މާލޭ ސަރަހައްދުގައި ޓެކްސީގެ އަގުތައް ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީން ރަސްމީކޮށް ބޮޑުނުކޮށްފިނަމަ މާޗް 10 ވަނަ ދުވަހުން ފެށިގެން އަގުބޮޑުކޮށް ދަތުރުތައް ކުރާނެ ކަމުގެ އިންޒާރު ޓެކްސީ ޑްރައިވަރުން ދީފިއެވެ.
ޓެކްސީ ޑްރައިވަރުން އަމިއްލައަށް ދަތުރުތަކުގެ އަގުތައް ބޮޑުކުރަން ނިންމީ ޓެކްސީ ސެންޓަރުތަކުގެ ވެރިން ރޭ ބޭއްވި މަޝްވަރާ ބައްދަލުވުމަކަށް ފަހުއެވެ. މިއީ ޓެކްސީ ސެންޓަރުތަކުން ދަތުރުތަކުގެ އަގުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރަން ބޭއްވި މިފަދަ ތިން ވަނަ ބައްދަލުވުމެވެ.
މި ބައްދަލުވުމުގައި ސެންޓަރުތަކުން ވަނީ ތަކެތީގެ އަގަށާއި ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން، ޓެކްސީގެ އަގު ވެސް ބޮޑު ކުރަން ޖެހޭ ކަމަށް ބުނެފައެވެ. ދަތުރުކޮށްދޭ އަގު ބޮޑު ކުރުމަށް ފާސްކޮށްފައިވަނީ ބައިވެރިވި ހުރިހާ ސެންޓަރުތަކެއްގެ ވެސް އިއްތިފާގުންނެވެ.
ރޭގެ ބައްދަލުވުމުގައި ނިންމި އަގުތަކަށް ޑްރައިވަރުންގެ ޚިޔާލު ހޯދުމަށްފަހު، ދެ ދުވަސްތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީއަށް އަގުތައް ހުށަހެޅުމަށް ވަނީ ރޭގެ ބައްދަލުވުމުން ވަނީ ނިންމާފައެވެ.
ޓެކްސީ ސެންޓަރުތަކުން ބޭނުންވާ އަގުތައް:
-
- މާލޭ ސިޓީގެ އެތެރޭގެ ދަތުރުތައް - 30 ރުފިޔާ
- ހުޅުމާލެ ފޭސް އެކެއްގެ އެތެރޭގެ ދަތުރުތަކަށް - 25 ރުފިޔާ
- ހުޅުމާލެ ފޭސް ދޭއްގެ އެތެރޭ ދަތުރު - 25 ރުފިޔާ
- މާލެއިން ހުޅުމާލެއަށް | ހުޅުމާލެއިން މާލެއަށް - 100 ރުފިޔާ
- މާލެއިން އެއާޕޯޓަށް | އެއާޕޯޓުން މާލެއަށް - 80 ރުފިޔާ
- ހުޅުމާލެއިން އެއާޕޯޓަށް | އެއާޕޯޓުން ހުޅުމާލެއަށް - 80 ރުފިޔާ
- ހުޅުމާލެ ފޭސް ދޭކުން މާލެ | މާލެ އިން ހުޅުމާލެ ފޭސް ދޭކަށް - 120 ރުފިޔާ
- ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް - 40 ރުފިޔާ
- މާލެއިން ސީޕްލޭން ޓާމިނަލަށް - 100 ރުފިޔާ
- ހުޅުމާލެއިން ސީޕްލޭން ޓާމިނަލަށް - 100 ރުފިޔާ
- ހުޅުމާލެ ފޭސް 2 އިން ސީޕްލޭން ޓާމިނަލަށް - 120 ރުފިޔާ
ރޭގަނޑު 12:00 އިން ހެނދުނު 06:00 ކުރާ ދަތުރުތަކަށް އިތުރު ފީއެއްގެ ގޮތުގައި ފަސް ރުފިޔާ ނެގުމަށާއި ހަޔާކޮށްގެން ކުރާ ދަތުރުތަކަށް ގަޑިއިރަކަށް 250 ރުފިޔާ ނެގުމަށް ވެސް ވަނީ ފާސްކޮށްފައެވެ.
ޓެކްސީ ޑްރައިވަރުން މީގެ ކުރީގެ ބައްދަލުވުމުގައި ނިންމީ ޓެކްސީތަކުގައި މީޓަރު ހަރުކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. ނަމަވެސް މިހާރު އަނެއްކާވެސް މީޓަރު ހަރުކުރުމުގެ ވާހަކަތައް ވަނީ ހުއްޓާލާފައެވެ.
ނާރާނަން ޓެކްސީއަކަށް. ނިކަން އަގުބޮޑުކޮށްގެން ނިކަން ތިބެބަލަ
އަގުވެސް ބޮޑު ކުރާނަން! ކަލޭމެންގެ ނުހުންނާނެ ހިނގާފަ ޖެހިގެން ހުންނަ ގެއަށް ދާނެ ހިތްވަރެއްވެސް ދެން ނާރާ ކީއްތަކުރާނީ ހަމަ ޖެހޭނީ އަރަން!
