ޑިމޮރްސަރީއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އެމްޑީޕީކަން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުން އެނގޭ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓްގެ ކެމްޕޭނަށް އިޝާރަތް ކުރައްވާ ޑރ. ޖަމީލް ވިދާޅުވީ، ކޮމަންޑޫ ދާއިރާއިން އެނގެނީ އިންތިހާބަށް ނުފޫޒުފޯރުވުމަށް ގާނޫނުތައް މުގުރުމަކީ ސަރުކާރު ފާޅުގައި ކުރާނެ ކަމެއް ކަމަށެވެ.
އަދި ކޯލިޝަންގައި ތިބި ޕާޓީތަކަށް ރިޝްވަތުގެ ގޮތުގައި ރައްޔިތުންގެ ފައިސާ އާއި މުދާ ބެހިކަން ޔަގީންކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
މާދަމާ ބާއްވާ އެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ކަންކަން އެ ދާއިރާގައި ދަނީ ކުރިއަށެވެ.
އަދި މި އިންތިހާބު ބޯމަތިވިފަހުން ސަރުކާރުން ވަނީ ކޮމަންޑޫ ދާއިރާގައި ގިނަ މަޝްރޫއުތަކެއް ފަށާފައެވެ. އޭގެތެރޭގައި ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއުގެ އިތުރުން ކޮމަންޑޫގައި އައިސްޕްލާންޓެއް ގާއިމު ކުރުމާއި ފުޓްބޯޅަ ދަނޑެއް ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް ހިމެނެއެވެ. އަދި މިއަދު ވަނީ ކޮމަންޑޫ ކައިރީގައި މަސްކަނދުފައްޗެއް ވެސް އަޅާފައެވެ.
ގިނަ މަޝްރޫއުތަކެއް އިންތިހާބު ކައިރިވެފައި ވަނިކޮށް ފަށަމުން ދަނީ ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ނަމަވެސް ސަރުކާރުން ބުނާ ގޮތުގައި މިވަގުތު ކޮމަންޑޫ ދާއިރާގައި މަޝްރޫއުތަކެއް ފެށުމާއި އިންތިހާބާއި ދިމާވުމަކީ އިއްތިފާގެކެވެ.
މި އިންތިހާބު އަލުން ބާއްވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި ހުސެއިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.
އޭ ނިއްކުރިބެ މައިތިރިވެބަލަ. ކިހެނެތްތަ ތި ތެޅި ބާލަނީ. ޢަބަދު އެމްޑީޕީ އޭ ނުކިޔާ މަހަށް ދޭބަލަ
ޙެހެ މޮޔަ ގޮވަނީ
ނާތަހުޒީބު ސަރުކާ ތަކުން ހިންގާނީ ނާތަހުޒީބު. އަމަލް ޔﷲހުރިހާ ކަމަކުން މިސަރުކާރު ބަލި. ކުރަވާދޭ
މުނާފިގެއްގެ ގައިގައި ހުންނަ ހުރިހާ ސިފައެއް މީނަގެ ގައިގައި އެބަހުރި
ޑިމޮކޮރެސީއަށް އޮތް ނުރައްކަލަކީ އެމް.ޑީ.ޕީ.އެއްނޫން ! ޑިމޮކްރެސީއަށް އޮތް ނުރައްކަލަކީ ތިކަހަލަ ދެފުއްކެހެރިން ގިނަވުން !
ކަލޭމެން ކިތަންމެ ރުޅިއަޔަސް މީޚޮދުމުޚުތާރު ސަރުކާރެއް