އުތުރު ތިލަފަޅުގައި ތަރައްގީކުރާ ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑުގައިވެސް ހަތިޔާރާއެކު ބޭރުގެ އެއްވެސް ބަޔަކު ހަރަކާތްތެރި ނުވާނެ ކަަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓްރީން މިގޮތަށް ވިދާޅުވީ އދ. މަހިބަދޫގައި އިއްޔެ "އިންޑިއާ އައުޓް" ހަރަކާތެއްގައި ބައިވެރިވެވަޑައިގެން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް އިޝާރަތްކޮށެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އުތުރު ތިލަފަޅުގައި ތަރައްގީކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ ރާއްޖޭގެ ގަައުމީ ދިފާއީ ބާރުގެ ބޭނުންތަކަށް އަމާޒުކޮށް، ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ބޭނުންވާގޮތަށް ފަރުމާކޮށް، ދިވެހި ސިފައިންގެ ގާބިލްކަން އިތުރުކުރުމަށް ތަރައްގީކުރާރާ ދިވެހި ދައުލަތުގެ ސައްތައިން ސައްތަ މިލްކުވެރިކަން އޮތް އަދި، ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބަނދަރެއް ކަމަށެވެ.
އެތަނަކީ ބޭރުގެ މިލިޓަރީ ބޭސްއެެއް ކަަމަށ ސިފަކޮށް ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފް ދޮގު ވާހަކަތަކެއްކަމަށް އެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އެހެން ގައުމުތަކުގެ އަސްކަރީ އުޅަނދުތައް ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ކުރިން ހޯދަންޖެހޭ ޑިޕްލޮމެޓިކް ކްލިއަރެންސް ނުވަތަ ހުއްދަ ދިނުމަކީ ދިވެހި ދައުލަތުގެ އަބަދުމެ ދެމިއޮންނާނެ ސިޔާދަތީ ހައްގެއް ނުވަތަ ކޮވެރިން ރައިޓެއްކަމަށެވެ.
"އެހެންކަމުން، ބޭރު ގައުމެއްގެ އަސްކަރީ އުޅަނދުތައް ރާއްޖެއަށް އައުމުގައި ދިވެހި ދައުލަތުގެ ޑިޕްލޮމެޓިކް ކްލިއަރެންސް ނުވަތަ ހުއްދަ ނަގަން ނުޖެހޭނެ ކަމަށާއި އަދި މި ބަނދަރަށް ވަންނަން ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ހުއްދައެއް ހޯދަން ނުޖެހޭނެކަމަށް ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ހަގީގަތް އޮޅޭގޮތަށް ދައްކާފައިވާ ދޮގު ވާހަތަކެއްކަންވެސް ފާހަގަކުރަން". ޑިފެންސްގެ ބަޔާނުގައި ވެއެވެ.
އިއްޔެ ރައީސް ޔާމީން ވިދާޅުވީ، އިންޑިއާގެ އަސްކަރީ އުޅަނދުތަކަށް ރާއްޖޭގެ އެތެރެވަރިއަށް އަންނަން ވެސް ދިވެހި ސަރުކާރުގެ ހުއްދަ މިހާރު ނަގާކަށް ނުޖެހޭ ކަމަށެވެ. އެއްބަސްވުމުގައިވާ ގޮތުން، އޭގައި ހަމައެކަނި އޮންނަނީ އެތެރެވަރިއަށް ވަންނައިރު ދިވެހި ސަރުކާރަށް އަންގާލުން އެކަނި ކަމަށް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ހަތިޔާރު ގެނައުމުގެ ހުއްދަ ވެސް އޮތީ "ވަރަށް ލުއި ގޮތަކަށް" އިންޑިއާގެ އަތް މައްޗަށް ދޫކޮށްލާފައި ކަމަށް ޔާމީން ވިދާޅުވިއެވެ. ހަތިޔާރު ވެސް ހިފައިން އިންޑިއާ ސިފައިންނަށް އައިސް އުތުރުތިލަފަޅުގައި ތިބުމުގެ ހުއްދަ ދިން އިރު، ބަރު ހަތިޔާރުތައް ވެސް އޭގައި ހިމެނޭ ކަމަށް ޔާމީން ވިދާޅުވިއެވެ.
"ޢެގްރިމެންޓްގައި ލިޔެފައި މި އޮންނަނީ އާމްސްގެ ވާހަކަ އެކަނި، ލައިޓް އާމްސް ލިޔެލިނަމަތާ ބަރު ހަތިޔާރު ގެނައުން މަނާ ވާނީ، މިހާރު އެ އޮތީ ވަރަށް ލުއި ގޮތަކަށް ދޫކޮށްލާފައި، ބަރު ހަތިޔާރު ވެސް، ހަނގުރާމަވެރި ބޮޑެތި ބޮޑެތި ހަތިޔާރު ވެސް ގެންނާނެ،" ޔާމީން ވިދާޅުވިއެވެ.