އޮހޯ. 🤣🤣🤣 ކަލޭމެން ހާދަ ޓަފްއޭ ދޯ ހިތުން.
ބޭނުން ހާއެއްޗެއް ނުހެދޭނެ ގަނޫނާ ދިވެހި ދިދާގެ ދަށުގަ ދުއްވާވަނަމަ ޖެހޭނީ ސަރުކާރުން އަންގާ އަގަކަށް ކުރަން ނޫނީ މިހާރުން މިހާރަށް މީޓަރު ހަރު ކޮށްގެން އަގުނަގަން މީޓަރުން ފަށަން ޖެހޭނީ 00 އިން ހިތުހުރިހާ އަގެއް ހަދާގެން ރައްޔިތުންގެ އަތުން ލާރިއެއް ނުފޭލޭނެ ޕޮލިހުންނަށް ގޮވާލަން ޓެކްސީތަކަސް ހާއްސަ އިސްކަމެއް ދީގެން އެމީހުން ދުއްވަނީ ގަވާދުންތޯ ބަލާ ސްޓިކާޖެހުމާ ޖުރިމަނާ ކުރުން ހަރުކަށި ކޮއް ގެންދިއުމަށް ހިތަށް އެރިހާ ގޮތެއް ނެހެދޭނެ
އަހަރެމެންވެސް ދަތުރު ނިންމާފަ މަދުން ލާރި ދިނީމަ ވީނުން..ހީވަނީ މިމީހުންގެ އަތުން ގަދަކަމުން ލާރިތަކެއް އަތުލަން އުޅޭހެން..އަހަރެން މިހާރުވެސް ގިނައިން އުޅެނީ ހިނގާފަ..މާލޭގަ އުޅުނު އިރު އޭޑީކޭއަށް ޑޮކްޓަރަށް ދައްކަން ދަނީ މުޅިންވެސް ހިނގާފަ..އޭރު ވ. ގިނައިން އެ ހޮސްޕިޓަލަށް ދަން. އެއީ އަދި މާފަންނުން ފެށިގެން.ބުރިޖުގަވެސް ހިނގާފަ ދެވޭނަމަ ދާނީ ހިނގާފަ...ތިމީހުން ދައްކާ ފޮނި ބަލާކަށް އަހަރެމެން ނޫޅެން...
ލާރިބަނޑޭން ލާރިބަނޑޭން
ކަލޭތީ ލާރި ބަނޑުނާޅާ މީހަކީތަ؟
އަޅުގަނޑު އެއްވެސްމީހެއް އަތުން ލާރިއެއް ނުފެލަން ކަލޭމެއްނައް އެއީ އާމުކަމަކައް ހަދައިގެން އުޅުނަސް ލާރިބަނޑޭން.
ތެޔޮއަގުބޮޑުވުމާގުޅިގެން ތިޔަބަދަލުކުރާ އަގުތައް ގޯހެއްނޫން ނަމަވެސް މިހާރުވެސް ބަހައް ޕަސެންޖަރުންއަރުވާހެން އަރުވާކާރުތައް މަދެއްނޫން އެހެންވީމަ 100 ރުފިޔާ ހުޅުމާލެ އިތުރު 2 ޕަސެންޖަރުން އެރުވީމަ 300 ރުފިޔާ މީތިކަޑަ
ކަޑަޔަަސް ހަމަ އަރަންޖެހޭނީ ދަތުރުކުރަން ބޭނުމިއްޔާ!
ހުޅުމާލެ އަށް ހިގާފަ ދެވޭނެ ގޮތެއް ހަމަ ޖައްސަދެއްވާ..ކަސް ރަތު ކު ރެވިފަ ޓެކްސީ ލާ ރި ސަލާމާތް ކުރ ރެވިނީ
ހުޅުމާލެ އަށް ހިގާފަ ދެވޭނެ ގޮތެއް ހަމަ ޖައްސަދިނަސް ކަލޭމެންގެ އެ ހިތްވަރެއް ނުހުންނާނެ ހިގާފަ ދާކަށް ހުސްއަނގަ ނުތަޅާ!
ކަލެޔަށް އިގޭނީ ކަލޭގެ ޓެކްސީގެ ހިތްވަ ރު. ޢެންމެން ބަހަށް ދެން އޮވޭ ޓެކްސީ ހިތްވަ ރުދައްކަން
މިހާރުވެސް 10 ރުފިޔާއަށް ހުޅުމާލެއަށް ދެވޭނޭ ފެރީގަ
ސާބަހޭ ކަލޯމެން ކުރާ ހިއްވަރަށް ލީޓަރަކުން ލާރިކޮޅެއް ބޮޑުވާއިރަށް 5،10 ރުފިޔާ ބޮޑުކޮއްލާތި ގާއިމު އެ ލީޓަރުން ކިތަށް ދަތުރު ކަލޯމެން ކޮއްލާނެ..
