ޔޫކްރޭންގައި ތިބި ދިވެހި 30 ދަރިވަރުން ރާއްޖެ ގެނެސްފިއެވެ.

ޔޫކްރޭންގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ އިއްޔެއެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ، ރަޝިއާގެ ބޯޑަރު ސަރަހައްދުގައި އޮންނަ ކާކިވް ގައި ދިރިއުޅޭ 35 ދަރިވަރުންގެ ތެރެއިން 30 ދަރިވަރަކު މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެއް ދަރިވަރު މިވަގުތު މާލޭގައި ހުރިއިރު، ހަތަރު ދަރިވަރުން ހުކުރު ދުވަހު ރާއްޖެ އައުމަށް ފުރާފައިވާ ކަމަށާއި އިތުރު 25 ދަރިވަރުން މިއަދު ފުރާފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

މިވަގުތު އެސިޓީގައި ދިވެހި ފަސް ދަރިވަރަކު އުޅޭ ކަމަށާއި އެކުދިން ވެސް ދަނީ ރާއްޖެ އައުމުގެ ކަންކަން ކުރަމުން ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ، ފޮރިން މިނިސްޓްރީއާއި ބާލިންގައި ހުންނަ ރާއްޖޭގެ އެމްބަސީން އަންނަނީ ދަރިވަރުންގެ ހާލު ގާތުން ބަލައި އެދަރިވަރުން ގެނައުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ރަޝިއާ އާއި ޔޫކްރެއިންގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ދެ ގައުމުގެ ދެމެދުގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން އުފެދިފައިވާތީ، އެ ގައުމަށް ދިވެހިން ދަތުރު ނުކުރަން ދިވެހި ސަރުކާރުން ވަނީ މިދިޔަ ހަފުތާގައި އަންގައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގާސިމްބެ

    ގެނައީއެއްނޫން އެ ދަރިވަރުން ނުގެނެސްގެން އަމިއްލައަށް އައީ

    • ާަޮޮުުެެޮްްއަލިފުތާބި

      ނޭގުނޭ ނޭގުނޭ ތިޔަބުނާބަހުގެ މާނަޔެއް