ހުޅުމާލޭގައި ޤާއިމްކޮށްފައިވާ އަލްޓްރާ-މޮޑަރން، ޓްރީޓޮޕް ޓާޝަރީ ހޮސްޕިޓަލްގައި ގައި ފުރަތަމަ ފަހަރަށް ކުއްޖަކު ވިއްސައިފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގައި ކުއްޖަކު ވިއްސާފައިވަނީ މިމަހުގެ 15 ވަނަ ދުވަހެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ، މީހަކު ވިއްސާފައި ވަނީ އައިޝަތު ޝާފިޔާ އިސްކޮށްހުރެ އޮޕަރޭޝަން ޑޮކްޓަރާއި ހޭނައްތާ ޑޮކްޓަރާއި އަންހެނުންގެ ޚާއްސަ ޑޮކްޓަރުގެ އިތުރުން ތަމްރީން ލިބިފައިވާ ނަރުހުންގެ އެހީތެރި ކަމާއެކު ކަމަށެވެ. ދެމައިންގެ ހާލުވެސް ވަރަށް ރަނގަޅު ކަމަށް ޓްރީޓޮޕް އިން ހާމަކުރެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގައި އަލަށް ކުއްޖަކު ވިހެއުމާއި ގުޅިގެން އެ ކުއްޖާގެ މައިންބަފައިންނާއެކު އެކަން ވަނީ ފާހަގަކޮށްފައެވެ.

90 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓަކާއެކު މިދިޔަ މާރިޗް މަސް ތެރޭގައި ހުޅުވި ޓްރީޓޮޕް ހޮސްޕިޓަލުން ގިނަ ހިދުމަތްތަކެއް ލިބެމުންދެއެވެ. އެގޮތުން އެމްއާރްއައި، ސީޓީ ސްކޭން، ހިތުގެ، ތޮރެސިކް އަދި ނާރުގެ ބައެއް އޮޕަރޭޝަންތައް ފަދަ ހިދުމަތްތައް ހިމެނެއެވެ. ހަމައެހެންމެ، އޯޕަން ހާޓް ސާޖަރީވެސް، ޓްރީޓޮޕް ހޮސްޕިޓަލުގައި ކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ އެޕޮއިންޓްމަންޓެއް 750 ރުފިޔާއަށް ލިބޭއިރު 30 އިންސައްތަ ޑިސްކައުންޓާއެކު ދިވެހިންނަށް، 525 ރުފިޔާއަށް އެޕޮއިންޓްމަންޓެއް ލިބޭނެއެވެ.

210 އެނދުގެ މި ހޮސްޕިޓަލުގައި 403 މުވައްޒަފުން މަސައްކަތް ކުރެއެވެ. އޭގެތެރޭގައި މަލްޓި-ސްޕެޝަލިސްޓުންވެސް ހިމެނެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އިންޤިލާބެއް ގެނުވާނެފަދަ ހޮސްޕިޓަލަކަށް ވާނެކަމަށް އެތައް ބަޔަކު ދަނީ އުންމީދު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ަަިައިބުނި

    ކިހާ ލާރިއެއްދިޔަތަ؟

  2. ޝާފިޔާ

    ބިލަށް އެރިވަރު ބުނެލިނަމަ ދޯ!

  3. ހުސެން

    ކިތައް ރުފިޔާ ބިލައް އެރި؟

  4. ރޮކް

    ހަހަހަހަ... އަހަރަމެންގެ ރަށުގެ ހެލްތު ސެންޓަރުގަވެސް މީހުން ވިއްސާތާ 30 އަހަރުވެއްޖެ.. އަދި އެއީވެސް ހިލޭ

  5. ބަދޫރާ

    ތިޔަ ހޮސްޕިޓަލްް ހުޅުވިތާ މިހާރު ފުދޭވަރަކަށް ދުވަސް ވެއްޖެ. ވީއިރު އަދި ކިރޔާ ތިޔަ ތަނަށް މީހަކު ވިހަން ދިޔައީތީވެ ހައިރާންވޭ

  6. މަރުހަބާ

    އެ ކުއްޖާވާނި ވަރަށް އަގުބޮޑު ކުއްޖަކަށް

  7. ޑީޑީ

    ހުރިހާހޮސްޕިޓަލް ތަކުގައި ވެސް ތި ވިއްސާެއިރު ޑޮކްޓަރުންގެ ޓީމެ އޮންނާނެ. ދެން މާބޮޑު ވަރުތި އަރުވަނީ.

  8. އިބިރިހިމާ ބެއްޔާ

    ބަލަގަ ކިތަންމެ ފެންވަރު ރަގަޅަސް އަތްނުފޯރާ ވަރުގެ އަގު ތިޔާ ތަނުގަ ތިޔާ އޮތީ
    ފުރައިގެސް ސިންގަޕޫރަށްގޮސް ބޭސް ކުރިޔަސް މާ އަގު ހެޔޮ
    ތިޔާ އޮތީ ދިވެހިންނަށް ހޮސްޕިތަލު ހަދާދީފަޔޯ

  9. މީހެއް

    ކިހާވަރެއްދައްކަންޖެހޭނެބާ ތިދެމަފިރިން