ކަލެޔާ ބެހޭކަމެއްނޫން އެއީކީ ފެންވަރުހުރިއްޔާ ޕްރައިވެޓް ކާރުގަ ދަގަ!
ޑުރާވަރުން ހިތްހަމަޖެހޭނޭ އެއްވެސް ގޮތެއް ނޯވޭ. އިޓްސް އޯލްވޭސް ބޭޑްވިތް ދީސް ޕީޕުލް
މިގައުމުގަ ކާކުގެ ހިތެއްތަ ފުރެނީ؟ އަންނި، ބުރުމާ، މައުމޫނު، އިބޫ، ދެންކާކު؟
ބޯއިކޮޮޓް ޓެކްސީތަށް؟
ނުވާނެ! ކައޭ އޮޅާލަބަލަ!
ރީދޫ ދިދަ ޖަހައިގެން ޓެކްސީތައް ހޭބޯނާރައިގެން އުޅުނު ދުވަސްތައް ހަނދާން ވަނީ !! 😊
ބޭނުން ކަމެއްކުރާނީ ކައޭ ކީއްކުރާނީ މީ މިނިވަންކަން ކައޭޖެހޭނީ އޮޅާލަން!
މިއަދު ޓެކްސީ ދަތު ރއްނެތީތަ އެންމެނަށް ރިޕްލައި ކު ރުމުގަ ހެހެ
މަޝްވަރާއަށް އެދިފައެއް ނުވޭ، އަގު ބޮޑު ކުރާ ސެންޓަރުތަކަށް ފިޔަވަޅު އަޅާނަން: މިނިސްޓްރީ
29 މިނެޓް ކުރިން - ނެތެއްނު އޮޅޭކައް ، މެޑަމް މިކިއާއެއްޗަކުން.
ޙަމަ ރަގަޅު މަޖްލިސް މެމްބަރުންވެސް އަމިއްލައަށް މުސާރައާ އެލަވަންސް ތައް ވެސް ހަމަ ޖައްސަނީ. ޢެބަޔަކަށް ހެދުނު އެއްޗެއްހަދާފަ ބަހައްޓާ. ޓްރާންސް ޕޯޓުން ދެން މިިނީ ބަސް ގެނޭ އޭރުން މަމެން ރައްޔިތުންނަށް ތަންކޮޅެއް ލުއިވާނެ .
މިތާގަ ކޮމެންޓް ކުރާ މީހުންގެ ތެރެއިން އެންމެ ހަމަޖެހޭ ވާހަކައެއް ތިޔަބުނީ ކައޭ! އެހެންވެ ކައެއަށް އަހަރުން މަރުހަބާ ކިޔަން، އެކަމް ހިޔެއް ނުވޭ ޓްރާންސްޕޯޓަކައް ތިޔަބުނާ މިނީބަހެއް ގެނެވޭނެހެނެއް! ސަބަބު ވަރައް ސާފް، ވިލާ ކުންފުނީގެ އަލައް އެކުލަވާލާފަ އޮތް ބިޒިނެސް ޕްލޭންގަ އެބައޮތް އެކުންފުނިން އެކަން ކުރަން ބޭނުންވާކަމަށް! ވިލާ ޓްރާންސްޕޯޓްގެ ނަމުގައި ވިލާގެ އުނދަގުލާހެދި އެމް ޓީ ސީ ސީ އައްވެސް އެކަން ނުކުރެވިގެން އެއުޅެނީ!
އޯކޭ ތެޔޮއަގުބޮޑުވެގެންކަލޭމެން އަގުބޮޑުކުރަނީ ދެންހަނގުރާމަ ނިމި ތެޔޮއަގުހެޔޮވީމަ ކަލޭމެން އަގުހެޔޮކުރާނަންތަ ނުކުރާނެ ތީއަމިއްލަ އެދުމުންފޯވެފަތިބި ބައެއް..... ސަރުކާރުން ޕަބްލިކް ޓްރާންސުޕޯޓް އެބަޖެހޭ ރަންގަޅުކުރަން އޭރުން އަގުބޮޑުކޮށްގެން ކާރުޕާކުކޮށްގެން ތިބެދާނެއްނު މިމީހުން މިކަމުގަ މިހާރު ގިނައިންއުޅެނީ ކަންދަހާރު ސްޓައިލްމީހުން
ތިޔަކަން ވާނީ ވިލާ ޓރާންސްޕޯޓްއައް އެކަނި!
މިބަލާްއިން ސަލާމަތް ވާނީ ކޮންދުވަހަކުން ބާ
ނުވާނެ ދުވަހަކުވެސް ނުވާނެ! ކައޭ ޖެހޭނީ އޮޅާލަން!
