23:25

ރިޕޯޓުތައް ބުނާ ގޮތުގައި ޕުޓިން އާއި ބައިޑެން ފޯނުން ކުރިއަށް ގެންދިޔަ ފޯން ކޯލްގައި ޔޫކްރެއިން-ރަޝިއާ ބޯޑަރު ކައިރީގައި ރަޝިއާގެ އަސްކަރީ ހަރަކާތްތައް އިތުރު ކުރި ކުރުމާ މެދު މަޝްވަރާ ކުރެއްވި.

ރަޝިއާ އިން ޔޫކްރެއިނަށް ހަމަލާދީފި ނަމަ، އެމެރިކާ އިން ޔޫކްރެއިންއާ ގުޅިގެން ރައްދުގައި ހަމަލާދޭނެ ކަމުގެ އިންޒާރު ބައިޑެން ވަނީ ދެއްވާފައި. އޭގެ ސަބަބުން ބޮޑު ގެއްލުމެއް ރަޝިއާ އަށް ވާނެ ކަމުގެ އިންޒާރު ވެސް ދެއްވި.

22:55

ސްކައި ނިއުސްގެ ސެކިއުރިޓީ ޑިފެންސް އެޑިޓަރު ޑެބޮރަހް ހޭނެސް ހުރީ ޔޫކްރެއިންގެ ދެކުނުގައި. އޭނާ ބުނި ގޮތުގައި ޔޫކްރެއިން އިން ވަރުގަދަ ތަމްރީންތަކެއް ދަނީ ހިންގަމުން. މި ތަމްރީންތައް ހިންގަމުން ދަނީ ޔޫކްރެއިން ފުލުހުންނާޢި ނެޝަނަލް ގާޑުން ގުޅިގެން.

މި ތަމްރީންތަކުގައި ހެލިކޮޕްޓަރާއި ހަތިޔާރު އެޅި ވެހިކަލްތައް ދަނީ ބޭނުން ކުރަމުން. މި ތަމްރީންތައް ފެށީ ރަޝިއާ އިން ޔޫކްރެއިނަށް އަރައިގެންފާނެ ކަމަށް އެމެރިކާ އިން އިންޒާރު ދިން ފަހުން.

އެޑިޓަރު ބުނި ގޮތުގައި އެ ސަރަހައްދުގެ ހާލަތު އޮތީ ކަންބޮޑުވާ ހާލަތެއްގައި. މިވަގުތު އާންމު ހާލަތެއްގައި އޮތަސް، ކުއްލިއަކަށް ހާލަތު ބަދަލުވެ ގޯސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނޭ.

22:37

އެމެރިކާގެ ރައީސް ބައިޑެން އާއި ރަޝިއާގެ ރައީސް ޕުޓިންގެ ފޯން ކޯލް ގަޑިއިރަކަށް ވުރެ ގިނަ އިރު ކުރިއަށް ދިޔަ ކަމަށް ވައިޓް ހައުސްގެ އޮފިޝަލަކު ވަނީ ވިދާޅުވެފައި.

22:34

އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ ލިޒް ޓްރޫސް ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން އާ އެކުގައި ކުރެއްވި މަޝްވަރާތަކުގައި ރަޝިއާ އިން ޔޫކްރެއިން އަށް އަރަން އުޅެފާނެތީ ކަންބޮޑުވުން ފާޅު ކުރެއްވި.

 

21:59

ރަޝިއާ ސިފައިން ޔޫކްރެއިން އަށް އަރާ ބޮޑު ހަމަނުޖެހުމެއް ހިންގަފާނެ ކަމަށް ޔޫކްރެއިންގެ ބައެއް ރައްޔިތުން އަދިވެސް ގަބޫލެއް ނުކުރޭ.

"އަހަރުމެން އުންމީދު ކުރަނީ އެކަން ނުފަށާނެ ކަން. އަހަރުމެން އެކަމަކާ އަދި ނުވިސްނަން. އަހަރެންނަށް ހީވަނީ އެއްވެސް ކަމެއް ނުވުމުގެ ފުރުސަތު އެބައޮތޭ. އެކަމަކު ކާކަށް އެނގޭނީ،" އޮލެގް ނަމަކަށް ކިޔާ ޔޫކްރެއިންގެ ފިރިހެނަކު ސްކައި ނިއުސް އަށް ދިން އިންޓަވިއުއެއް.

21:56

ރިޕޯޓުތައް ބުނާ ގޮތުގައި ޔޫކްރެއިންގައި ތިބި އިނގިރޭސި ވިލާތުގެ ސިފައިން މި ހަފްތާ ބަންދުގައި ޔޫކްރެއިނުން ފައިބަން ވަނީ އިންޒާރު ދީފައި.

21:52

ބައެއް ރިޕޯޓުތައް ބުނާ ގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިހާރު ތައްޔާރުވަމުން އަންނަނީ އެންމެ ގޯސް ސިނާރިއޯ އަށް.

