ކޮވިޑް-19 ގެ ހާލަތު ގޯސްވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މޮނިޓަރިން ހާލަތަށް ގެނެސްފައިވާ ރަށްތަކުގެ އަދަދު ފަހަކަށް ދަށްވެއްޖެއެވެ.

އެޗްޕީއޭއިން މިދިޔަ މަހުގެ 28 ވަނަ ދުވަހު އާންމު ކޮށްފައިވާ ލިސްޓުގައި މޮނިޓަރިންގެ ހާލަތުގައި އޮތީ ހަ ރަށެކެވެ. ނަމަވެސް މިއަދު އާންމުކުރި ލިސްޓުގައި އެ އަދަދު ވަނީ ފަހަކަށް ދަށްވެފައެވެ.

އެޗްޕީއޭގެ ބަންދުގައި މިވަގުތު ހުރި ރަށްތަކަކީ ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. ކަނޑިތީމު، ހއ. ހޯރަފުށި އަދި ށ. ނޫމަރާއެވެ.

މިރަށްތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ދުވަސްވަންދެން މޮނިޓަރިންގެ ހާލަތުގައި އޮތީ ހއ. އިހަވަންދޫ އެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ.

ހަނިމާދޫ އަދި ކަނޑިތީމު މޮނިޓަރިންއަށް ލާފައިވަނީ މި އަހަރުގެ ޖެނުއަރީގައެވެ.

ފެބްރުއަރީ މަހު އެޗްޕީއޭއިން ހޯރަފުށި ބަންދުކޮށްފައިވާއިރު ނޫމަރާ ބަންދުކުރީ މާޗް މަހުގެ ތިންވަނަ ދުވަހުއެވެ.

ރާއްޖެ އިން ކޮވިޑް ޖެހޭ މީހުންގެ އަދަދު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު ވެސް ވަނީ ދަށްވެފައެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން މިހާރު ފަރުވާ ދެމުން ގެންދަނީ މަދު މީހަކަށެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ރަނގަޅުވަމުންދާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފައެވެ. އަދި އެޗްޕީއޭއިން ވަނީ އުސޫލުތަކަށް ބަދަލު ގެނެސް މާސްކް އެޅުން މަޖްބޫރު ނޫން ކަމަށް ނިންމައިފައެވެ. އަދި އަތޮޅު ތެރޭ ރަށްތަކައް ދާއިރު މިހާރު ޕީސީއާރް ޓެސްޓު ހަދާކަން ނުޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަބީބު.

    އަލްހަމްދްލިއްﷲ މާތް ﷲ އައްހަމްދުކު ރަން ދެއަހަރައްފަހު މިފަދަ ރޯދަމަހެއް ދެއްވީތީ