އަސްލު "ބްރޯ" އަކީ ކާކުކަން ދިވެހި ރައްޔިތުންނަށް މިއަދު އެނގޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވީ، ޗެއާޕާސަން އިންތިހާބު ބާއްވާ ތާރީހު ކަނޑައެޅުމަށް މިރޭ ކުރިއަށް ގެންދިޔަ އެޕާޓީގެ ގައުމީ މަޖިލީހުގައި އިންތިހާބަށް ނުފޯޒު ފޯރުވާ ކަމަށް ބުނެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ޖަލްސާ ހޫނު ކޮށްފައިވާ ދަނޑިވަޅެއްގައި ލިބުނު ފުރުސަތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ފައްޔާޒު ވިދާޅުވީ، އޭނާގެ ޓީމު އޮތީ ސަރުކާރާއި އެކީ އެކީ "ގަދަކޮށް" ކަމަށާއި މިއަދު އެބޭފުޅުންނާއި ދިމާލަށް "ބްރޯ" އޭވެސް، ނުފޯޒު ފޯރުވަނީ ވެސް ކިޔިދާނެ ކަމަށެވެ.

"ބުރޯ އަކީ ކާކުކަން. އަސްލު ބުރޯ އަކީ ކާކުކަން ދިވެހި ރައްޔިތުންނަށް މިއަދު އެނގޭނެ. އަޅުގަނޑުމެން ނޫޅެން ކޮންމެހެނެއް ތާހިރު ކެމްޕޭނެކޭ ކިޔައިގެން މިއަކަށް އެއްޗެހި ކިޔާކަށް. އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަމުން މިއައީ އެއްޗެކޭ ނުބުނެ މިކަން ކުރެވޭތޯ" ފައްޔާޒު ވިދާޅުވިއެވެ.

ނުފޫޒު ފޯރުވޭނަމަ އެކަން ކުރެވޭނީ ކޮން ބަޔަކަށްތޯ ބެލުން ރަނގަޅު ކަމަށް ބުނެ ފައްޔާޒު ވަނީ އެކި އެކި ގޭގެއަށް، އެކިއެކި މީހުންނަށް ފޯނުކޮށްގެން ތިމަންނަ ބޭރުކުރަންށޭ ކިޔައިގެން ވާހަކަ ދައްކަނީ ކާކުތޯ ސުވާލު ކުރައްވާފައެވެ.

"އެއީ ކޮން ނުފޫޒެއްތޯ؟ ވަގެކޭ، މިވެނި އެއްޗެކޭ އެވެނި އެއްޗެކޭ ކިޔައިގެން، އަޅުގަނޑުމެން ވެސް މިއީ މި ޕާޓީއަށްޓަކާ ގުރުބާން ވެފައި ތިބި މީހުން" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، މިޕާޓީއަށް ގުރުބާން ވެފައިވަނީ އީވާ، އިމްތިޔާޒު، ހަސަން ލަތީފް، ވައްޑެ އެކަންޏެއް ނޫން ކަމަށާއި އޭނާގެ ޓީމަކީ ވެސް ޕާޓިއަށްޓަކާއި ގުރުބާން ވެފައިވާ ތިބި މީހުން ކަމަށެވެ. އަދި އެމްޑީޕީ ނުހިނގާ ކަމަށް ބުނެ ފައްޔާޒު ވަނީ ޕާޓީ ހިންގާލަން އޭނާ ޗެއާޕާސަން ކަމަށް އިންތިހާބު ކުރުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    އެބަ ރަނގަޅުވޭ

    16
    2
  2. ހުސެން

    ޢަޅުގަނޑު އަންނި ޕާޓީ، އެމް އެންޑީޕީ.

    2
    11
  3. ީިިިމމމމމ

    ސާބަހޭ ދަރިޔާ ........އަނިއްބޭ ކަޓްވާލާ

    20
    3
  4. ޢޖ

    ތެދުފުޅެއް! ނަޝީދަށް ޔަގީންވެއްޖެ.!!!

