭ ހަދާފައި ނެތް ކަމަށެވެ. އަދި އެ ރަށުގެ ވޭވް ޑައިނަމިކްސް ސާވޭ ހަދާފައިނުވާ ކަމަށާއި އޭގެ ސަބަބުން ހިއްކާ ބިމާއި ކޮމަންޑޫގެ ގޮނޑުދޮށަށް ބޮޑެތި ބަދަލުތައް އައުން އެކަށީގެންވާ ކަމަށެވެ.
ދެކޮމަންޑޫ ގުޅާލުމުގެ މަޝްރޫއަށް ވެލި ނަގަނީ ރ.އުނގޫފާރު ބިން ހިއްކުމަށް މިދިޔަ އަހަރުގެ އޭޕްރީލާއި މެއި މަހު ސާވޭ ކުރި ސަރަހައްދުން ކަމަށާއި އެ ކަމަށް ހުއްދަ ދިން އެޑެންޑަމް ރިޕޯޓަކީ ވެސް އީޕީއޭއިން އާއްމުކޮށް އެފަދަ ރިޕޯޓުތަކަށް ހުއްދަ ދިނުމަށް ގެންގުޅޭ ސްޓެންޑާޑަށް ނުފެތޭ ރިޕޯޓެއް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. "މިފަދަ އެޑެންޑަމް ރިޕޯޓަކީ އިތުރު ފީލްޑް ސާވޭއެއް ނުކޮށް ހުއްދަ ދެވިގެންވާނެ ރިޕޯޓެއް ކަމަށް ގަބޫލެއް ނުކުރެވެއެވެ. އަދި ޓާމްސް އޮފް ރިފަރެންސްގައި ބުނެފައިވާ ފަދައިން އެ ރިޕޯޓުގައި ސްޓޭކްހޯލްޑް ކޮންސަލްޓޭޝަން ނެތްކަން ފާހަގަކުރަމެވެ،" ބަޔާނުގައި ބުނެފައިވެއެވެ.
ދެކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުއަށް އީޕީއޭ ހެދީ ކޮންއިރަކު ކޮން ކުންފުންޏަކުން ކަމެއް ވެސް އީޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ.
މަރަށް ތެޅެނީވިއްޔާ، ސާވޭ ހަދާނެވަގުތެއްނެތް. މަރުވުމުގެ ކުރިން އަވަހަށް ނިންމަން އެބަޖެހޭ.
ޙެހެ.ޑުރެޖިން އެސޯސިއޭޝަނޯ ތީ ނިދާފަ އޮންނަ އެސޯސިއޭޝަނެއް ކިތަންމެ ވަރަކަށް އީއައިއޭ ހަދާފަ ހިއްކިޔަސް ރައްތަކަށް ބަދަލު އާދޭ
ބައިއިލެކްސަން ފަށަން ޢަދި ވަގުތު ކޮޅެއް އެބައޮތް، މިވަގުތުކޮޅުތެރޭ ކޮމަނޑޫ ސިއްހީ މަރުކަޒު ނަންބޯޑު "ކޮމަންޑޫ ޓާރސަރީ ހޮސްޕިޓަލް" ބަދަލު ކޮއްލަމާ
އެމްޑީޕީ އައުޓް އިންޑިއާ އައުޓް ރާޝިދު އައުޓް ވަގުންގެ ސަރުކާރު އައުޓް ކެނެރީގެ ނަޝީދު އައުޓް ކެނެރީ އަސްތާރު އައުޓް ކެނެރީގެ އާބިދާ އައުޓް ކެނެރީގެ ނާޝިދު އައުޓް ތިމާވެށި މިނިސްޓަރު އައްޑޫ ވަގު ޝައުނާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް ރާޝިދު އައުޓް ވަގުންގެ ސަރުކާރު އައުޓް ކެނެރީގެ ނަޝީދު އައުޓް ކެނެރީ އަސްތާރު އައުޓް ކެނެރީގެ އާބިދާ އައުޓް ކެނެރީގެ ނާޝިދު އައުޓް ތިމާވެށި މިނިސްޓަރު އައްޑޫ ވަގު ޝައުނާ އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް ރާޝިދު އައުޓް ވަގުންގެ ސަރުކާރު އައުޓް
ކަލޯ ވިސްނަބަލަ، ކޮންމެ މީހަކު ހޮވުނަސް ތިފްރޮޖެކްޓު ތައް ހުއްޓޭނެ.