ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އަދި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިންނެވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ޖޭއެސްސީ ބަދަލު ކުރާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ހުށަހެޅުއްވި ބިލުގެ ބަހުސްގައި އަލީ ހުސައިން ވިދާޅުވީ މިއީ ވެރިކަމަށް އާދެވެން ދެން، އިދިކޮޅު ޕާޓީގެ ގޮތުގައި ހަތް އަހަރު އެމްޑީޕީ އޮތް އިރު ދެއްކި ވާހަކަތައް ކަމަށެވެ.

ހަތް އަހަރު ވަން ދެން ވާކާލާތު ކުރި ކަންތައް ވެރިކަމަށް އައުމަށް ފަހު ތިން އަހަރު ވެގެން ދިޔައިރު ވެސް އެއަށް އަމަލު ނުކުރުމަކީ އެމްޑީޕީގެ އިޚްލާސްތެރި ކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް އަލީ ވިދާޅުވިއެވެ. ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވާ ތިއްބެވުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިއީ 2008 ވަނަ އަހަރު ގާނޫނު އަސާސީ އެކުލަވާލި ދުވަހުން ފެށިގެން އަޅުގަނޑު ދައްކާ ވާހަކައެއް، ޖޭއެސްސީގެ މި ފޯމިއުލާ ކަމަކު ނުދެއޭ، ޖޭއެސްސީގައި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރައީސް އިނުމަކީ ވަރަށް ބޮޑު މައްސަލައެއް،" ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ މެންބަރު ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ، މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރާ ގޮތަށް ނޫނީ ރިޓަޔަޑް ފަނޑިޔާރުން ތިއްބަވާ ގޮތަށް ޖޭއެސްސީ ބަދަލު ކުރަން ޖެހޭ ކަމަށެވެ. އެއިން ކޮންމެ އެކުުލެވުމަކީ ވެސް މިހާރު އޮތް އެކުލެވުމަށް ވުރެ ރަނގަޅު ގޮތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ގލ

    ރައްޔިތުންނު ކުމެ ބޭރު ކުރުމުގެ ކުރިން އެމީހާ އެތާ ކުން
    ނުދާނެއެވެ.

    27
    1
  2. ޏަމް

    ކެންދޫ ދާއިރާގެ އަލީހުސޭނު ތިޔަދެއްކިވާހަކަތަކަށް ކެންދޫދާއިރާގެ ރަށްޔަތުންގެފަރާތުންނާއި އެންމެހާރަށްޔަތުން ތާއީދުކުރަމެވެ އަލީހުސޭނަކީ ގައުމަށް އިސްލާހީ ހެޔޮބަދަލެއް ގެނެސްދޭނެ މެންބަރެކެވެ އަޅުގަނޑުމެންގެ ކެންދޫ ދާއިރާގެ އަލީހުސޭނު ގައުމަށްޓަކައި ތިކުރާ މަސަށްކަތުގައި ﷲ ތައާލާ ބަރަކާތްލަށްވާށިއެވެ އާމީން.

    31
    2
  3. އަބުދުﷲ

    ތިޔާ މީހާ ޖަލުގަ ބައިންދަބަލަ!

    25
    2
  4. ޢިއްތިހާދު

    މުގާބެނެތި ޖޭއެސްސީ އައްނުވާނެ ނައިޓައްދެވޭނީހުރީމަ ހެޓިލަރް ހުރިނަމަ ވާނެ ގޮހޮރައްއައްބާނާ މީހަކައް މިހާރުމިއޮތީ މުއްސަސާތަކަށް ކެނެރިޒަމްވަދެފަ އޭރުބުނީ މައުމޫނިޒަމޭ މިހާރުތީމުގެ ދުރުނުން ހިސާބަކައް ޅަ ގޮޅާބޯއެއް މީއެމީހުންގޮވި ވަތިވަރު މިހާރުވެސް އެމީހުންނެރުނު ނޫސްތަކުގަ އެބަހުރި

    22
    2
  5. ބީތާވެދާނެ

    ސިޔާސީ ނޫން މީހެއް ދައްކަބަލަ.. ފަނޑިޔާރަކަސް.. މިނިވަން މެމްބަރަކަސް.. ކޮންމެވެސް އެއްޕާޓީއެއްގެ ވަތުއޮޑިއަކަށްވާނެ..

  6. ހެލޮގިން

    ރައީސް ނަޝީދު އެތާ އިންނަނީ އެމް.ޑީ.ޕީގެ ރައީސް ހައިސިއްޔަތަކުން ނޫން ގާނޫނުގަ މަޖިލިސް ރައީސް އިންނަންވާނެ ކަމަށް އޮންނާތީ އިންނަނީ އެގޮޔަށް މަޖިލީސް ރައީސް އިންނަތާ މިހާރު 15 އަހަރު ވަނީ

    2
    1
  7. ތަލަބޯގަޅި

    މައްސަލައަކީ އެތާ އިންނަ މީހެއްނޫން މައްސަލަ އުޅެނީ ދިވެހީންގެ ދިވެހިންގެ ގިނަމީހުންނަކީ ވަރަށް ކޮރަޕްޓް އީމާންތެރިކަމާ ދީންވެރިކަން ކުޑަބައެއް އެންމެދީންވެރިމީހާވެސް މަގާމާ ބާރުގެ ބޭނުމުގަ ވިކި ހުސްވޭ އެހެންވީމަ އެތާގަ ނަޝީދު ނޫން އެހެންމީހަކު އިނަސް ހަމަ މިނޫންގޮތެއް ނުވާނެ

