ރޯދަ މަހުގެ ތެރޭގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ އަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ހާޒިރު ކުރަން އެޖެންޑާކޮށްފިއެވެ.

މައުސޫމް ހާޒިރު ކުރަނީ، ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، މައުސޫމްއާ ކުރައްވާ ސުވާލަކާ ގުޅިގެންނެވެ.

އެއީ ތ. އަތޮޅުގައި ރިސޯޓް ހަދަން ގިނަ ރަށްތަކެއް ދޫކޮށްފައިވީ ނަމަވެސް އެ ރަށްތަކުގައި ރިސޯޓެއް ތަރައްގީ ކުރެވިފައިނުވާތީ އާއި އަދި ބައެއް ރަށްރަށުގައި އެއްވެސް މަސައްކަތެއް ކުރަމުން ނުދާތީވެ އެކަމުގައި ސަރުކާރުން އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތައް ސާފު ކުރާށެވެ.

މީގެއިތުރުން ދުވާފަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިސްމާއިލް އަހުމަދު، ރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވާ ބިލްގެ އިބްތިދާއީ ބަހުސް ފެށުމަށް ވެސް މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވެއެވެ.

އަދި ހަމަ އެ މެމްބަރު ހުށަހަޅުއްވާފައިވާ ކުންފުނީގެ ބިލްގެ ބަހުސްގެ ނުނިމި އޮތް ބައި ކުރިއަށް ގެންދިއުމަށްވެސް އެޖެންޑާކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ރޯދަ މަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ހެނދުނު 10:30 އިން މެންދުރުފަހު 2:00 އަށެވެ. އަދި މެންދުރު 12:00 އިން 13:00 ހުސް ވަގުތުކޮޅެއް ދޭނެއެވެ. އެކަމަކު، މަޖިލިހުގެ ކޮމިޓީތަކުގެ މަސައްކަތްތައް އެކި ގަޑިތަކުގައި ކުރިއަށްދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 2

    ރައަނގަޅު އޭނަކުރާވިޔަފާރިއާ ގުޅޭސުވާލުތަކެއް ރިޒޯޓްތަކުގެ މެއިންޓަނަސްބެލެހެއްޓުމާ ސިކުރިޓީ ގާޑުން އިތުރުވުމަކީ އޭނައްލިބޭކުރިއެރުމެއް

  2. މުފައްކިރު.

    ތިޔަ ސުވާލުގެ ތެރެއިން އަންނަނިވި ސުވާލު ކޮށްފިނަމަ ވަރަށް ރަގަނޅު.
    ފަތުރުވެރިން ރާއްޖެތެރޭގެ ރަށްރަށުގައި އުޅޭއިރު ފަތުރުވެރިން ނަށް ހެދިފައިވާ ގަވާޢިދަށް އަހުުލުވެރި ވެވޭތޯ؟ ނުވާނަމަ ނުވާ ސަބަބަކީ ކޮބަތޯ؟
    މިސުވާލު ކޮށްލަން ޖެހުނީ އަޅުގަނޑު ދިރިއުޅޭ ރަށުގައި ޑައިވިންގ އަށްދާމީހުން ބަނދަރު ތެރޭގައި ހެދުން ބަދަލު ކުރާތީ. އަދި ބަދަލުކުރާ ހެދުމަކީ ބިކިނީ ހެދުމަށްވާތީ.

  3. Anonymous

    ސަރުކާރު މުވަެއްޒަފުން 4 ގަޑިއިރު މަސައްކަތް ކުރަންޖެހޭ، މަޖިލީސް މެންބަރުން 2 ގަޑިއިރާއި ބައި.