ދެން އެހެންވެއްޖިއްޔާ ސަރުކާރެއްގެ ބޭނުމެއް ނެތެއްނު؟ އެމީހުންނަށް މިފަހަރު ތިހެން ދޫކޮށްލައިފިއްޔާ އަހަރުމެން ޕުރައިވެޓު ކާރުގައި ޓެކްސީ ދަތުރުކޮށްދޭން ފަށާނަން. ސަރުކާރުގަ ގަޓެއް ހުރިއްޔާ ބޭނުންމީހަކަށް ރީނދޫ ބޯޑު ދޫކުރަން ނިންމަބަލަ!
ނުވާނެތިކަމެއް! ކައޭ އޮޅާލަބަލަ!
ރަނގަޅު ހަމަ އަގު ދެވެން ވާނެ މިހާރު ކޮފީތައްޓެއްވެސް ނުލިބޭ 25ރ އަށް
ބަރާބަރު 100ގެ ވާހަކައެއް!
ނުކުރަންވީ ހަމަ އެއްވެސް ސަބަބެއްނެތް އެމީހުންގެ ކާރު އެމީހުންގެ ޕެތިރޯލް ތިޔަކު ގޯހެއްނެތް
ތިޔަކަންވެސް ދޫކޮއްލަންވީ އޭރައް ދެން އަގުވެއްޓޭނީ ވެސް
ތިބުނީ ވަރައް ރަގަޅު ވާހަކައެއް! މަޖިލީހުގަ ތިބޭ އިއްޒަތްތެރި ދާއްބަތައް ބޭނުންވީމަ ބޭނުންގޮތަކައް ލާރި ހޯދޭއެބަ ކާކުބާ އެކަމާ ކަންބޮޑުވެގެން ދެފައި ކާރިނުވެގެން އުޅެނީ!
ކޮންމެސް ޑުރައިވަރަކުބުނީ އެމީހުން ނަގަން ޖެހޭ އަގު ކަނޑައަޅަނީ ޓުރާންސްޕޯރޓުންނޯ ކިހިނެއް ގަބޫލް ކުރާނީ އެމީހުނަސް ސަބްސިޓީ އެއްދެނީބާ ސަރުކާރުން ޖޮކު ދޯ އެކަމު ދެފިހާރަޔަކުން އެއް އަގެއްގައި އެއްވެސް އެއްޗެއް ގަންނާ ކަށް ނުލިބޭ އެމީހަކުބޭނުން އަގެއްގައި އެތިބަ ވިއްކަނީ ދޯ
ކާރެއް އެވްރެޖްކޮށް 15 ކިލޯމީޓަރ ލިޓަރަކުން ދުވާނެ. ޓްރެފިކަށް ހުއްޓައިގެން ދުއްވި ކަމަށް ވިޔަސް ހުޅުމާލެ ފޭސް 1 (10-8 ކިލޯމީޓަރ) އަށްދާން 2 ލިޓަރ ނުދާނެ. 30 ރުފިޔާ ޚަރަދު ނުވާ ދަތުރަކަށް 100 ރުފިޔާ ނަގަން އުޅުމަކީ މީހުން ފެލަން މަސައްކަތް ކުރުން.
ކަލޭތަ ޕެޓްރޯލް އަޅާދެނީ؟ އަހަރުމެން އަމިއްލަ ހަރަދުގަ ޕެޓްރޯލުއަޅައިގެން ދުއްވާ އަހަރުމެންގެ އަމިއްލަ ކާރުގަ ލާރިނަގާނެވަރެއް އިނގޭނީ އަހަރުމެނައް! ކަލޭޔައް އޮތީ ބޭނުމިއްޔާ އަރަންވި ބޭނުން ނޫނިއްޔާ ނާރަންވީ! ކަލޭމެނަކައް އަހަރުމެން މަޖުބޫރެއް ނުކުރާނެ ޓެކްސީއައް އަރާކައްވެސް/ނާރާކައްވެސް!
ނަހުލާ ހުންނަނީ ޓްރާންސްޕޯޓުގެ މުވައްޒަފުންނާއި ޓެކްސީ ޑްރައިވަރުން ދަށުވެފަ. ޓްރާންޕޯޓުންދޭ ޙިދުމަތުގެ ފެންވަރު އޭހާމެ ދަށްވެފައި ލަސް. ރެޖިސްޓްރީއެއް އައު ކޮށްދޭން 2 ހަފްތާއަށްވުރެ ގިނަދުވަސްވޭ.. ޤާބިލުނޫން މީހުން މިނިސްޓަރުކަމަަށް ލީމަ ވާ ގޮތްމީ!
އެހެންވީމާ ދަތުރު ކުރަމުންދަނިކޮށް އިތުރު ދަތުރެއް ގޮތަށް މީހަކު އަރުވަންޏާ ދެ ދަތުރުގެ ފައިސާ ނެގިގެން ނުވާނެ. ދަތުރަށް ލާރި ނަގަން ޖެހޭނީ އެއްދަތުރުގެ ގޮތުގައި 2 މީހުން ބަހާލައިގެން
ނަގާނަން! ކަލެޔަކައް ނޭގޭނެ އަހަރުމެން ކަންކުރަންވީގޮތެއް!