  8. ތިރިބެ

    ގާނޫނުގައޮތީމަ އެތާއެމީހަކު ހުންނާނެ ބުނެލައް އޮތީ މީހާއައް ފާޑުކިޔުމުގެ ބަދަލުދައި ރަގަޅު ގޮތެއްބުނުން ، ދިރާސާނުކޮއް ގާނޫނު ހެދީމަ ވާނީމިހެއް އިހުލާސްތެރި ނޫނިއްޔާ ރިޓަޔަ ފަޑިޔާރުން ތިއްބަސް އެހެންމީހަކު ހުންޓަސް ވިކެއްޏާ ކިހިނެއްހަދާނީ

  9. ހުސޭނުބޭ

    މައްސަލަ ހައްލުކުރަން ޖޭއެސްސީ ކެނެރީގެޔަށް ބަދަލުކުރުމުން މުޅިން މިނިވަންވާނެ!

  10. އަލްޖިބްރާ

    ބ އަތޮޅު ކެންދޫ ރޯމަޑި ހުސޭނުއަށް މައްސަލައަކަށްވުމަކީ އެއީ މާބޮޑުކަމެއްނޫނެވެ

  11. އަބްދޫ

    ޖޭއެސްސީގަ މަޖިލީހުގެ މެމްބަރަކަށް ވެސް ނިނދެވޭނެ. މަޖިލީހުގަ ޖުޑިސަރީ ކޮމިޓީއެއްވެސް ނުބޭއްވޭނެ. ގާނޫނުއަސަސީގެ 5،6،7 މި 3 މާއްދައަކީ ވަކިވަކން ދަމާލެވިފައިވާ ރޮގެއްގެ ފަހަތުގަ ގާއިމްކުރެވިފައިވާ އިދަރާއެއް، އެއްވެސް ބަޔަކަށް އަނެއްބަޔަކަށް ބާރު ނުފޯރުވޭނެ. ރައްޔިތުންގެ މަޖިލީހުންބެލެނީ ގާނޫނު ހެދުމާއި އެގާނޫނު ތަންފީޒުކުރެވޭތޯ. ސަރުކާރުގެ އިދާރާތައް ހިންގުމައި އެއިދާރާތައް ގާނޫނާއި އެގޮތަށް ހިގާތޯ ބެލުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމަހޫރިއްޔާއަށް. އަދުލު އިންސާފުގައީމުކުރުމުގެ ބާރު ކޯޓްތަކަށް ގާނޫނުއަސަސީނަ ލިބިދޭއިރު. ގާނޫނުއަސާސީއާ އެއްގޮތަށް ގާނޫނުހެދޭތޯއާއި ގާނޫނުތަންފިޒުކުރެވެނީ ގާނޫނުއަސަސީއާއި ގާނޫނާއިއެއްގޮތަށްތޯ ބެލުމަކީވެސް އަދުލު އިންސާފު ގާއިމްކުރުމުގެތެރޭ ހިމެނޭކަންކަން. އެއްބާރަކަށް އަނެއްބާރަކަށް އަރައި ނުގަނެވޭނެ. މިހާރު ރައްޔިތުންގެ މަޖިލީހުން ރައިސުލްޖުމްހޫރިޔަ އާއި އުއްތަމަ ފަނޑިޔާރުގެ މަސްއުލިއްޔަތާއި ވާޖިބަށް އަރައިގަނެ ހުރިހާކަމެއް ކޮންތްރޯލް ކުރަނީ މަޖިލީހުންކަމުގަ ހެދުމަކީ ގަނޫނުއަސަސީއާއ ހިލާފު ވުމެއްކަމަށް ބެލެވިދާނެ.

  12. ސަންތި މަރިޔަބުފެ ފުތް

    އަސްތާ އެއޮޔޫ "ރައީސެވެ" ނަންކިޔުނު ކޮންމެ މަގާމަކަށް ޕޮޒިޓިވް ވާ މީހެއް. ކުރީގެ ރައީސް، މަޖިލިހުގެ ރައީސް، އެމްޑީޕީގެ ރައީސް، ޖަމުޢިއްޔާގެ ރައީސް، ޕީޓީއޭގެ ރައީސް، ކްލަބްގެ ރައީސް.. މިހެން ކިޔާނެކަމެއް ނެތް ދޮންނަކުނޑި ރައީސް ކިޔަސް ރައީސެއްވިއްޔާ ހަމަ އޯކޭ.

  13. ޕެޓްރިކް ޖޭން

    ތިޔަ ނަސީދުއަކަށް މިހާރު މިގަވްމުގައި ތާއީދެއް ނެތް.. ބަރުލަމާނީ ގެންނަން އެތެޅެނީ އޭނައަށް ވެރިކަން ލިބޭނެ އެހެން ގޮތެއް ނެތިގެން.. އިބޫ ހިތްވަރުންވެސް ކޯލިޝަން ދެމެހެއްޓޭތޯ އެބަބަލާ..އެސޮރު ވިއްޔަ އެވަރު އެބަކުރޭ..