ވިލިމާލޭ "ކޮމިއުނިޓީ ގާޑެން" މަޝްރޫއު ކުރިއަށް ގެންގޮސް ފުރިހަމަ ބަގީޗާއެއް ގާއިމް ކުރުމުން މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު، ސިޓީގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވައިފިއެވެ.

މޭވާ އާއި ތަރުކާރީ ހައްދާފައި ހުންނަ މި ބަގީޗާއަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ، އާމްދަނީގެ ގިނަ މަގުތަކެއް ބަންދު ވުމުން މާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ރަށްވެހިންނަށް ހޯދައިދިން ގޮތެކެވެ.

އެ ތަނުގެ ފޮޓޯއެއް ޓްވިޓާގައި ޚިއްސާ ކުރައްވަމުން ޝިފާ ވިދާޅުވީ، އެ ތަނުގެ ކުލި ވެސް ސިޓީ ކައުންސިލަށް ކުޑަ ކުރެވެން ވާނެ ކަމަށެވެ.

"މިއަދު ފެންނަނީ ވަރަށް ނަލަކޮށް، މޭޔަރު ޑރ. މުއިއްޒު، ވަރަށް ބޮޑަށް ޝުކުރިއްޔާ، މި މަޝްރޫއު ކުރިއަށް ގެންގޮސްދިނީތީ،" ޝިފާ ލިޔުއްވާފައިވެއެވެ.

މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ރަށްވެހިވެފައިވާ ފަރާތްތަކަށް ދޫކުރީ ވިހި ފޫޓު ވިހި ފޫޓުގެ ޖާގަތަކެކެވެ. އެއިން ކޮންމެ ޖާގައެއް ދޫކޮށްފައިވަނީ މަހަކު 700 ރުފިޔާ ދައްކާ ގޮތަށެވެ.

ކޮންމެ ޖާގައަކަށް ވަކި ފެން މީޓަރެއް ގުޅާފައިވެއެވެ. ތަނުގެ ސެކުއިރިޓީއަށް ޓަކައި އެ ޖާގަތައް ލިބުނު ފަރާތްތަކުން ވަނީ، މީހުނަށް ނުވަދެވޭ ގޮތަށް ކޮންމެ ޖާގައެއް ފެންސް ޖަހައި ތަޅު ލެވޭ ގޮތަށް ހަދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުއީ

    ޝިފާއަށް މަރުހަބާ ކިޔަން. އެކަމަކު ތި ޓުވީޓަކީ ތިމަންނަގެ މަސައްކަތެއްކަން ދައްކަން ކުރި ޓުވީޓަކާ ވައްތަރީ.

  2. Anonymous

    ޝިފާއާއި މުއިއްޒަކީ އެކައްޗެކޭ. އެކަން ނޭނގިގެން އަހަރެމެން ނޫޅެމޭ. ތި މުއިއްޒު އަޑީގައި ހުރެގެން އެމްޑީޕީގެ އެޖެންޑާ ހިންގައި، ޔާމީނު ބުނި އަދަދަށް ފްލެޓް ނާޅައި، ޔާމީނުގެ ވެރިކަން ވައްޓާލިކަން އަހަރެމެންނަށް އޮޅިފައެއް ނެތޭ.

    1
    10
  3. ޖެރަރޑޫ

    ގަދައޭ ޑރ. މުއިއްޒު އާއި ނަހުލާ!