    15
    1
  5. ސޯލާސިސްޓަމް

    ކޮބާތަޗަކިޔާ ނަސީދުކިޔާ އަންނި!!!!!!!

    20
    1
  6. އައްޑޫ ލެއި

    އަހަރުމެން ނަކަށް ނޭނގޭ ފައްޔާޒް ތީ އެމްޑީޕީގަ އުޅޭ މީހެއްކަންވެސް. ދެން ކޮން ގުރުބާންތަކެއް ވެވޭނީ. އައްޑޫއިން ބްރޯ އަކަށް ވޯޓެއް ނުލިބޭނެ.

    7
    26
    • އަހްމަދު

      ވަރައްބޮޑު ތެދެއް ބްރޯތިހިރީ ފެންނައް ބްރޯބޭނުމިއްޔާ އެންއަހަރައްވެސް ލަސްކޮށްލެވިދާނެ އެކަންތިއޮތީ ވަރައްސާފުކޮށްފެންނައް

      4
      1
  7. އަހައްމަދޫ

    ކޮބާ އަންނި ބޮޑުބްރޯ ޗަކޮއި މިކަމައި ދޭތެރޭ ބުނަނީ ކީކޭ

    11
  8. ކެސިނޯޕެކް

    ފައްޔާޒު ތިއުޅެނީ ބްރޯއުޅޭހެން ދެން ބްރޯއަކީ ކާކުކަމެއް ނޭގޭ ސަރުކާރުގަވެސް ރިހުރީ ފައްޔާޒް މީހުންނަށް ވަޒީފާ ބިރުދައްކަނީވެސް ހަމަ ފައްޔާޒު

  9. ހާލުފޮޅި

    މި ދެން ކާކުތަ؟ ހިތުން ބްރޯ ހެދިފަ .. ލޮލް

  10. އަބްދޫ

    އެމްޑީޕީ ހަރާބު ކޮށްލި މީހަކީ ކެރަފާ ވަގު ނަސީދު ވަގު ނަސީދު މިލިޔަނީ ވައްކަންކުރިކަމަށް އަމިއްލަ އިއުތިރާފުން ސާބިތުވެ ފައިވާ ކޯޓް ހުކުމެއް އޮތުމުން. ގާނޫނުއަސާސީގަ ބުނާ ހައްދުކަނޑައެޅިފައިވާ ވަގަކު ގެ އިންތިހާބު ސައްހަކޮށް ހެދުމުގެ ސަބަބުން ގައުމަށާ އެމްޑީޕީ އަށް ވެސް ވަނީ ބަލާވެރިކަންޖެހިފަ، ޕާޓީގަ ހިމެނުނު އިބުރާއާއި މުނައްވަރާއި ދިދި އާއި އަލްހަނާއި މޫސަޔާއި ސުއައިބު ފަދަ ބެފުޅުން ޕާޓީންބޭރުކޮށް ޕާޓީ ހުދްމުހަތާރުކޮށް ޕާޓީން ޑިމޮކްރަސީ ވަނީ ދުއްވާލާފަ. ތިޔަ ވަގު ނަސީދު އެމްޑީޕީން ވަކި ކޮށްގެން މެނުވީ ޕާޓީ ރަނގަޅުމަގުގަ ނުގެންދެވޭނެ.ޕާޓީއަށް ރަނގަޅު މުސަތަގުބަލެއްބެނުންވޭ. ތިޔަ ވަގުނަސީދު ޕަޓީގަ ދެމިހުރެއްޖެ ނަމަ އެމްޑީޕީގެ މައްޗަށް ޓެރަރިޒަމާއި ފަސާދަ އާއި ތުހުމަތުކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގާލޭބަލްކޮށް ގައިރުގާނޫނީ ކުރުމުގެ ފުރުސަތު ނެތެކޭ ނުދެންނެވޭނެ. ވީމާ އެމްޑިޕީ ސަލާމަތް ކުރުމަށްޓަކާ ވަގު ނަސީދު އެމްޑީޕީން ބޭރު ކުރައްވާ.