ޅ. މަޑިވަރު އެއާޕޯޓަށް ކުރާ ދަތުރުގެ އަގު ހެޔޮ ކުރަން އައިލެންޑް އޭވިއޭޝަނާ ވާހަކަ ދައްކައިގެން މަސައްކަތް ކުރައްވާނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ޅ. ނައިފަރުގެ 100 ހައުސިން ޔުނިޓްސް، ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، މަޑިވަރު އެއާޕޯޓް އިއްޔެ ހުޅުވި އިރު، ޓިކެޓް އަގު ބޮޑުވުމަކީ ރައްޔިތުންގެ ކަންބޮޑުވުމެއްކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.

އެގޮތުން 1،020ރ. އަށް ޓިކެޓު ގަންނަން ޖެހުމުން އެ އަދަދު ރައްޔިތުންނަށް ބޮޑުވާކަން ރައީސް ފާހަގަ ކުރައްވާ އެކަމަށް އަވަސް ހައްލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑަށް މިތާ ހުރެ ވަކިގޮތެއް އޭގައި ތިޔަބޭފުޅުންނާ ހިއްސާކޮށްލަން ދަތިވިނަމަވެސް، އިރާދަކުރެއްވިއްޔާ، އަޅުގަނޑު އައިލެންޑް އޭވިއޭޝަނާ އެ ވާހަކަ ދައްކައި، އެކަމަށް ރަނގަޅު ހައްލެއް، ލަސްތަކެއްނުވެ ގެނައުމުގެ މަސައްކަތް ކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ނައިފަރުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ހޯދުމުގައި ދިމާވެފައިވާ ދަތިތައް ފާހަގަ ކުރައްވައި، ރަށުގައި ހުރި އަތޮޅު ހޮސްޕިޓަލުން ދެވޭ ހިދުމަތްތައް ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ހާއްސަ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"މިރަށަށް ބޭނުންވާ ޑޮކްޓަރުން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. ލަސްތަކެއްނުވެ އިރާދަކުރެއްވިއްޔާ ޑޮކްޓަރުން ނެތް ދާއިރާތަކަށް، މި ރަށުގެ ހޮސްޕިޓަލަށް ވަރަށް އަވަހަށް ޑޮކްޓަރުން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް މިހާރުވަނީ ލިބިފައި،" ރައީސް ވިދާޅުވިއެވެ.

އެރަށު ހޮސްޕިޓަލަށް ޑޮކްޓަރުން ވަރަށް އަވަހަށް ލިބޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވައި ރައީސް ވަނީ އަދި ޅ. އަތޮޅު ހޮސްޕިޓަލުން ޑައިލަސިސްގެ ހިދުމަތް ފަށަން ތައްޔާރުވަމުން އަންނަކަން ފާހަގަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަހުމދ

    މަޑިވަރައް އެކަނިނުން ދިވެހިން ދަތުރުކުރަނީ
    މިޑިވަރެކޭ އއްގޮތައް އެހެންތންތާ ވެސް އަގުހެޔޮކުރޭ
    ތީ ދިވެހިންގެ ރައީސެއް މިހާރު
    ހުރިހާމީހުން ހަމަހަމަ ކުރޭ

    15
    1
  2. ހުސޭނުބޭ

    މާލޭ ފިހާރަތަކުގައި ސޭލަ އަޅުވާހެން. ސޭލް އަޅުވަންވީމާ300 އަށް ހުންނަ ގަމީސް 600 އަށް ބޮޑުކޮށްލާނީ. ދެން 50 ޕަސެންޓް ކުޑަކޮށްފައި 300 އަށް ގަމީހެއްގެ ރޭޓުން ސޭލްއަޅުވާނީ. ހަމަ އެގޮތަށް މާ ހެޔޮ މީހަކަށް ހެދެންވެގެން 1000 އަށްވުރެ ބޮޑުކޮށް ޓިކެޓް އަގު ބަހައްޓާފައި މީހުން ހަޅޭލަވާގަތީމާ އަސްލު ހުންނަ ވަރަށް ތިރިކުރީމާ ދެން އެއީ މާ މޮޅު މީހެއް!

    14
    1
  3. އައިމަން

    މީގެ ކުރީގަވެސް ޓިކެޓް އަގުހެޔޮވި އެކަމަކު ވީކިހިނެއް؟
    1300 ރުފިޔާއަށް ޓިކެޓް ވިއްކާފަ ފުރަން ދިޔާމަ ބަރުވެގެން އެނަގަނީ ހާހުން. ޥަރަށް ރަގަޅެއްނު...

    13
    1
  4. މަޑިވަ

    2023ގައި ތިކަންވެދާނެ

    12
    1
  5. އައްޔު

    އަމިއްލަ ވެރިކަމުގައި ސަރުކާރުގެ ކުންފުނިން އަގު ބޮޑުކޮށް އަމިއްލައަށް އަގުހެޔޮކުރާވާހަކަ ދެއްކުމަކީ ވަރަށް މަކަރުވެރި ވާހަކައެއް އެމްޑީޕީގެ ބަހުން ބުނާނަމަ ވެނުމަސް ވެނަށް ކާންދެނީ

    18
    1
  6. ޢުނގޫފާރޭ

    ޢިފުރު މާލެ ޓިކެޓް މި ގަންނަނީ 1029 އަށް މަޑިވަރަށް އެކަނި ތަ މިއަދަދު ބޮަޑުވަނީ

    10
    1
  7. ހަސަނާ

    އައްޑޫ ޓިކެޓް

    5
    1
  8. ހަސަންކޮއި

    ކޮވިޑުގެބަލިމަޑުކ ކަމާގުޅިގެންހައުސިންލޯނުނަގާފަތިބި
    ނިކ ކަމެތިންނައްލުއިދިނުމައް ލޯނައް ފައިސާދެއް
    ކުންހަމަސްލަސްވެސް ކ ކޮއްދެއްވި ހަމަސްވިއިރު
    ދެލައްހަތްދިހަހާސްރުފިޔާ ދައް ކ ކަންހުރި މީހާ
    ދައް ކަންޖެހޭ ޖުމްލައަދަދު ތިންލައް ކައައް
    އިތުރުވެ މަހަ ކުދައް ކަންޖެހޭ ވަރުބޮޑުވި
    އަހަރެންގެދުޢާއަ ކީ ތި ކަހަލަ އަނިޔާވެރިން
    ........

  9. ގަލަން ތުނޑު

    ހުރިހާކަމަކާ ބެހެންޖެހޭތޯ