މާލޭގައި ދެ ސައިކަލު ޖެހިގެން އެކްސިޑެންޓެއް ހިނގައިފިއެވެ.

މަންޒަރު ފެނުނު މީހަކު "ވަގުތަށް" ބުނީ، އެކްސިޑެންޓް ހިނގާފައިވަނީ މާލޭ ފުޑް ކޯޓު ސަރަހައްދުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ފުޑް ކޯޓު ސަރަހައްދަށް ވަންނަން ދިޔަ ސައިކަލެއްގައި ޖެހިގެން ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތަށް" ވިދާޅުވީ، މި ހާދިސާ ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިރޭ 19:43 އެހާކަންހާއިރު ކަމަށާއި އެކްސިޑެންޓް ހިނގި ދެ ސައިކަލު ދުއްވަން ތިބީ ވެސް ސައިކަލު ދުއްވުމުގެ ލައިސަންސް ނޯންނަ ދެ މީހުން ކަމަށެވެ.

މީޑިއާ އޮފިޝަލް ބުނީ، އެކްސިޑެންޓްވީ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވަން އިނީ 25 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށާއި އަނެއް ސައިކަލު ދުއްވަން އިނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

"އެ ދެ ސައިކަލު މިހާރު ވަނީ ޓޯ ކޮށްފައި. އެކްސިޑެންޓްގައި 19 އަހަރުގެ މީހާއަށް ވަނީ ކުދި ކުދި އަނިޔާ ލިބިފައި" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ތަހުގީގެއް ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަމަ އިނސާފު

    ތިފަދަ އެކްސިޑެންޓްތަށް ހިނގަނީ ފުލުހުންގެ ދޯދިޔާ ފަރުވާ ކުޑަކަމުން ލައިސަންސް ނެތި ދުއްވާ މިހުން ފުލުހުންނަސް އިނގޭ އެތަށްބަޔަކު އުޅޭ ހިފަހއްޓަފަދޫކޮށްލަނީ ފިޔަވަޅެއްނަޅާ ފިޔަވަޅު އަޅަނީ ވަޒީފާގަ އުޅޭ ލާރިލިބޭ ހެންހީވާ މިހުންގެ އަދި އަންހެއްވެއްޖިޔާ އަވަހަށް ދޫކޮލަނީ މި ހަގީގަތް ތި ބާރައްދުއްވާމިހުން ރެޔަދުވަލު 10 ހަ 12 ފަހަރު ހިފަށްޓަފަ ފިޔަވަލެއް ނެޅެ މައުލޫމާތުނަގަފަ ދުކޮށްލަނީ މިހެންހަދަތީ ހަމައެއް ލަމައެއްނެތިަގުތަކު ބަރުސްޕީޑްގ އެދުއްވަނީ

    • ޚަލީލު

      ކަލޭ ރަނގަޅަށް ލިޔަންކިޔަން ދަސްކޮށްގެން ކޮމެންޓްކޮށްބަލަ.