ދިވެހި ފުޓުބޯޅައިގެ އެސޯސިއޭޝަންގެ އެތެރޭގައި ކޮރަޕްޝަންތައް އޮތީ "ހިތަށް ނުގެނެވޭހާ" ގިނަކޮށް ދިވެހި ފުޓުބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އެންމެ ގިނަ މީހުން ބަލާ އަދި ކުޅޭ ކުޅިވަރުގެ އެ އިދާރާ އޮތީ ނުބައި ހާލަތެއްގައި ކަމަށެވެ.

"މިހާރުން މިހާރަށް ފިޔަވަޅު ނާޅައިފިނަމަ ދެން އަތެއް ނުވާނެ، ހިތަށް ނުގެނެވޭހާ ކޮރަޕްޝަންގެ ގިނަ އަމަލުތައް ދަނީ ހިނގަމުން،" އާޒިމް ލިޔުއްވާފައިވެއެވެ.

ފުޓުބޯޅަ ކްލަބް ނިއު ރޭޑިއަންޓްގެ މެނޭޖަރު ކަން ވެސް ކުރައްވާފައިވާ އާޒިމް ވަނީ ކްލަބްތަކަށާއި ރެފްރީންނަށް ވެސް ދޭން ޖެހޭ ގިނަ ފައިސާއެއް ނުދީ އޮތް ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އެފްއޭއެމްގެ އެތެރޭގައި ގިނަ ކޮރަޕްޝަންގެ އަމަލުތަކެއް ހިނގަމުންދާ ކަމަށް ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެއެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ކުރިން މި ތުހުމަތުތައް ދޮގު ކުރައްވައިފައެވެ.

"މި ކަމާ ސަރުކާރުގެ ކަމާ ގުޅޭ ފަރާތްތައް ފިޔަވަޅު އެޅުން އަވަސް ކުރައްވާ، ކުޅިވަރު ރިޕޯޓަރުން ތިބީ ކިހިނެއް ވެފައިބާ،" ފުޓުބޯޅައިގެ ހާލަތް އޮތް ގޮތާއި މެދު ކަންބޮޑުވުން ފާޅު ކުރައްވައި އާޒިމް ލިޔުއްވާފައިވެއެވެ.

އާޒިމް މިފަދަ ޓްވީޓެއް ކުރައްވާފައި މި ވަނީ، ކުޅިވަރުގެ އެވޯޑު ދިނުމުގެ ބޮޑު ޖަލްސާއެއް ވެސް ރާވާފައިވަނިކޮށެވެ. މިރޭގެ ވަގުތެއްގައި އެ ޖަލްސާ ފަށާނެއެވެ.

އާޒިމް ފަދަ އެމްޑީޕީގައި ތިއްބެވި ކުޅިވަރުގެ ޝައުގު ހުންނެވި ބައެއް ބޭފުޅުންގެ އަބަދުވެސް ގެންދަވަނީ ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޖާބެ

    ދިޔާތަކެއްޗާ ، ކަރުދާސް މިހާރު ލިބޭވަރު މަދީތޯ...

    19
  2. ށަމް

    ޚޮބަަަ ފެނަކަ

    11
  3. އާޒިމް ބާސިމް

    މީ ކޮރަޕްޝަންގެ ވާހަކަ ދައްކަން އެންމެ ރަނގަޅު މީހާ. ލޮލް.

    18
  4. މާޟީ

    ހާދަ ދިޔަލޭ ދަބަަހުގަ އުފުލި އެއްޗެހި. ލަދެއްވެސް ގަންނަ ބައެއް ނޫންވިއްޔާ

    16
  5. ޚޙގފ

    މިސަރުކާރުން ކޮރަޕްޝަން ކިޔާއެއްޗެއް ނުވެސް ދަންނާނެ އެކަން ވަރައް ރަނގަޅައްއިނގޭނެ އާޒިމް އައް

  6. ޚޙގ

    މިސަރުކާރުން ކޮރަޕްޝަން ކިޔާއެއްޗެއް ނުވެސް ދަންނާނެ އެކަން ވަރައް ރަނގަޅައްއިނގޭނެ އާޒިމް އައް

  7. މޫސަ

    ތިޔަ އުޅެނީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ނޫސްތަކުގެ ފަލަ ޞުރުޚީ ތަކުން ޖާގަ ހޯދައިގެން މަޝްހޫރުވާން. ތިޔަ ހުރީ މުޅި ނިއުރޭޑިއަންޓު ދަވާލައިގެން.

  8. ގާދިރު

    ވަރައްބޮޑު ހަގީގަތެއް

  9. ކޮއްޔާ

    އާޒިމްބާ ތިހެން ވާހަކަ ދަށްކަން ރަނގަޅީ // އަގެއް ނެތް ،،،،،،،

  10. މުހައްމަދު ލާދިމިއާ ޕޫޓިން

    ރިހާކުރު އާޒިމް،މިވެސް ދެން މީހެކޯ.....ކީކޭ ބުނާނީ ،ސިޔާސީ ވާންވެގެން މާ ގައްޑާ މީހަކަށް ވެގެން ބުރާންތި....