ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ރަށުގެ އެންމެންނަށް ބައިވެރިވެވޭ ހާއްސަ މާހެފުމެއް ނ. ކުޑަފަރީގައި އިއްޔެ ބާއްވައިފިއެވެ.

ކުޑަފަރީގެ ގޮނޑުދޮށުގައި ބޭއްވި "ކުޑަފަރީ ކޮމިއުނިޓީ މާހެފުން" އަކީ ރައްޔިތުންގެ މަޖިލިހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހްމަދު ސިޔާމް (ސަން ސިޔާމް) ސްޕޮންސާ ކުރެއްވި މާހެފުމެކެވެ.

ކުޑަފަރީ ކޮމިއުނިޓީ މާހެފުމުގެ ތެރެއިން، ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މި މާހެފުމުގައި މެންދުރު ކެއުމުގައި އާންމުކޮށް ދިވެހިން ބޭނުންކުރަމުން އަންނަ ދިވެހި ހަވާދު ރިހަތަކާއި، ބިރިޔާނީ އާއި، ޕާސްތާ، ސެލެޑް އަދި އިތުރު ވައްތަރުތަކުގެ ކާއެއްޗެހި ވެސް ތައްޔާރު ކޮށްފައި ހުއްޓެވެ. މީގެއިތުރުން ފޮނި ކާއެއްޗެއްސާއި މޭވާގެ ވައްތަރުތައް ވެސް ސުފުރާމަތިން ފެންނަން ހުއްޓެވެ.

އެމްޑީއޭގެ ލީޑަރު ސަން ސިޔާމް ކުޑަފަރީގައި. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މާހެފުމަށް ތައްޔާރުވުމުގައި ފެނުނީ އެއްބައިވަންތަކަން!

ހާހަކާ ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅޭ ކުޑަފަރީގެ ކޮމިއުނިޓީ މާހެފުމަށް ތައްޔާރުވަމުން ދިޔައިރު ފެނިގެންދިޔައީ ރަށު މީހުންގެ އެއްބައިވަންތަކަމެވެ.

އެންމެން އެއްތަނަކަށް ޖަމާވެ، ކެއްކުމުގެ ކަންތައްތަކުގައި ބައިވެރިވަމުން ދިޔައިރު، އެެކަކު އަނެކަކަށް ޖެއްސުންކޮށް ސަކަރާތް ޖަހަމުންދިޔަ މަންޒަރަކީ ފެނުނު ހިތްގައިމު މަންޒަރެކެވެ.

ކުޑަފަރީ ކޮމިއުނިޓީ މާހެފުމުގެ ތެރެއިން، ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އަންހެން ވެރިންގެ އިތުރުން ކަންކަމުގައި އެހީތެރިވެ ދިނުމުގައި ފިރިހެނުން ވެސް ކާއެއްޗެހި ތައްޔާރުކުރަމުން ދިޔަ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައެވެ.

ކުޑަފަރީ ކޮމިއުނިޓީ މާހެފުމުގެ ތެރެއިން، ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ކެއްކުމުގައި އަވަދިނެތި މަސައްކަތް ކުރަމުންދިޔަ އަންހެނަކު "ވަގުތު" އަށް ބުނީ، ކެއުން ތައްޔާރު ކުރުމުގެ މަސައްކަތް ފެށީ ހުކުރު ދުވަހު ހެނދުނު ހައެއް ޖެހިއިރު ކަމަށެވެ. ހެނދުނުން ފެށިގެން މަސައްކަތްކޮށް މެންދުރު 1:30 ވާން ވާއިރަށް ކާއެއްޗެހިން ސުފުރާމަތި ވަނީ ފުރާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖުއްބާ

    "ކުޑަފަރީ ގަބުޅިކަތީބުންގެ ބޮޑު މާހެފުން، ސައުދާގަރަކީ ސިޔާމް" މިގޮތައް ސުރުހީ ޖަހާލިނަމަ.

    6
    8
  2. އަލީ

    ޝިޔާމަކީ ރައްޔިތުންގެ ވެރިކަން މަކަރުވެރި ގޮތަކަށް ވަގަށް ނެގުމަށް އެމްޑީޕީ އިން ކުރިއަށް އޮތްތަނުގައި ބޭނުންކުރާނެ އެޖެންޓް. ޝިޔާމް ފާޅުގައި ރިޝްވަތު ބެހުމަށް އެމީހުން ގެންގުޅެމުން އެދަނީ މިހާރުން ފެށިގެންވެސް

    8
    1
  3. Anonymous

    ޚުޑަފަރީގެ އާބާދީ ގެ އަދަދައްމީހުންއުޅޭނެ، މާލޭގެ 1ގޯޅިތެރޭގަވެސް، 🤔

  4. Anonymous

    ކުޑަފަރީ މީހުންނަށް ކާއެތިކޮޅެއް ދިއްކޮށްލީމަ ވީތަ؟ ކޮބާ މުޅި ރާއްޖެ؟؟؟