އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މެދުވެރިކޮށް އެ ޕާޓީގެ ގައުމީ މަޖިލީސް "ޚަރާބުކޮށްފައި" މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އަތް ޖަހަން ތިއްބެވި ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފެނިއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ރޭ ބޭއްވީ އެ ޕާޓީގެ ޗެއާޕާސަންގެ އިންތިޚާބު ރޯދަ މަހަށް ފަހު ބާއްވަން ފާސްކުރުމަށެވެ. އެ ގޮތަށް އެދިވަޑައިގަތީ އެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. ދެން އެ މަގާމަށް ވާދަކުރައްވާ އިންތި އެ ކަމާއި ދެކޮޅެވެ.

ރޭ ބޭއްވި ބައްދަލުވުން ހޫނުވެގެން ދިޔައީ އާޒިމަށް ވާހަކަ ދައްކަން ދިން ފުރުސަތުގެ ވަގުތު ހަމަވި ފަހުން ވެސް މައިކް ދެއްވަން ދެކޮޅު ހައްދަވައި އަޑުގަދަ ކުރެއްވުމުންނެވެ. އެއާއި އެކު ފައްޔާޒުގެ ޓީމުގެ ގިނަ ބަޔަކު ތެދުވެ އަޑުގަދަ ކުރަން ފެށިއެވެ.

އެ ވަގުތުކޮޅުގެ އެކި ވީޑިއޯ މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެއިން އެއް ވީޑިއޯއިން ފެންނަނީ، މެންބަރުން ތެދުވެ ޒުވާބު ކުރަމުން ދިޔަ ވަގުތު އީވާއާއި އިންތި ހަމަޖެހިލައިގެން އިށީނދެ ތިބި މަންޒަރެވެ. މި ވީޑިއޯ ދައުރުކޮށް ފައްޔާޒުގެ ސަޕޯޓަރުން ގެންދަނީ އިންތިގެ ޓީމަށް ފާޑުކިޔަމުންނެވެ.

ފައްޔާޒުގެ ޓީމުގައި ހިމެނޭ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ވީޑިއޯއިން އެމްޑީޕީ ގައުމީ މަޖިލީހުގައި ހިނގި ކަންކަން ރޭވި މީހުނާއި ހަމަނުޖެހުން ހިންގައިގެން އުފާވި މީހުން ކަމަށެވެ.

"އަލީ އާޒިމް ލައްވާ މުޅި ގައުމީ މަޖިލިސް ޚަރާބުކޮށްފައި އެ ކަމާއި އީވާއާއި އިންތި އުފާ ފާޅުކޮށް، އަތް ޖަހާލާ މަންޒަރު މި އޮތީ ރީއްޗަށް ފެންނަން،" އެމްޑީޕީގެ އަންހެނުންގެ ރޫޚުގެ ރައީސް ކަމަށް ވެސް ވާދަކުރައްވާ ރޮޒައިނާ ލިޔުއްވާފައިވެއެވެ.

ރޮޒައިނާ ވިދާޅުވީ އެމްޑީޕީ ބައިބައި ކުރުމަށާއި ރޫޅާލަން "އަޑީގައި" ތިބި މީހުން ސާފުކޮށް ފެނި ހާމަވެފައިވާ ކަމަށެވެ. އެ ކަން ކުރަމުން ދަނީ ވެސް އެހެން މީހުން ޕާޓީ ބައިބައިކޮށް ހަލާކު ކުރަން މަސައްކަތް ކުރަނީ ކަމަށް ބުނެ، "އަޑީގައި ތިބެގެން" ހަމަނުޖެހުން އުފައްދައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މި މަންޒަރު ފެނިފައި ރޭގައި ޕާޓީ ދެކެ ލޯބިވާ އެއްވެސް މީހަކު އުފަލެއް ނުކުރޭ، އެތާ ތިބި ހުރިހާ މެންބަރުންގެ މޫނު މަތިން ފެންނަނީ އުދާސްކަން، އެކަމަކު މި ދެ ބޭފުޅުން [އީވާއާއި އިންތިގެ] މޫނުމަތިން ފެންނަނީ އުފާވެރިކަން، އުފަލުން އަތް ޖަހަނީ،" ރޮޒައިނާ ލިޔުއްވާފައިވެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެ ބައްދަލުވުމުގައި ބައިވެރިވި 115 މީހުންގެ ތެރެއިން 100 މީހުންގެ ވޯޓުން ވަނީ ފައްޔާޒު ބޭނުންވި ގޮތަށް ރޯދަ މަހުގެ ފަހުން އިންތިޚާބު ބާއްވަން ފަސްކޮށްފައެވެ. ދެން އިންތިޚާބު އޮންނާނީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހަސަން އާދަމް

    ނަޝީދޫ! 3 ބަލި ޖެހިޖެހިގެން މިހާރު ތިޔާވީ!

