ތިލަފުއްޓާއި މާލެ އާއި ގުޅުވާލުމުގެ ޑީޕް ވޯޓާ މަސައްކަތްތަކަށް ބޭނުން ކުރާނެ ޖެކް އަޕް ބާޖު މާލެ އަށް ގެނެސްފި އެވެ.

ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް މެނޭޖާ ޖިނާން “ވަގުތު“ އަށް ވިދާޅުވީ، މިއަދު މާލެ ގެނެސްފައިވާ ބާޖަކީ ފުން ސަރަހައްދުތަކުގައި ސާވޭ މަސައްކަތް ކުރުމަށް ގެނެސްފައިވާ ބާޖެއް ކަމަށެވެ.

އަދި ސާވޭގެ މަސައްކަތް ނިމުމުން ތަނބުތަކުގެ ޕައިލްސް އެޅުމަށް ވެސް މި ބާޖުގެ ބޭނުން ކުރާނެ ކަމަށް ޖިނާން ވިދާޅުވިއެވެ.

ބްރިޖް އަޅަން ބޭނުން ކުރުމަށް ގެނައި ބާޖު، ފޮޓޯ: ޕްލޭނިންގް މިނިސްޓްރީ

އިތުރަށް ޖިނާން ވިދާޅުވީ، މިހާރު ގުޅީ ފަޅާއި މާލޭގެ ޕްެރޮޖެކްޓް ސައިޓް އެސްޓާބްލިޝް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބްރިޖް އެޅުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު ގެނައުމުގެ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށް ޖިނާން ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން ޖިނާނު ވިދާޅުވީ، މާލެ އާއި ގުޅީފަޅު ގުޅުވާލުމުގެ މަސައްކަތް އަންނަ އަހަރަށް ނިމޭނެ ކަމަށެވެ. އަދި ގުޅީފަޅާއި ތިލަފުށި ގުޅުވާލުމުގެ މަސައްކަތް 2026 ވަނަ އަހަރު ނިމޭނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ވާޔާ ރެކިހުތާ

    މާލެ ސަރުކާރު ހިއްކަން ދާހަރަދުން ތަރައްޤީ ކޮށްލާނަމަ ރާއްޖެތެރޭ މީހުން ދަށްކުރުން ކޮންމެ ސަރުކާރަކުން ވެސް .....

  2. ނާޝިޒް

    އަދިވެސް ސާރވޭތަ އޮތީ ފިނިހަކަ ދުވެލީގަ އެއްވެސް ތަހުޒީބެއް ތަޖުރިބާއެއް ނެތް މިޤައުމު ހިސޯރުކުރަން އުޅޭ އިންޑިޔާ އަށް ތިކަން ހަވާލުކުރީމަ ވާނެ ހައެތި ތިފެންނަނީ..