2008 ގައި ލިޓަރެއް 17ރ އަށް އެރުމުން އަގުބޮޑުކުރި ދަތުރުއަގުގައި އަދިވެސްތިޔަތިބީ އަގުވެއްޓުނުއިރުވެސް ދަތުރުހެޔޮނުކޮށް.
މިހާރު ތިޔަ ޓެކްސީ ޑްރައިވަރުންނާމެދު ރައީސް ނާސިރު އެޅުއްވި ފިޔަވަޅު އަޅައިގެން ނޫނީ މައިތިރިއެއް ނުކުރެވޭނެ. ކޮލެރާގެ ދުވަސްވަރު ތިޔަ ގޮތަށް ވައްތަރު ދައްކައިގަތީމާ ދައުލަތުގެ ފަރާތުން ކުރާ އެއްވެސް ދަތުރެއް ޓެކްސީތަކުގައި ކުރުން ހުއްޓުވާފައި ދައުލަތުގެ އެކި އެކި އޮފީސްތަކުގައި ހުރިއްޔާ ހުރިހައި ވެހިކަލެއް ނެރެފައި ގުޅޭނެ ނަންބަރެއް ދީފައި ރައްޔިތުން ހިލޭ ދަތުރުކޮށްދޭން ފެށީ. 3 ދުވަސް ނުވަނީސް ހަމަ ބިމަށް ތިރިވެއްޖެ. މިހާރު މިއީ ކުރަން މާ ފަސޭހަވާނެކަމެއްް. ސަރުކާރުގެ އޮފީސްތަކުގައި ހުރި ވެހިކަލްތަކާއި ކުންފުނިތަކުގެ ވެހިކަލްތައް 24 ގަޑިއިރު 3 ދުވަހަށް ނެރެލާއިރަށް އިސާހިތަކު ތިޔަކަން މިހާރުވެސް ހަމަޖެހޭނެ.
ކަލޯ މިހާރަކު ތިޔަހެނެއްނުވާނެ! މީކީ 60 ގެ އަހަރުތަކެއްނޫނޭ!
ޓެކްސީ ދަތުރުގެ އަގުބޮޑުވެގެން ރައްޔިތުން ނުކުމެ މުޒާހަރާއެއް ޖައްސަންވީ. އޭރުން ތިކަން އިސާހިތަކު ހައްލުވެދާނެ. ޒުވާނުން މިކަމަށް އަވަހަށް އިސްނަގަންވީ.
ޒުވާނުން ކިހިނެއްތޯ އިސްނަގާނީ އެޔައްވުރެ ވަރުގަދައެއްޗެއްބޮއެގެން އިސްޖެހިފަ ބިއްޖެހިފަ އެތިބެނީ،! އެކުދިން ޖެހޭނީ އޮޅާލަން!
ޤާނޫނު ނުހިނގާ ބައެއް ދެއްތޯ؟ އަޅުގަނޑުގެ މުސާރަވެސް މާދަމާ އިން ފެށިގެން 2000ރ ބޮޑުކުރިވާހަކަ ދަންނަވާލަން.
ގާނޫނެއް ނުހިނގާނެ. ސަރުކާރުން ދޭ ކާރެއްގައެއް ނޫން ޓެކްސީ ކުރަނީ. ކީއްވެތަ ޓެކްސީތަކާ އަޅައިގެން ޗަ އުޅެނީ. ޓެކްސީތަކަށް އަގު ކަނޑައަޅާހެން ކީއްވެތަ އެހެން އެއްޗެއްސަށް ކަނޑަ ނޭޅެނީ.
ކަލޭމެން ހިތުހުރި ގޮތަކަށް ކަންކަން ނުކުރެވޭނެ. އަގުބޮޑު ކުރާއިރު ދުއްވާ ކާރުގަނޑު ސާފުކުރަނީއެއްނޫން އަދި އެއްބައި އެއްޗެހީގަ ދުވާ ނުބައިވަހުން ފަކުރުގަނޭ. އެވަރުންްވެސް ޖެހޭ އަގުބޮޑުކޮށް ދަތުރުނަގަން. އަހަރަމެން ތިޔަ ޓެކްސީގަނޑަކަށް ނާރާ ހިނގާފަ ހުޅުމާލެއަށް ދާންވެސް މިތިބީ ހަމަ ތައްޔާރަށް މާ ބޮޑަށް ފުއްޕަންޔާ!
ޢަވަހައް މިނީބަސް ގެންނަންވީ.. ޓެކްސި ބޮއިކޮޓް😡
ރައްޔިތުންނަށް ހެޔޮއެދިގެން ދޮގާއި މަކަރާއި ހީލަތުން ވެރިކަންހޯދި ސަރުކާރުން ރައްޔިތުންނަށް ޖައްސަމުންދާ ބަލާވެރިކަން މިދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ.