    ކިތައްބަލި ވީމާތޯ ދެން ފެޔައްޖެހޭނީ؟

    މަޖްލިސްގެ ރައީސްކަން ކަންނޭގެ ދެން ގެއްލޭނީ!

    47
    2
    • އަހުމަދު

      އިންޝާﷲ

      34
      1
  2. ކަހުރަބު

    ލާދީނީ ލަދުކުށަ ޙަޔާތް ކުޑަ ބައެއް ތީ

    41
    1
  3. އައްޔަ

    އިބޫގެ ރައީސް ކަމުގެ ހުވާގައި އޮތީ ކޮންއެއްޗެއްބާ ؟ލައިވް ޓީވީގައި ހުދު އެމްޑީޕީއާއި އެޕާޓީގެ އިސްސަފުން ވެސް ރައްޔިތުންގެ މަޖްލިސްގަަައި ވެސް ވައްކަން ކޮށްފިއޭ ހިޔާނާތްވެއްޖެއޭ މިއޮށް ގޮވާ ނަގަނީ. މިއަށްވުރެ ބޮޑު ހެއްކެއް އިއުތިރާފެއް އެބޮތްބާ؟ އެހެން ތަނެއް ނަމަ އަޒުލް ކީއްކުރަން ރަޖަމް ވެސް މިވަރުން ކުރާނެ.

    37
    2
  4. ފރތމ

    ރޮޒޭނާ ތީ ޑިއާރުޕީ މީހެއްނު. މިތަނުން ނުކުމޭ

    14
    19
  5. އަހްމަދު

    އަޅެރޮޒޭނާމެންނަކީ އަބަދުވެސް ފެންއޮތްތަނުގައުޅޭބައެއްް މައުމޫންގެވެރިކަމުގައި މުޅިސަރުކާރު ފުޑާލިގުރޫޕްތީ އަބަދުވެސް ބުރޯއެއްގެފަހަތުންނޫނީ މިމީހުންނައް އުޅޭކަށްފަސޭހައެއްނުވާނެ

    25
    2
  6. އަހައްމަދޫ

    ހައްހައް ހުސް ޕަޕެޓުން

    29
    1
  7. ހާމިދު ޝާޙިދު

    ކުދިންނޭ ތިއީ ކުޅޭ ޑްރާމާއެއް. އެވަރުން ތިހަބަރުތައް ކަވަރު ކުރަން ނޫޅޭ. އެމްޑީޕީ އިން އަބަދުވެސް އެމީހުންނަށް ކަމެއް ކޮށްނުދެވިގެން އުޅޭ ހިނދު މިކަހަލަ ޑްރާމާ ޖައްސާ ޕާޓީ ކުދިން ރުކުރުވާލާ ހަދާނެ. އެކަމަކު އާހިރުގައި 2 ޅިޔަނުން އެއްސުފުރާާމަތިން ކައިލައިގެން އަޗާތަޅަން ތިބޭނީ. މިއީ ބޮޑުވެގެން ވާ ވަބާއެއް. ރާއްޖެއަށް ބޭނުންވަނީ ހަރުަދާނާ ދީނާއި ވަތަނިއްޔަތަށް ލޯބިކުރާ މައި 2 ޕާޓީ އެކަނި. ގުންޑާއިންގެ ޕާޓީއެއް ބޭނުމެއް ނޫން.

    10
    1
  8. ޙަސަނުބެ

    ރޯދަމަހު އިންތިހާބު ބާއްވައިގެން ރޯދައަށްތިބެ ގަޔަށްފަޔަށް ބޮލަށްއަރާ ހަޑިއެއްޗެހިގޮވާ ރޯދަ ހަރާބުކުރުމަށްވުރެ އިންތިހާބު ފަސްކުރުން ރަގަޅީ. މިހާރު ތިވަރުވާއިރު ދެންރޯދަމަހު ކިހާވަރެއްވާނެބާ.

    13
  9. ހުސެން

    އާޒިމު މެން ތިޔަކަހަލަ ޖަލްސާއަށް ދަނީކީ ހަމަހރޔަކުނޫން އެއީވާގޮތަކީ

    1
    1