މާދަމާ ބާއްވާ ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި، ވޯޓު ލާ އެ ދާއިރާގެ ރައްޔިތުންގެ ތެރެއިން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓަށް ވޯޓު ލާ ރައްޔިތުން މެންދުރު 12:00 ގެ ކުރިން ވޯޓުލާ ނިންމަން ޕީޕީއެމް އިން އެދިއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި ހުސެއިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.
އެ ބައިއިލެކްޝަނާއި ގުޅުވައިގެން މިއަދު ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، މާދަމާ ހެނދުނު 8:00ގައި ހުރިހާ ވޯޓު ފޮއްޓެއްގެ ވޯޓުލުން ފެށޭނެ ކަމަށެވެ. އަދި އެދެނީ އިދިކޮޅު ކެންޑިޑޭޓަށް ތާއިދު ކުރާ އެ ދާއިރާގެ ރައްޔިތުން އަވަހަށް ވޯޓުލައި ނިންމުމަށް ކަމަށް ހީނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އެދުމަކީ އަޅުގަނޑުމެންނަށް ވޯޓުލާ، ރައްޔިތުންނާއި ޕާޓީގެ ހުރިހާ ބޭފުޅުންވެސް ވީހާވެސް އަވަހަކަށް ކިއުއަށް ވަޑައިގެން ވޯޓު ލުމުގެ ކަންކަން ނިންމެވުން". ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ، ކޮވިޑްގެ މި ހާލަތާއެކު ކޮވިޑަށް ފައްސި ފަރާތްތަކަށް ހާއްސަ ގަޑިއަކީ ހަވީރު 4:00 އިން 5:00 އަށް ވާތީ އެހެން ފަރާތްތަކުން އަވަހަށް ވޯޓުލުމަށް އެދޭ ކަމަށެވެ.
"އަޅުގަނޑުމެން އެދެނީ މާދަމާ ހެނދުނު ވީހާވެސް އަވަހަކަށް 8:00 ޖަހާއިރު ވޯޓުލުން ފެށޭއިރު، މެންދުރު 12:00ގެ ކުރިން އަޅުގަނޑުމެންގެ ހުރިހާ ސަޕޯޓަރުން، ނުވަތަ ޕާޓީގެ ހުރިހާ ބޭފުޅުންވެސް ވޯޓުލާ ނިންމަވަން"/ ހީނާ ވިދާޅުވިއެވެ.
އެ އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓަކީ މޫސާ ފަތުހެވެ. އޭނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ނައިބުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. ދައުލަތުގެ އެކި މަގާމުތައް ފުރުއްވި ފަތުހީ ވަނީ ށ. އަތޮޅު ކައުންސިލްގެ ރައީސް ކަން ވެސް ކުރައްވައިފައެވެ.
އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ރާޝިދަކީ ށ. ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ. މިދިޔަ ތިން ދައުރު (ނުވަ އަހަރުގެ މުއްދަތަކަށް) ފޯކައިދޫ ކައުންސިލްގެ ރައީސް ކަން ވެސް ކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިސްވެ އުފެއްދެވި އެމްއެންޕީން ވާދަކުރައްވަނީ ތައުލީމީ ދާއިރާގައި ޚިދުމަތްތަކެއް ކުރެއްވި އަބްދުލް ހަންނާން އިދުރީސްއެވެ.
އޮރިއާން ނިވާކޮށްގެން މީހުންގެ ތެރެއަށް ނުކުމެބަލަ
ހަމަ ބުނާގޮތަކަށް ތިކަންކުރެވޭތޯ ބަލާން. އަޅާފުރާލާނަން.
ބާކީ ވަގުތު ހަމަނުޖެހުން ހިންގަން