މިތާގަ ކޮމެންޓް ކުރާ މީހުންގެ ތެރެއިން އެންމެ ހަމަޖެހޭ ވާހަކައެއް ތިޔަބުނީ ކައޭ! އެހެންވެ ކައެއަށް އަހަރުން މަރުހަބާ ކިޔަން، އެކަމް ހިޔެއް ނުވޭ ޓްރާންސްޕޯޓަކައް ތިޔަބުނާ މިބަހެއް ގެނެވޭނެހެނެއް! ސަބަބު ވަރައް ސާފް، ވިލާ ކުންފުނީގެ އަލައް އެކުލަވާލާފަ އޮތް ބިޒިނެސް ޕްލޭންގަ އެބައޮތް އެކުންފުނިން އެކަން ކުރަން ބޭނުންވާކަމަށް! ވިލާ ޓްރާންސްޕޯޓްގެ ނަމުގައި ވިލާގެ އުނދަގުލާހެދި އެމް ޓީ ސީ ސީ އައްވެސް އެކަން ނުކުރެވިގެން އެއުޅެނީ!
ކޮންމެ މަސައްކަތެއް ކުރާ ބަޔަކު އެމަސައްކަތެއްގެ އަގު ކަނޑައަޅާ ގޮތައް ޓެކްސީ ޑްރައިވަރސް މަސައްކަތު އަގު ކަނޑަ އަޅަން ދޫކޮއްލަން ޖެހޭ
ސަރުކާރުން ނުޖެހޭނެ އެމީހުން ބިރު ދެއްކީމަ ކުޑަ ކަކޫ ޖަހާކަށް. ދެން އެގޮތަށް ކަންތަށް ކޮށްފިނަމަ ކިތަންމެ ކަމެއްގަ ކުޑަކަކޫ ޖަހަން ޖެހޭނެ. ދެން ޖެހޭނީ އަހަރުމެން ބުނާގޮތްވެސް ހަދަން.
ދެން ނުޖަހާ ކީއްތަކުރާނީ؟ އަހަރުމެންގެ ކާރު، އަހަރުމެންގެ ޕެޓްރޯލް، އަހަރުމެން ބޭނުން އަގަކަށް ދަތުރުކޮށްދޭނީ! ކައޭ އޮޅާލަން ޖެހޭނީ!
ޕެޓްރޯލް އަގުބޮޑުވީމަ، ޓެކްސީގެ ދަތުރު އަގުވެސް ބޮޑުވާނެ...
ސަރުކާރުން އަގު ފާސް ކޮށްފަ ނެރުނީމަ ކަލޭމެން ޓެކްސީ ޑްރައިވަރުން ތެރޭން ކިތައް މީހުންބާ އެ އަގަށް ދަތުރު ކޮށްދިނީ؟ އެހެންވީމަ ދެން ކަލޭމެން ބުނާ އަގެއް އަހަރުމެން ވެސް ނުދޭނަން!! އަހަރުމެން ދޭނީ ކުޑަ ކޮށްފަ. ކަލޭމެން ބޮޑުކޮށްފަ އަހަރުން އަތުން ނެގި ވަރު އަނބުރާ އަތުލާނި މިމީހުން ޖަހާހާ ބެރަކަށް ނުނެށޭނެ. އަހަރުމެން ވެސް ހިތައް އެރި ގޮތެއް ހަދާނި. ކަލޭމެން އެކަކުގެ ދަތުރަށް ޓެކްސީ ފުރެންދެން މީހުން ލާން ވެސް ހުއްޓަނީނު. އެ ކޮންމެ މީހަކު އަތުން ފީ ނަގާފަ. އަހަރުމެން ދެން ކޮންމެ ދަތުރެއްގަ ބައިވަރު ތަންތަނަށް މަޑު ކޮށްފަ ފައިބާފަ އަނެއްކާ އަރާނީ. 🙄😌😌😌 މީ ވަރަށް ވާހަކަ. ވަރަށް ސަލާމް😎
އެބައޮތޭ ގޮތެއް..ދަތުރެއް ނަގައިގެން ދާއިރު އިތުރު ތަނަކަށް މަޑުކޮށްފަ އެހެން މީހަކު އަރުވައިފިއްޔާ ލާރި މަދުން ދިނީމަ ނިމުނީނުން..އަހަރެމެންނަށްވެސް ހެދޭނެ ގޮތް ގޮތް ހުންނާނެ ދޯ..
