މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

ވިލިމާލޭގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ބަގީގެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ މާލެ ސިޓީ މޭޔަރު ޑރ.މުހައްމަދު މުއިއްޒުއެވެ.

މުއިއްޒު، ވިލިމާލޭގެ ބަގީގެ ހިދުމަތް އިފްތިތާހު ކުރައްވަނީ- ވަގުތު އިމޭޖެސް:އަހްމަދް އަލީ

މި ރަސްމިއްހޔަތުގައި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ އާއި ސިޓީ ކައުންސިލްގެ މެމްބަރުންނާއި ވިލިމާލޭގެ ރައްޔިތުން ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ މިއީ ވިލިމާލޭ ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ފެށުމެއް ކަމަށާއި، މާލޭގެ ރައްޔިތުންނަށް ބޭނުން ޚިދުމަތްތައް ފުރިހަމަ ކުރުމާއި އެހެނިގެން ލުއިފަސޭހަތައް ހަމަޖެއްސުމުގެ މަސައްކަތް އެއްވެސް ތަފާތެއްނެތި ފޯރުކޮށްދެއްވުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރައްވަމުން ދާނެ ކަމަށެވެ.

ވިލިމާލޭގައި ދުއްވަން ގެނައި ބަގީތައް.- ވަގުތު އިމޭޖެސް:އަހްމަދް އަލީ

އަދި މި ޚިދުމަތް ކުރިއަށް ގެންދިއުމުގައި ވިލިމާލޭގެ ރައްޔިތުންނާއި އެ އަވަށަށް ޒިޔާރަތް ކުރާ އެންމެންގެ އެެހީތެރިކަމާއި އެއްބާރުލުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.

ވިލިމާލޭގައި ބަގީގެ ބަގީގެ ޚިދުމަތް ފެށި އިރު، ރޫޓްތަކުގައި ކުރާ ދަތުރުތައް ފިތުރު އީދު ނިމެންދެން ހިލޭކޮށްލެވޭނެއެވެ. ފައިސާ ނަގާނީ ހަމައެކަނި "ޕްރައިވެޓް ހަޔާ" ދަތުރުތަކަށް އެކަންޏެވެ.

ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންތަކެއް.- ވަގުތު އިމޭޖެސް:އަހްމަދް އަލީ
    • ޕްރައިވެޓް ހަޔަރ ގެ ގޮތުގައި ނަގާނީ:
    • 4 ސީޓް ބަގީއަކަށް 6ރ.
    • 6 ސީޓް ބަގީއަކަށް 10ރ.
    • 12 ސީޓްގެ ބަގީއަކަށް 15ރ.

މީގެ އިތުރުން އުމުރުން ހަ އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި އެންސްޕާ ގައި ރެޖިސްޓާ ވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ސްކޫލް ޔުނިފޯމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ބަގީގައި ދަތުރު ކުރެވޭނެއެވެ.

މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ފެށިއިރު، ޖެނުއަރީ މަހުން ފެށިގެން ވިލިމާލޭގައި އެމްޓީސީސީން ދަނީ ބަހުގެ ޚިދުމަތް ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާބު

    އަލްހަމްދުﷲވސުކުރު

    2
    1
  2. ލުޖައިން އެމްވީ. ޕީޕީއެމް

    ސާބަހޭ ބަގީދޮންބެ.
    މުއިއްޒުއަކީ ހަމައެކަނި ޑޮކްޓަރެއް އަދި މޭޔަރެއް ނޫން. ބަގީދޮންބެ ވެސްމެ.