އަދާލަތު ޕާޓީގެ އޮފީސް ބަންދުކޮށްފައި ހުންނަ ކަމުގެ ޝަކުވާތައް އިލެކްޝަންސް ކޮމިޝަނަށް ލިބެމުންދާތީ އަދާލަތު އޮފީސް ހުންނަތަނާއި ހުޅުވިފައި ހުންނަ ވަގުތުތައް އިލެކްޝަންސް ކޮމިޝަނަށް އެންގުމަށާއި އެކަން އާންމުކޮށް އިއުލާން ކުރުމަށް ޓްވިޓާ މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ އަށް އިލްތިމާސް ކުރުމުން އަދާލަތު ޕާޓީ އިން "ރުޅިގަދަވެ" އެންމެ ފަހުން މައްސަލަ ޓްވިޓާ އަށް ހުށަހަޅައިފިއެވެ.

ޢަދާލަތު ޕާޓީގެ ނައިބު ރައީސް އައްޝައިޚް އަލީ ޒާހިރު ކުރި ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ޓްވިޓަރ އެކައުންޓް ކަމަށް ހީވާގޮތަށް ހަދާފައިވާ އެކައުންޓަކުން ޢަދާލަތު ޕާޓީގެ އެޑްރެސް ނޭނގޭކަމަށްބުނެ ފުރައްސާރަ ކޮށްފައިވާ މައްސަލައެއް ޓްވިޓަރ އަށް ރިޕޯޓްކޮށްފައިވާނެ ކަމަށެވެ.

އަދާލަތު ޕާޓީގެ އެޑްރެސް އޮޅުން ފިލުވުމަށް ޓްވީޓެއް ކުރުމަކީ ފުރައްސާރަ ކުރުން ކަމަށް ބެލެވެނީ ކީއްވެ ކަމެއް އަދާލަތު ޕާޓީ އިން ސާފުކޮށްދީފައެއް ނުވެއެވެ. އަދާލަތު ޕާޓީގެ ޓްވިޓާ އެކައުންޓަކީ ސިޔާސީ ޕާޓީތަކަށް ބަލާއިރު ފެށުނީއްސުރެ އެންމެ ހަރަކާތްތެރި އެއް ޓްވިޓާ އެކައުންޓެވެ.

އަދާލަތު ޕާޓީގެ ނަމަށް ނިސްބަތްވާ ގޮތައް ފޭކް ޓްވިޓާ އެކައުންޓްތައް ވެސް ހިންގައެވެ.

ޓްވިޓާގެ އުސޫލުތަކާއި ހިލާފަށް ޓްވީޓްތައް ކުރާ ފަރާތްތަކުގެ އެކައުންޓްތައް ޓްވިޓާ އިން ބްލޮކް ކުރެއެވެ. އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް ފުރައްސާރަ ކުރުމަކީ ޓްވިޓާގެ އުސޫލުތަކާއި ހިލާފު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގ

    ހުށަހަޅާގެން ތިބެން ޖެހޭނީ ވާނެ އެއްކަމެއްވެސް ނޯންނާނެ. ހާދަ ވަރެއްގައި ތިބޭ ބައެކޭދޯ މި ދީނީ މީހުންކަމަށް ހެދިގެން މިއުޅޭ މީހުންނަކީ

  2. ފާރޫޤް

    ތިދެން އިލެކްޝަންސްގެ ދުވަސް ދިޔައީ. މާާދަމާާ އިލެކްޝަންސްގެ ޓްވީޓަރ އެކައުންޓް ބަންދުކުރާނެ! ދިވެހިބަސް ލެޓިން އަކުރުން ލިޔާނެ ޤަވާޢިދުތަކެއް މަރްޙޫމް އިބްރާޙީމް ނާޞިރުގެ ވެރިކަމުގަ އެކުލަވާލއި، ޢާއްމުކުރައްވާފައިވެއެވެ. އެހަމަތައް ދަސްފުޅުކުރައްވައިގެން، ތިޔަ ކުރައްވާ ޓްވީޓްތައް ލިޔުއްވަން ޢަލީ ޒާހިރަށް ދަންނަވަން.

  3. ޑިމޮކްރަޓިސްޓް

    މި ޕާޓީ އުފެއްދި މަގުސަދު އޮންނާނެ ޕާޓީތަޖިސްޓްރީކުރަން ހުށަހަޅާއިރު، ފަހަރުގަ ތިޕާޓީއިންވެސް ލިބިދާނެ! އެހޯދައިހެންކިޔާލާ ކީއްކުރަން އުފެއްދި ޕާޓީއެއްކަމާ، އެމީހުން އެބުނާކަންކަން ކުރަނީ ކިހާވަރަކަށްކަން ޔަގީންކޮށްލާ!

  4. އީޔޫ

    އަޅެ ކީއްވެތަ އީޔޫ އަށް ހުޝަ ނޭޅީ؟

  5. ކެރަފާ

    ދީންވެރިންނެއްނޫން ފިތުނަވެރިން ލާދީނައް މަދަދުދޭ ވެރިން އަންނި ކީރިތި ރަސޫލާއަށް ފުރައްސާރަކުރިޔަސް ވަރިހަމަ ވެރިން ދެންކޮން ދީނީ ވެރިންނެއް ކިޔާކަށް.

  6. އަލީ ޖާހިލު

    ދެން ވިސްނާލާ ސަރުކާރުން ދޭ ފައިސާ ބޮނޑިއަށް ވާނެގޮތް!