އަންނަމަހުން އަބަފަށަމޭ މިނީބަހުގެޚިދުމަތް އަބަހަމަޖައްސަމޭ ބަހުގެދަތުރުތައް މިހާރުއޯޑަރުދީފީމޭ ބަހުގެޑިޒައިންހަދަން ޑިޒައިންފޮނުވީމަ އަބަގެންނަމޭޑިޒައިންހެދިމީހުންސާވޭކުރަން މަގުތަކުގަދުއްވަންކަމުދާވަރެއްބަލަން
ޓެކުސީސެންޓަރުތަކުގެ ވެރިންނާއި ޑުރައިވަރުން މިއުޅެނީ ސަރުކާރަށްވުރެން މާކުރީގަ މިމީހުން ސަރުކާރަށް އިންޒާރުދީ ބިރުދައްކާއިގެން ރައްޔިތުންގެ އަތުން އިތުރަށްފައިސާނަގަން މިރާވަނީ ސަރުކާރުންޖެހޭނެ މިކަން ހުއްޓުވަން
އަޅުގަނޑުމެން ކާންބޯން ކުރާ މަސައްކަތް މީ …
ކޮންމެ ފަހަރަކު ތެޔޮކޮޅު އަޅާލާފަ ގެންގޮސް ކާރު ބޭއްވީމަ ކިހިނެއް ވާނި ؟ ފާޑުފާޑުގެ އެލެވެންސް ތަކެއް އަޅުގަނޑު މެންނަކައް ނުލިބެ 😞
ތީވެސް އަމިއްލަ ސަރުކާރެއް ހިންގާބައެއް
ޢަގު ބޮޑުކޮއްފިއްޔާ ހުރިހާ ޓެކްސީއެއްގެ ފުރޮޅު ނަގާނަން..
ޓެކްސީ ޑްރައިވަރުންނަކީ ވަރަށް ޑިސިޕްލިން ބައެއް، އިތުރައް ވިސްނަން ފެނޭ. މި ދިވެހި ދިދަދަށުގަ ތިބިއްޔާ ގާނޫނަށްވެސް ބޯލަބަން ޖެހޭނީ
ކުއްޔަށްދޭ ތަންތަނުގެ ކުލިވެސް ކަނޑައަޅަނީ އިމާރާތުގެ ވެރިފަރާތުންދޯ ! އެހެން ވީމާ ޓެކްސީގެ އަގުވެސް ކަނޑައެޅިދާނެތާ.
އަހަރެމެން ނިކަމެތި ރައްޔިތުން ވަޒީފާ އަދާކުރާ ތަންތަނުންދޭ މުސާރަވެސް ތެޔޮ އަގުބޮޑުވާ ކޮންމެ ފަހަރަކު ބޮޑެއް ނުކޮށްދޭ! އަހަރެމެން އަތްމަތި ހުސްކޮށްގެން ޓެކްސީ ޑްރައިވަރު މުއްސަނދި ކޮށްދޭން ޖެހޭކަމަށް ސެންޓަރުތަކާއި ޑްރައިވަރުން ދުށުމުގެ ޙައްޤެއް އެމީހުންނަކަށްވެސް ނޯންނާނެ. ސަރުކާރަށް އާދޭސް މިކުރަނީ އިތުރު ބުރިޖެއް ނޭޅިއަސް މިނީބަހުގެ ޚިދުމަތް ތަޢާރަފް ކޮށްދެއްވާ! ޤައުމުގަ ތިބި މުއްސަނދިންނާއި ބޭންކްތައް ގުޅިގެން ކޮންމެ ދެމަފިރިއަކަށް ކުޑަ ކާރެއް އަގުހެޔޮކޮށް އިންޓަރެސްޓް ފްރީކޮށް ލިބޭނެގޮތް ހައްދަވައިދެއްވާ!
ބަލަގަ، ޢާއްމު ރައްޔިތުންނަށް ވެސް ތަކެތި އަގުބޮޑުވާނެޔޭ!
މިހާރު ޓްރާންސްޕޯރޓް މިނިސްޓްރީން ޓެކްސީގެ ޚިދުމަތް ފެށަންވެއްޖެ އެވެ. އޭރުން ތިބޭނީ ރާކަނިމަސް ކެވިފައެވެ. ޓެކްސީ ޑްރައިވަރުންތައް ބަނޑަށް ޖެހެނިއްޔޭ ކިޔާފައި މެކުނުތަކެއްހެން ފުމެން ފަށާނެއެވެ.
