މިއަދު ރާއްޖެ އިން އިތުރު 172 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލޭން ކޮވިޑަށް ފައްސިވީ 34 މީހުންނެވެ. އަތޮޅުތެރެއިން މިއަދު 119 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން 16 މީހުން ފައްސިވިއެވެ. އަދި އިތުރަށް ފައްސިވި ތިން މީހުން ކޮވިޑް ސުންކު ނެގިތަނެއް ކަށަވަރެއް ނުކުރެވެއެވެ.

މިއަދު 1548 މީހުން ކޮވިޑް-19 އަށް ރާއްޖެ އިން ޓެސްޓް ކޮށްފައިވެއެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %11 މީހުންނެވެ. ހަމައެކަނި މާލެ އިން މިއަދު ކޮވިޑަށް ޓެސްޓް ކުރީ 376 މީހުންނެވެ. މާލޭ ސަރަހައްދުން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %9 މީހުންނެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 234 މީހުން މިއަދު ވެސް ކޮވިޑުން ރަނގަޅުވިއެވެ. ނަމަވެސް ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 14234 އަށް އަރައެވެ. ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން މިހާރ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނީ ހަތަރު މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު