މާލެސިޓީ ކައުންސިލުން ވިލިމާލޭގައި ފެށުމަށް ނިންމާފައިވާ ބަގީގެ ހިދުމަތަށް ބޭނުންވާ ބަގީތައް ވިލިމާލެއަށް ގެންގޮސްފިއެވެ.

ވިލިމާލެއަށް ބަގީތައް ގެންގޮސްފައިވަނީ އިއްޔެ ހަވީރުއެވެ. މާލެސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ފަށާތީ ވިލިމާލޭގެ ރައްޔިތުންގެ ފަރާތުންވަނީ ފަރިވަޅެއް ތައްޔާރުކޮށް އަރުވާފައެވެ.

ވިލިމާލޭގައި މާލެ ސިޓީ ކައުންސިލުން ދޭން ފަށާ ބަގީގެ ހިދުމަތް ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ނެވެ.

ޕްރައިވެޓް ހަޔަރ ފިޔަވާ ބަގީ ރޫޓުގައި ކުރާ ދަތުރުތައް ފިތުރު ޢީދު ނިމެންދެން ކުރަމުންދާނީ އެއްވެސް އަގެއްނުނަގާ ހިލޭ ކަމުގައި މާލޭ ސިޓީ ކައުންސިލްއިން ބުނެއެވެ.

ފިތުރު ޢީދަށްފަހު ބަގީގެ ރޫޓުން ކުރާ ކޮންމެ ދަތުރަކަށް ނަގާނީ ދެ ރުފިޔާ އެވެ.

އެހެންނަމަވެސް ބަގީ "ޕްރައިވެޓް ހަޔާރ" ގެ ގޮތުގައި ނަގާނަމަ އަގު ތަފާތު ވާނެއެވެ. އެގޮތުން ޕްރައިވެޓް ހަޔަރ ގެ ގޮތުގައި ބަގީ ނަގާނަމަ އަގު ތަކަކީ:

. 4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ

. 6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ

. 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ އެވެ.

މީގެ އިތުރުން 6 އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ ބޭފުޅުންނާއި އެންސްޕާގައި ރެޖިސްޓަރ ވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯރމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ބަގީގައި ދަތުރުކުރެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ފޯރުކޮށްދިނުމަށް މާލެސިޓީ ކައުންސިލުން ވަނީ 10 ބަގީ ގެނެސްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ފިޔާތޮށިކުލައިން އަބަދުވެސް މަސައްކަތް ކުރާނީ ދިވެހިންނަށް އުފާފާގަތި ކަމާއި ހިތްހަމަޖެހުން ގެނެސްދެވޭތޯ ، ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައި ދިނުމަށް ، އެމްޑީޕީގެ ކަމަކީ ދިވެހިން ފެލާފައި އިންޑިޔާ އަށް އަޅުވެތިވެފައިވުން ދީނަށް ފުރައްސާރަކޮށް މިސްކިތްތަކަށް އިހާނެތިކޮން ކަންކަން ކުރުން