ތީގެން އެއްމެ ބޮޑު ގެއްލުމެއް ވާނީ ނިކަމެތި ރައްޔިތު މީހާއަށް، ޓެކުސީ ތައް ލިމިޓުކޮށް މިނީ ބަހުގެ ހިދުމަތް ދިނުން ބޮޑަށް ރަނގަޅީ، ޓެކުސީ ޑުރައިވަރުން ބޮޑެތި ފައިދާ ނަގަން ބޭނުންވާ ވަގުތެއްގައި މިނީ ބަހުގެ ހިދުމަތް ދިނުން ބޮޑަށް ރަނގަޅީ؛ ޓެކުސީ ތަކުގައި އެކަކު އިންދައި އަނެއް 3 މީހުން އަރުވަފާނެ ދަތުރު ނުވެސް ނިމެނީސް، ޓެކުސީ ކުރުމަކީ ބޮޑުވެގެންވާ ވިޔަފާރިއެއް، ބޮޑު ފައިދާ ގަޑެއް، ޕެޓްރޯލް ލީޓަރަކުން 500 ރުފިޔާ ހަދާލަން ބޭނުންވާ މީހުން އެބަތިބި ޓެކުސީ ކުރަން
ޕެޓްރޯލް އަގުބޮޑުވީމާ ޓެކްސީދަތުރު އަގުބޮޑުކުރަންޖެހެންޏާ ، ޕެޓްރޯލް އަގުބޮޑުވީމަ ސަރުކާރު މުވައަޒަފުންގެ މުސާރަވެސް ބޮޑުކުރަންޖެހޭ، ބައެއްމީހުން ސައިކަލުގަ އުޅޭނީ، ފެންއަޅައިގެން އެވެސް ނުދުވާނެ،
ޓެކްސީ އަގުބޮޑުވީމަވެސް ސަރުަކާރުމުވައްޒަފުންގެ މުސާރަ ބޮޑުކުރަންޖެހޭނެ، ބައެއްމީހުން އޮފީހަށްދާނީ ޓެކްސީގަ،
ތަކެތީގެ އަގުބޮޑުވިޔަސް ސަރުކާރުމަވައްޒަފުންގެ މުސާރަބޮޑުކުރަންޖެހޭނެ،
ބަލަ ތެޔޮ އަގު ބޮޑު ވީ މަ އަހަރުމެނަށް ލިބޭ އާމްދަނީ ބޮޑުވީ ތޯ؟ ނޫނީ އެއްޗެހީގެ އަގަށް އާ ބާދަލް އައީ ހަމައެކަނި ޓެކްސީ ޑްރައިވަރުނަށް އެކަނިތޯ؟ އަހަރުމެނަށް ނުލިބެ ރުފިޔާއެ ތިބޭފުޅުން އަގުބޮޑު ކުރިޔޭ ކިޔާފަ ދޭނެގޮތެއް ބުނެބަލަ!
މީ ހާދަ ވަރުގަދަ ބައެއް ކަލޭމެން ބުނާހާ ގޮތެއް ހަދާކަށް ނުޖެހޭނެ ބިިރު ދައްކާ ގޭތެރޭގަ ތިބޭ އަނބި ދަރިންނަށް ނިކަން ފީ ބޮޑުކޮށްބަލަ ހުރިހާ އެއްޗެހިންތަށް ޖަލަށް ލީމަ ހުންނާނީ ރަންގަޅުވެފަ. އެހެން ގައުމުތަކުގަ ޓެކްސީ ޑުރައިވަރުންނަކީ އެއްވެސް ބައެއްނޫން މިތާގަ ފުއްޕާފަ އުޅުނަސް ސަރުކާރު އެބަޖެހޭ މިބައިގަނޑު ސައިޒުކުރަން!
ކަލޭމެން ބޭނުން އަގެއް ކިޔާފަ ބޭނުން ދަތުރެއް ކުރާގޮތަށް އޮންނަ ކަމެއްނޫންތީ. ތިޔައީ ރައްޔިތުންނަށްދޭ ޚިދުމަތެއް.
ތެލުގެ އަގު ތިރިވީމަ ކުރީގެ ރޭޓަށް ލިބޭނެތަ؟
ތީ ހާދަ ވަރުގަދަ ބަޔެކޭ ދޯ..! ބޭނުން ވީމައި މީޓިން ބާއްވައިގެން އަގު ކަނޑައަޅަން. ރާއްޖޭގެ ހުރިހާ ކާބޯތަކެތި ވިއްކާ ފިހާރަތަކުގެ ވެރިން މީޓިން ބާއްވާފައި ހަނޑޫ ، ހަކުރު ،ފުށް ވިއްކާ އަގު ބޮޑު ކުރަން ނިންމާނެ.. ތިހެން ތިކަން ވެއްޖެއްޔާ. ޓެކްސީ ކުރާ ޑްރައިވަރުން އުޅެނީ އެވަރުގެ ބަޔަކު ނެތިގެން . މިހާރުން މިހާރަށް ސަރުކާރުގެ ސްޓޭޓް ޓެކްސީ ޙިދުމަތް ތައާރަފްކޮށް އެމް.ޓީ.ސީ.ސީ އިން ޓެކްސީ ހިދުމަތް ދޭން ފަށަން ގޮވާލަން.
ކޮން މެ މަސައްކަތެއް ކުރާ ބަޔަކަށް ވެސް ހައްޤު ތަށް ހިމާޔަތް ކުރެވޭ ނެ އިންތިޒާމް އޮނަން ޖެހޭ ޓެކްސީ ދެނީ ސަރުކާރުން ތޯ ؟ އަހަރީ ފީ ދައްކަންވެސް ނުޖެހެނީތޯ ؟ ތެލަށޤ ސަބްސިޑީ ދެއްވާތޯ ؟
ދެން އަގުކަނޑައެޅުމުގެ ކޮންހައްގެއްތޯ ދައުލަތަށް ލިބިގެންވަނީ އެއްވެސް ފަރާތަކަށް އަނިޔާ ވެރިވުން ކުއވެރިކުރަން އަދި ލިބިފައި ވާ މައިލޫމާތު ކުއްކަމުގައި ނުވާ ނަމަ %100 ދިވެހި ހަަމައެކަނި ބައިވެރިވާ މަސައްކަތަކީ އެއީ 👏