21:50

އެމެރިކާގެ ރައީސް ޖޯއި ބައިޑެން އާއި ރަޝިއާގެ ރައީސް ޕުޓިން އާ ދެމެދު ފޯން ކޯލެއް ކުރިއަށް އެބަދޭ. ރަޝިއާގެ ރައީސް ބޭނުން ވަނީ ހޯމަ ދުވަހު މަޝްވަރާ ކުރަން. އެކަމަކު ބައިޑެން ބޭނުން ވަނީ ވީހާވެސް އަވަހަށް މަޝްވަރާގެ މޭޒަށް ދިއުމަށް.

21:49

ޔޫކްރެއިންގައި މުޒާހަރާ ކުރަމުން އަންނަ މީހުން ބުނަމުން ދަނީ ރަޝިއާ އިން ދީފާނެ ހަމަލާއަކަށް ތައްޔާރުވެގެން ތިބި ކަމަށާއި ރައްދުގައި ވެސް ހަމަލަދޭން ތައްޔާރު ކަމަށް. ބައެއް މީހުން ބުނި ގޮތުގައި ޔޫކްރެއިން މިނިވަން ގައުމެއްގެ ގޮތުގައި އޮންނަން ބޭނުންވޭ.

"ޔޫކްރެއިން މިނިވަން ގައުމެއް ގޮތުގައި އޮންނަން އަބަދުވެސް ބޭނުން. އަހަރުމެންނާ ރަޝިއާ އިން އުނދަގޫ ކުރާކަށް ނުޖެހޭ. އަހަރުމެންނަކީ ސުލްހަމަސްލަސްކަމަށް ލޯބި ކުރާ ބައެއް. އަހަރުމެން ބޭނުން ވަނީ ހަމަޖެހިގެން އުޅެން،" ޔޫކްރެއިންގައި ދިރިއުޅޭ މީހަކު ސްކައި ނިއުސް އަށް ކިޔައި އިންޓަވިއުއެއް.

 

20:24

ރަޝިއާގެ ސްޓޭޓެއް ކަމަށް ނިންމާފައިވާ ކްރިމިއާއާއި 30 ކިލޯ މީޓަރު ދުރު ސަރަހައްދެއްގައި ޔޫކްރޭންގެ ސިފައިން ހަނގުރާމައަށް ތައްޔާރުވުގެ ތަމްރީނުތައް ހަދަން ފަށައިފި.

ޔޫކްރޭންގެ ސިފައިން ތަމްރީނުތައް ހަދަން ފެށި ނަމަވެސް އެގައުމުގެ ރައީސް ބުނެފައިވަނީ އަންނަ ހަފްތާގެ ތެރޭގައި ރަޝިއާއިން ހަމަލާތައް ދީފާނެ ކަމަށް ނުބެލެވޭ ކަމަށް.

20:21

ރަޝިއާއާއި ޔޫކްރޭންގެ މަސްރަހު ގޯސްވުމާއި ގުޅިގެން ތުރުކީވިލާތުގެ ރައްޔިތުން އުތުރު ޔޫކްރޭނަށް ދަތުރު ކުރުން ހުއްޓާލަން އެގައުމުން އަންގައިފި.

20:20

ރަޝިއާއިން ޔޫކްރޭނަށް ހަމަލާތަކެއް ދީފާނެ ކަމަށް އެމެރިކާއިން ބުނުމާއި ގުޅިގެން ޔޫކްރޭންގެ ވެރިރަށް ކީވްގެ ބިންގަރާސްތައް ހުޅުވަން ފަށައިފި.

19:54

ރަޝިއާއާއި އެމެރިކާއިން ހަމަލާ ބަދަލުކުރަން ފަށައިފިނަމަ ތިން ވަނަ ބޮޑު ހަނގުރާމަ ފެށިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޖޯ ބައިޑެން ދީފި.

19:40

ރަޝިއާއިން ޔޫކްރޭނަށް ހަމަލާތަކެއް ދިނުމަށް ނިންމާފައިވާ ދުވަހެއް އެގައުމުން އިއުލާނު ނުކުރި ނަމަވެސް، ޖާސޫސީ އިދާރާތަކާއި ހަވާލާދީ އެމެރިކާގެ އިންޓެލިޖެންސުން ބުނެފައިވަނީ އަންނަ ބުދަ ދުވަހު ރަޝިއާއިން ޔޫކްރޭނަށް ހަމަލާތައް ދޭން ފަށާފާނެ ކަމަށް.

19:36

އަލްޖަޒީރާ ނޫހުން ބުނެފައިވަނީ ރަޝިއާއިން ޔޫކްރޭނަށް ހަމަލާތައް ދޭން ފަށައިފިނަމަ، ވެރިރަށް ކީވް ވަށާލަން ރަޝިއާއިން ރާވާފައިވާ ކަމަށް. އެ ނޫހުން މިގޮތަށް ބުނެފައިވަނީ ހުޅަނދު ގައުމުތަކުގެ ޖާސޫސީ އިދާރާތަކާއި ހަވާލާދީ.