    1
    2
  3. ކުނަހަންދޫ - ހިތަދޫ

    އަހަރެމެންގެ ވޯޓް ލިބޭނީ ހިތަދޫ - ކުނަހަންދޫ ކޯސްވޭ އެޅުނީމަ

  4. Anonymous

    މިހާރު 2026 ކުރިން 2024 ބޯހަލާކް

  5. ހާމިދު ޝާހިދު

    ތިއީ އިންޑީއާއާ ހަވާލު ކޮށްގެން ކުރާ މަސައްކަތަކަށްވާއިރު، ތިޔަ ބާޖަކީ އަސްލު އިންޑިއާ އެއްޗެއްނޫން. ޔޫރަޕްގެ ކުންފުންޏަކުން ހަޔަރ ކޮށްގެން ގެނެސްފައިވާ އެއްޗަކަށްވާއިރު، ތީގެ އަގުތަކާއި ޓެކްސް ތައް ވަރަށް މަތިވާނެ. އަދި ޔޫރަޕަށް އަރާ ލޮޅުމެއްގެ އަސަރު ތިއަށްވެސް ކުރުން ގާތް. އިންޑިއާ މީހުންނަކީ ފުންކަނޑުގައި އަމިއްލެއަށް ބްރިޖް އެޅުމުގެ ތަޖްރިބާއެއް ނެތް ބައެއްކަމަށްވުމާއެކު، މަތިމައްޗަށް ސަރވޭކޮށް، ވަރަށް ބަލައިގެން ތިކަން ކުރާނީ އެމީހުން. އެހެންވީމާ، ތިވިދާޅުވާ ތާރީޚްތައް މުޅިން ދިމާނުވެ މާ ބޮޑަށްވެސް ފަސް ވެގެން ހިނގައިދާނެ. ފަންޑިންގް ވެސް އެތިކޮޅު އެތިކޮޅުން ލިބޭނީ. ބައެއްފަހަރު ވަރަށް ދައްވެގެން ހިނގައިދާނެ. ޗައިނާ ކުންފުންޏަކުން ތިކަން ކުރާނަމަ އެމީހުންގެ އެއްދަތުރުން މުޅި ބްރިޖަށް ބޭނުންވާ ދަގަނޑުތަކާއި، ބޮޑެތި ބާޖްތަކާއި ކެރޭނުތައް ގެނެސް 1000 މަޖޫރީންވެސް ގެންނާނެ. އިސާހިތަކުން މަސައްކަތް އޮންނާނީ ނިމިފައި.

  6. ވާހަކަ

    ބާޖަކީ ފުން ސަރަހައްދުތަކުގައި "ސާވޭ" މަސައްކަތް ކުރުމަށް ގެނެސްފައިވާ ބާޖެއް

  7. ވާހަކަ

    ސާވޭގެ މަސައްކަތް ނިމުމުން ތަނބުތަކުގެ ޕައިލްސް އެޅުމަށް ވެސް މި ބާޖުގެ ބޭނުން ކުރާނެ

  8. Anonymous

    ވޯވ ޔޭ....
    ކޮމެންޓެއް ކޮށްލާނެ ޕޕމ ސޮރަކުވެސް ނުވި ދެއްތޯ.

  9. ދޯދި

    ދިވެހިން ވާ ވައްދަނީ... ތި ބްރިޖު ނުފެންނާނެ ފެންމަތިން

  10. ހުސޭނުބޭ

    ސޯލިބޭ ހާދަހައިވާ ދިއުޅި ދިގޭ.

  11. އައުޓް

    އިންޑިއާ އަށް އެޅޭނެ ބްރިޖެއް ނުހުންނާނެއޭ ތިޔާއީ ކެނެރީގެ ނަޝީދަށް ބައިއަޅާ ގޮތަށް އިންޑިއާގެ ޓާޓާގެ ދުލި ބަދަލު ކޮށްގެން އައުމުން އެމެންނަށް ދީގެން އުޅޭ މަސައްކަތެކޭ ތިޔާ ބްރިޖް ވެއްޓޭނީ ބޮލަށޭ އިންޑިއާގެ އެފްކޮން އަކީ އެއީ ދުވަަހަކު ވެސް ބްރިޖެއް އެޅި ބައެއް ނޫނޭ އިންޑިއާ އިން ރާއްޖެ ލޫޓުވަނީއޭ އެފްކޮން އައުޓް އިންޑިއާ އައުޓް އެމްއެމްއެކްސްޕޯރޓް އައުޓް އެފްކޮން އައުޓް އިންޑިއާ އައުޓް އެމްއެމްއެކްސްޕޯރޓް އައުޓް އެފްކޮން އައުޓް އިންޑިއާ އައުޓް އެމްއެމްއެކްސްޕޯރޓް އައުޓް އެފްކޮން އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  12. ަކިނބިދޫ މީހުން

    ވޯޓް ލިބޭނީ ކިނބިދޫ - ވޭމަންޑޫ ކޯސްވޭ އެޅީމާ