ދިވެހިން ސްރީލަންކާއަށް ދަތުރު ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ، 31 ޖެނުއަރީ 2021 ދުވަހު މާލެއިން ލަންކާއަށް ދަތުރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ބަދަލު ތަކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން މިނިސްޓްރީން ބުނީ، ލަންކާއަށް ދަތުރު ކުރާ ފަރާތްތަކުން ހުއްދަ ހޯދަން ޖެހޭނެ ކަމަށާއި ސައްޙަ ވިސާއެއް ނެތި އަދި ޓޫރިސްޓް ރޫޓުން ނޫން ގޮތަކަށް ސްރީލަންކާއަށް ދަތުރު ކުރެވޭނީ އެގައުމުގެ އިމިގްރޭޝަނުން ދަތުރުކުރުމުގެ ހުއްދައެއް (ލޭންޑިން ޕާރމިޓެއް) ނަގައިގެން ކަމަށެވެ.
- ސްރީލަންކާއަށް ދަތުރުކުރުމުގައި ޓޫރިސްޓް ރޫޓު އިޚްތިޔާރުކުރާނަމަ، މިވެބްސައިޓުގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ETA (އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން) ހޯދައިގެން ދަތުރު ކުރެވޭނެ ކަމަށާއި ލަންކާއަށް ދަތުރު ކުރަނީ ދިގު މުއްދަތަކަށް ރެސިޑެންސް ވިސާ ނަގައިގެން ތިބުމަށްކަމަށްވާ ނަމަ "އެންޓްރީ ވިސާ" އެއް ނަގައިގެން ދަތުރު ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
މިނިސްޓްރީން ބުނީ، ދަތުރު ކުރުމުގެ ކުރިން 72 ގަޑިއިރުގެ ތެރޭގައި ހައްދާފައިވާ ކޮވިޑް ނައްސި ޕީސީއާރު ނަތީޖާއާއި އެކު ވެކްސިން ކާޑުގެ އަސްލު ގެންދަން ޖެހޭނެ ކަމަށެވެ.
އަދި ލަންކާއަށް ދަތުރުކުރެވޭނީ ޔޫ.އެސް ޑޮލަރުގެ 50،000 ގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މި އިންޝުއަރެންސްގައި ކޮވިޑްއަށް ފައްސިވެ ހޮސްޕިޓަލުގައި ފަރުވާ ކުރަން ޖެހިއްޖެ ކަމުގައިވާނަމަ އެކަން ވެސް ކަވަރ ކުރަންވާނެއެވެ. އަދި މިއިންޝުއަރެންސުން ސްރީލަންކާގައި މަޑުކުރާ މުއްދަތުގެ އިތުރުން 14 ދުވަސް އިތުރަށް ހިމަނަން ވާނެއެވެ. ޓްރެވެލް އިންޝުރެންސް މިވެބްސައިޓް އިން ހެދޭނެއެވެ.
މީގެ އިތުރުން ލަންކާ އަށް ދަތުރުކުރާ ހުރިހާ ފަރާތްތަކުން ވެސް ފުރުމުގެ ކުރިން މިނިސްޓްރީ އޮފް ހެލްތް – ސްރީލަންކާގެ "ހެލްތް ޑިކްލަރޭޝަން ފޯމް" ފުރިހަމަކުރުމަށްފަހު ކިޔު.އާރު ކޯޑު ހޯދަންވާނެ ކަމަށާއި ކިޔު.އާރް ކޯޑު އެއާރޕޯޓުން ބޭނުންވެއްޖެ ހާލަތެއްގައި ދައްކަވަންވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ހެލްތު ޑިކްލަރޭޝަން ފޯމު ފުރައި ކިޔު.އާރު ކޯޑު މި ވެބްސައިޓުން ހޯދޭނެއެވެ.
ލަންކާއިން އެދަނީ ފަހަރަކު ކަމެއް އިތުރުކުރަމުން އުނދަގޫ ކުރަމުން. ރާއްޖެ އަންނަ ލަންކާމީހުނަށް އަދިވެސް އޮންއެރައިވަލް ޓޫރިސްޓްވިސާދެނީ. ނަމުގާ ޓޫރިސްޓުން އެކަމަކު ލަންކާމީހުން އެތެރެވެ ގަރާޖުތަޖުގާ އާއި ލަންކާ މީހުންގެ ވިޔަފާރިތަޖުގެ ވަޒީފާގައުޅެނީ.
ފަންސާސް ހާސް ޔޫއެސް ޑޮލަރުގެ އިންޝުއަރެންސޭ ؟؟ ކާކު ތިވަރުން ލަންކާޔަށްދާނީ...ގައުމު ބަނޑަށް ޖެހޭއިރުވެސް ގޮތް ދޫނުކޮށް އަދިވެސް.
ތީދެން އަހަރެމެން ދާތީ ކަންބޮދުވީތާ ދޯ؟؟؟
ލަންކާގެ ދަރަނި އަދާ ކުރަން ބޭރު މީހުން އަތުން ގިނައިން ބޯކޮށް ފައިސާ ހޯދަން ޖެހޭނެ، ފޮރިނާސްގެ އަތުން ގިނައިން ބޭރުފައިސާ ލިބޭނެ ގޮތެއް ހަދަންވާނެ !
އެކަމަކު މިހާރުވެސް ލަންކާ މީހުން އެތެރެ ވާވަރަށް ވާންވީ. ހުދު ތިމާގެ ނަފުސާނީ މައްސަލަތަކެއް ހުންނާތީ ލަންކާއިން ވަޒީފާއިން ވަކިކުރި 'ސައިކޮލޮޖިސްޓެއް' މިރާއްޖެޔަށް އައިސް މިތާގެ ކްލިނިކެއްގައި އެހެރި އުޅެނީ، ފިރިމީހާވެސް އިލީގަލް އޭލިޔަން އެއްގެ ގޮތުގަ ގެނެސްގެން.
ލަންކާ މީހުންނަކީ އެއް އިރަކުވެސް ދިވެހީންނަށް ހިތްނުބައިކަންނޫން ގޮތެއް ގެންގުޅޭނެ ބައެއްނޫންކަން ތާރީކުވެސް ހެކިދޭ.
މަށަށް ހީވަނީ ފަންސާހާސް ޔޫއެސްޑޮލަރުގެ އިންސުރަންސްވެސް ކުޑަހެން. އެއްލައްކައަށް ބޮޑުކޮށްލާ. ރައްޔިތުން ބަންޑަށް ޖެހުނުއިރުވެސް ބޮޑާކަން ދައްކަނީ. ދުވެހިސަރުކާރުން ކީއްވެތަ ލަންކާއިން އެހާ ޖެއްސުންކުރާއިރު އަޅާނުލަނީ.
ފަންސާސް ހާހޭޖެހީމަ ރާއްޖެ ތެރޭ ކުދިން ހުން އެއައީ. ބަލަ ޓުރެވަލް އިންސްއަރަންސް 1 މަހައް ބާރަޑޮލަރައް ހެދޭނެ . އެހެން ވީމައޭ ކަލޭމެނައް ފަސްކުޅަނދު މަދޭ ކިޔަނީ.
ދެންތިގައުމަށް ބުޅާވެސް ނާރާނެ އެކަމަކު މިގައުމަށް ލަންކާއިން ބުޅަލާ މީދަލާ ހިކަނދި ވަރަށް ފަސޭހައިން އެތެރެވޭ މިއޮތީވާ ގައުމެއް.