އެހެންވެތާ 3 ބިހުން ދެބިސް ފޮރުވައިގެން ތިއުޅެނީ،
މިލާދީނީ މިގައުމަށް ގައްދާރު ހާއިނުންގެ ސަރުކާރަކީ ދިވެހިިންނާއި މިދިވެހިރާއްޖެއަށްވެސް ބިރުބޮޑު ސަރުކާރަކޭ ބުނެވެނީ މިހެންވެގެން ފުރަތަމައިނުންވެސް ދޮދުހެދީ ރާއްޖޭގައި އިންޑިޔާ މިލިޓަރީ މީހުންނެތޭ ކިޔާފަ ދެން ބުނީ އެމީހުންގެ އަދަދު ހާމަކުރުމުން ގައުމީސަލާމަތަށް ނުރައްކަލޭ ކިޔާފަ ކޮސްގޮވީ އެހެންވީމަ މިގައްދާރުމީހުން އެގޮތަށްކަންތައްކޮފައޮތީ
މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް
މީނަބުނެފިތަ ބަލަމާ ހަތިޔާރުހުރީކަމަށް
ޤާނޫނުއަސާސީ އަށް ބޮޑުކަމުދިޔަ ފިނދަނަ
ޔެސް، ހަތިޔާރު އަޅައިގެން ނޫން އެމީހުން ތިބީ. މާލޭގެ ވަރަށް ގިނަ އެޕާޓްމަންޓްތައް ވެސް ކުއްޔަށް ހިފަނީ އިންޑިއާގެ ރޯއިން. މިއީ ރިއަލް ސްޓޭޓް ކުރާ މީހަކު ބުނި އެއްޗެއް. ލ.ގަމަށް އެކަނި ބަލާލިއަސް އެރަށުގެ ގެތައް ކުއްޔަށް ހިފައިގެން ތިބި ގިނަ ބަޔަކީ ހަތިޔާރު ނާޅާ ތިބި އިންޑިއާ ސިފައިން. އެމީހުން ހަތިޔާރު އަޅާނީ އަޅާވަރުގެ ކަމެއް ޖެހުނީމަ. އެމީހުންގެ ކިއްލާތައް މި ރާއްޖޭގައި މިހާރު ބައިވަރު. އެކަމަށް މަގުފަހިކޮށްދިނީ މި ލާދީނީ ސަރުކާރުން. ޚައްދާރު ޚާއިނުންގެ ސަރުކާރުން. ދެން ވަރަށް ސަލާމް
ޕޮލިސް އެކަޑަމީއަކަށް ވެސް އުތުރު ތިލަ ފަޅަކަށްވެސް ހަނިމާދޫ އެއަރޕޯޓަކަށް ދިވެހި ސަރުކާރުގެ ބާރެއް ނުހިނގާ. އޮޅުވާލަން އުޅޭނެ ކަމެއް ނެތް.
ތިހެންވިއްޔާ މާނަކުރަންވާނީ އިދިކޮޅަށް، ތިބޭނެ
މާރިޔާ އަކީ މަޖްލިސް ގެ މޭޒެއްގެ މަތީގައި ޤާނޫނު އަސާސީ އަށް ކޮއްޅަށް އެރި މީހެކެވެ. މިފަދަ މީހެއްގެ އަނގައިން ދޮގެއް ނޫނީ ބޭރު ވާނެ ހެއްޔެވެ؟
ކަލޭމެންނަށް މިހާރު ވާނުވާވެސް ނޭނގެ..
8ސަތޭކަ ކިލޯގެ ބަ ރުދަންހު ރި ދަގަނޑު ފޮށިތަކުތަކުގަ ގެނައީ ކުކުޅުބިސްދޯ..ހަތިޔާ ރު ނެތްކަން ކަށަވަ ރުކު ރީ ކިހިނެތް ބަލާ ފާސްކު ރުމުގެ ބާ ރެއްނެތް ސަ ރުކާ ރަކުން...ހަތިޔާ ރު ހުއްޓަސް ނެތަސް އިންޑިޔާ ސިފައިން އެބަތިއްބެނު..އެމީހުން ބޭ ރުކު ރޭ..އިންޑިޔާ އައުޓް..
