ރާއްޖޭގައި އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ކައިވެނިކުރާ ދުވަހަށް މާދަމާވެއްޖެއެވެ.

ފެމިލީ ކޯޓުން ބުނީ މާދަމާގެ ތާރީހު، 22/2/22 ގައި 87 މީހަކު ކައިވެނިކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ކޯޓުގައި 46 ކާވެނި ކުރުމަށް ހަމަޖެހިފައިވާއިރު، ކޯޓުން ބޭރުގައި 39 ކާވެނި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ކޯޓުން ބުނެއެވެ.

މިއީ މާލޭގައި ކައިވެނި ކުރާ އަދަދަށް ވިޔަސް، މި ތާރީހުގައި ރާއްޖޭގެ ބައެއް ރަށްރަށާއި ދުނިޔޭގެ އެކިއެކި ގައުމުތަކުގައި ވެސް ކައިވެނި ކުރާނެ ކަމަށް ބެލެއެވެ.

މާލޭގައި މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ކައިވެނިކުރީ 2020ގައެވެ. އެގޮތުން 20/02/2020 ކުރީ 65 ކައިވެންޏެވެ.

ފެމިލީ ކޯޓުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން 2،399 ކައިވެންޏެއް މިދިޔަ އަހަރު އެކޯޓުން ކޮށްދީފައިވެއެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު 1،192 ވަރި ރަޖިސްޓްރީ ކޮށްފައިވެއެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ރީތި ތާރީހުތަކުގައި ފާހަގަކޮށްލެވޭ ވަރަށް ގިނަ ކައިވެނި ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޝަރަފިއްޔާ

    އަހަރު ނުވާނެ ގިނަމީހުން ‘ ވަރީގެ ދުވަހުގެ ރިކޯޑްވެސް ޖަހާލަދީބަލަ ‘’’

    14
  2. ހަލީމަ

    87 ކައިވެނި ކުރާޢިރު އަހަރުން ނަކަށް ދައުވަތް އެއް ނުލިބޭ 🥺🥺💔😫 ހުރި ހިތާމައެއްގެ ބޮޑުކަމާ އެވެ

    12
  3. ބަލި

    ބައްޔެއްނު

  4. މީ

    މާތް ދުވަހެއްގަ ކިތަށް ކައިވެނިތޯ؟
    އެކަމް އެންމެ ރަނގަޅީ ހެޔޮކަމެއް ވީ އެންމެ އަވަހަކަށް ކުރުން

  5. މުހައްމަދު

    މޮޅެތި ޑޭޓް ތަކުގަ ކައިވެނިކޮށް 1 އަހަރު ނުވޭ ވަރިޔާ ހަމައަށް ގޮސް ހުނާނި.. އެހެނު ވާނީ މިހާރު ގެ ގިނަ މީހުން ކައިވެނީގެ ފަހުން ކުރާނެ ވަކި އާކަމެއް ނޯވޭ އެއީ ކައިވެނީގެ ކުރިޔަށް ހުންނަނީ ހުރިހާކަމެއްކޮށް ނިންމާފައި.. އަނެއްކާ ކައިވެނި އެއީ ކިހާވަރެއްގެ ކަމެއްކަށް ވިސްނޭ އުމުރަށް ނުދަނީސް ގަދަވެލާފައި އެކަން އެބަކުރޭ.. އެހެންވީމަ ނަތީޖާއެއްގެ ގޮތުން ކައިވެނި ރޫޅެނީ..

    18
  6. އިއްސެ

    ނެތްތަ ކުއްޖެއް މައަދިވެސް ހުސް

  7. މަ

    ކައިވެނި ކުރާއިރު ދެމީހުނަށް ކުރެވުނު ފާފަތަކަށް ތައުބާވެފަ ކުރުމަކީ ކައިވެނި ސައްހަވެ ކައިވެނީގަ ބަރަކާތްލައްވަވާނެ ކަމެއް ޓު މައި ނޮވްލެޑޖް

  8. ރާޒުވާ

    ރަސޫލާގެ އީދު މީލާދުގައި ނިކަން ތިޔަ ކާވެނި ކޮށްލަ ބަލަ

  9. ސެމްބެ

    މިކަހަލަ ތާރީޚްގައި ކުރާ ކައިވެނި ވަރަށް އަވަހަށް ރޫޅޭނެ، ދިރާސާތަކުން ދައްކަނީ. ސަބަބަކީ ގިނަ މީހުން ކައިވެންޏަށް މީހާ ރެޑީ ނުވެ ހަމައެކަނީ ވިސްނަނީ މި ތާރީޚް އަށް،

  10. Anonymous

    މުއްސަނދި ފިރިހެނަކު ފެންނައިރަށް ފިރިމީހާ ގާތުން ވަރިވާން ކޯޓަށްދާނެ. ރީތި އަންހެން ކުއްޖަކު ފެންނައިރަށް ކޯޓުގެ ހުއްދަ ނެތި އަނބިމީހާ ވަރިކުރާނެ. ދިވެހިންގެ އާންމު ހާލަތަކީ މިއީ.