ރަޝިއާގެ ހަމަލާތަކާއި ގުޅިގެން ކީވްގެ ބިންގަރާސްތައް ވެސް މިހާރު ވަނީ ހުޅުވަން ފަށާފައި. މި ބިންގަރާސް ތަކަކީ ފިނި ހަނގުރާމައިގެ ތެރޭގައި ބޮމުގެ ހަމަލާތަކުން ސަލާމަތްވުމަށް އެގައުމުގައި ހަދާފައިވާ ބިންގަރާސްތަކެއް.

19:34

ރަޝިއާއިން ދޭން އުޅޭ ހަމަލާތައް އަމާޒު ކޮށްފައިވަނީ ޔޫކްރޭންގެ ވެރިރަށް ކީވް އަށް ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ.

19:33

ރަޝިއާއިން ހަމަލާތައް ދޭން ފަށާނެ ކަމުގެ އިންޒާރާއި އެކީ ޔޫކްރޭންގައި ތިބި އެމެރިކާ، ކެނެޑާ، ނޯވޭ، ޑެންމާކު ފަދަ ގައުމުތަކުގެ މީހުން އެގައުމުން ފޭބުމަށް އިލްތިމާސް ކޮށްފި.

19:31

ރަޝިއާއިން ޔޫކްރޭނަށް ހަމަލާތައް ދީފިނަމަ ޔޫކްރޭނުން އާންމުންގެ 50،000 އަށްވުރެ ގިނަ މީހުން މަރުވާނެ ކަމަށް އެމެރިކާއިން އަންދާޒާ ކުރޭ.

ރަޝިއާއިން އަންނަ ބުދަ ދުވަހު ޔޫކްރޭނަށް ހަމަލާތަކެއް ދޭން ފަށައިފާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ އިންޓެލިޖެންސުން ބުނެފައިވަނީ ރަޝިއާއިން ޔޫކްރޭނަށް ހަމަލާތަކެއް ދޭން އުޅޭ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި މި ހަމަލާތައް ދިނުމަށް ނިންމާފައިވަނީ ކުއްލި ގޮތަކަށް ކަމަށެވެ. ހަމަލާތަށް ދިނުމަށް ރަޝިއާއިން ކަނޑާއި އެއްގަމާއި ވައިގެ އުޅަނދުތައް ތަމްރީނު ކުރަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޒިމްޒިމް

    މުޅިން ދޮގު ހަދާގެން ޤައުމުތަކަށް އަރަން އުޅޭ ބައެއް އެމެރިކާއަކީ.. ޔަޤީނޭ މިމީހުންގެ ގުރޫޕަކުންކަން ކިއޭވްއަށް ޙަމަލާދޭނީ ރަޝިޔާ ބޮލުގައި އަޅުވަން.. ބޭނުންވަނީ ޔުކްރޭންގައި އެމެރިކާ ސިފައިން ހާލިހަދުވަން..

    10
    2
  2. ރާއްޖެ

    އެމެރިކާ މީހުން ހަނގުރާމައެއް ނުކުރެވިގެން، ރަށިއާ ޔުކްރެއިންއަށް ހަމަލާދޭތޯ.

    4
    1
  3. ހާމަ

    ޔޫކްރެއިންގައި ކިޔަވަން ތިބި ދިވެހހ ހި ކުދިން ހަދާނީ ކިހެނެއްބާ؟؟؟ ސަރުކާރުން އެއްވެސް ބަހ ހެއް މިކަމުގަ ނުބުނަނީ ކީއްވެބާ؟؟؟؟

    18
    2
    • ޕުޑިން

      ތީއެމެރިކާއިން އައްފާނިސްތާނުގެ ލާރީތަކެއް ވަގަތް ނެގުމައްފަހު އެކަން މީޑިއާތަކުގެ ސަމާލުކަން ގެއްލުވާލުމައް ފަތުރާދޮގު ހަބަރުތަކެއް އިރާގުން އަދިވެސްނުފެނޭ އެމެރިކާއައްވެނުނު ނިއުކުލިއާ ބޮންތަކާ މިސެއިލްތައްވެސް ފެނުނީ ސައްދާމް އެމީހުނައް އެބުނާއެއްޗަކައްވެސް އެމެރިކާ އަދިހަމަލަދޭނެ އެމީހުންގެ ނީދީގަފެއްނަހުވަފެން ތަކައްވެސް އެކަކުއަނެކަކައް.

      5
      1
  4. ޢަދުރޭ

    ރަޝިޔާގެ ބޯޑަރު ޙިމާޔަތް ކުރުމަށް ރަޝިޔާ ސިފައިން ރަޝިޔާގެ ބޯޑަރުގައި ތިބީ ނޭޓޯއިން ގޮސް ޔުކްރޭންގައި ރަޝިޔާ އަށް ޙަމަލަދޭން އުޅޭތީ އެއީ . ނޭޓޯ ސިފައިން ގޮސް ޔުކްރޭން ގައި ކީއް އެ ކުރަނީ ؟ އެމެރިކާއިން ރަޝިޔާ ހަނގުރާމަ ކުރަން އުޅެނީއޭ ކިއައިގެން ޔުކްރޭން އަށް ހަތިޔާރު ވިއްކަން ފަތުރާ ޕްރޮޕަގަންޑާ މީ