ޔޫޓީއެފް އެއްބަސްވުން ޑިފެންސް މިނިސްޓަރު މާރިޔާ އަންބޮނޑި އަށް ޖަހައިގެން އުޅެނީ ދެން ކިއެއްވެތޭ އެ ހާމަަ ކުރަންވީ ނޫންތޭ މަމެން ގަބޫލެއް ނުކުރާނަމޭ މާރިޔާ ދައްކާ ވާހަކަ ރައީސް ޔާމީން އެވިދާޅުވަނީ ރަނގަޅަށް ކަން ވެސް އަދި ނޫން ކަން ވެސް އިނގޭނީ ދިވެހި ސަރުކާރުގެ ގެޒެޓް ގައި ޔޫޓީއެފް އެއްބްަސްވުމާއި އަދި ހައިޑްރޮގްރަފީ ޗާރޓް ކުރެހުމުގެ އެއްބަސްވުން ވެސް ޝާއިއު ކުރުމުންނޭ މާރިޔާ އިސްތިއުފާ މާރިޔާ ނޫންތޭ އެފްޕީއައިޑީ ޚަރަދުގައި ރިހާކުރު ލަންޑަނަށް އެއަރފްރައިޓް ކުރީދޯ...
އުތުރުތިލަފަޅުގައި ހުރީ ކުކުޅުބިސް، އެވެސް ދިރޭ އިންސާނުން ކަހަލަ ތިންބިސް
މާރިޔާ ދީދީ ކަލޭމެން ތިނެރޭ ދޮގު ބަޔާންތައް ނެރުން ހުއްޓާލާ ފޮރުވައިގެން އުޅޭ އުތުރު ތިލަފަޅު އެއްބަސްވުން ހާމަކުރަންވީ!! އެހާމަނުކުރާހާ ހިނދަކު ކަލޭމެން ތިދައްކާ ވާހަކަ ގަބޫލުކުރާނެ ބަޔަކުނެތް!! އިންޑިޔާގެ ޕަޕެޓް ސަރުކާރެއްގެ ޕަޕެޓް މިނިސްޓަރުން ދިވެހި ރައްޔިތުންނަށް އޮޅުވާލަ ހަދަނީ ހުސްދޮގު!! ގައުމަށް ޣައްދާރުވެގެން ތިބި ބަޔަކަށް ތެދެއްނެހޭދޭނެ!!
ހަގީގަތާ ހިލާފޭނުކިޔާ އެގްރިމެންޓް ދައްކަމަބަލަ
ދެން އެހެން ތަނޯ
މާރިޔާގެ ދޮގު ބޭޒާރުވެއްޖެނަމަ އެބަހީ ހަތިޔާރާއިއެކުރާއްޖެއިން އިންޑިއާސިފައިން ފެނިއްޖެނަމަ ވަރިހަމަތަ މާރިޔާ އުމުރަށްޖަލަށްލާ ހާއިނެއްގެ ލަގަބު އެރުވިޔަސް.
ކާލޭ ބުނާއެއްޗެއް ކަލޭގެ އެންމެ ގާތްމީހުންވެސް ޤަބޫލެއް ނުކުރާނެ!
މާރިޔާ ކަލޭތިހަދަނީހުސްދޮގު
ދިވެހިން ބޭނުންވާގޮތަށް ދިވެހިންގެ ފުލްބާރު އޮންނަގޮތަށް އިންޑިޔާއިން މިލިޓަރީ ބޭހެއްއެތަނުގައި ހަދާނެހެއްޔެވެ؟ މާދަމާ މާރިޔާމެންބޭނުންވީ އެތަނުގައި ވަރަށްވަރުގަދަ އިންޑިޔާއަށްވެސް ހަމަލާދެވޭވަރުގެ ބޭހެއްހަދަން އޭރަށްވެސް އިންޑިޔާއިން އެކަންކޮށްދޭނީ މާރިޔާތިބުނާބާރު ދިވެހިންނަށް އޮންނަގޮތައްހެއްޔެވެ؟ އެހެންވީރު އިންޑިޔާއަށް ހާދަނުރައްކާވާނެއޭދޯ،
ކަމާނގެ ބޮޑުބޭބެ މައުމޫނު ވެސް ދިދާޅުވެފައިވަނީ ކަމަނާ އަކީ ދޮގު ހަދާ މީހެއް ކަމަށެވެ. ވިމާ، ފާސިޤުންގެ ބަސް ޤަބޫލެއް ނުކުރެވޭނެއެވެ. ކުރިނަ ބުނީ ސިފައިންނެއް ނުތިބޭނެ ކަމަށެވެ. ނަމަވެސް ފަހުން އެއްބަސްވިއެވެ. ނޭގޭ އަނދިރި ދައުލަތް ހަދައިގެން އުޅެ ކަނީހުންނަށް ކަމެއްގައި ދޮގު ހެދުމަކީ އެއްވެސް ކަމެއް ނޫނެއެވެ. ތީ ދޮގެއް ކަމުގައިވަނީ ނަމަ ތިޔަ ވިދާޅުވާ އެގްރިމެންޓް ރައްޔިތުންނަށް ހާމަކޮށްދީ ބަލާށެވެ. މިއީ ކަލޭމެންގެ އެކަނި ޤައުމެއް ނޫނެވެ. ބޭނުން ކުޅިއެއް ކުޅުމަކީ ދިވެހީން ތަހައްމަލު ކުރާނެ ކަމެއް ނޫނެވެ.