ސީރިއަސް ތުހުމަތުތަކެއް އުފުލުނު ޔަމަންގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހްޔާއާއި އައިއެސް ޖަމާއަތުގެ ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް މީހާ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ޏ. ފުވައްމުލަކު މާދަނޑު/ ކަރިއްޔާވިލާ މުހައްމަދު އަމީނާއި ގުޅުމެއް އޮތް ކަމަށް ކޯޓުގައި ހެކިވެރިއަކު ބުނެފިއެވެ.

ދައުލަތުން އަމީންގެ މައްޗަށް ވަނީ ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ ޢަމަލެއް ހިންގަން ރޭވުމުގެ ކުށުގެ ދައުވާގައި މިއަދު ބޭއްވި އަޑުއެހުމެއްގައި ދައުލަތުން ވަނީ ފުލުހުންގެ އިދާރާގައި ޓެރަރިޒަމްގެ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އޮފިސަރެއް ސިއްރު ހެއްކެއްގެ ގޮތުގައި ހުށަހަޅުއްވާފައެވެ.

ހެކިބަސް ދެމުން އޭނާ ބުނީ، އަމީނަކީ ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށް ސުވާލުކޮށްފައިވާ މީހެއްކަމަށާއި، އަމީނަކީ ހަރުކަށި ފިކުރުގެ މީހުންނާ ގުޅުން އޮންނަ އަދި އެ ފިކުރު ފަތުރަން އުޅޭ މީހެއްކަމަށެވެ.

މީގެ އިތުރުން ޓެރަރިޒަމްގެ ސީރިއަސް ތުހުމަތުތަކެއްކޮށް މީގެ ކުރިން ހައްޔަރު ކުރި ޔާސިރް ޔަހްޔާއާ އަމީންއާ ގުޅުމެއް އޮތް ކަމަށް ވެސް ހެކިވެރިޔާ ބުނެފައިވެއެވެ. އެގޮތުން އަމީން ދިރިއުޅުނު ގެ ކައިރިން ދެ ފަހަރެއްގެ މަތިން އޭނާ ޔާސިރާއި ބައްދަލު ކޮށްފައި ކަމަށާއި ޔާސިރަކީ ހަރުކަށިފިކުރުގެ ބޮޑު މީހެއްކަމަށް ތުހުމަތުކުރެވޭކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

އަދި މީސް މީޑިއާގައި ހަރުކަށި ފިކުރު ޕްރޮމޯޓުކޮށް، ފަހުން ހަނގުރާމައަށް ވެސް ދިޔަ ޝިފާޒް ކިޔާމީހަކާއި ޢަލީ އާދަމް ކިޔާ މީހަކާއި ދެމީހުންނާއި ވެސް އަމީން ބައްދަލުކުރި ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރު ކުރި ޔާސިރް ޔަހްޔާ ވަނީ، ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ހުއްޓާ ބަނޑުހައި ހޫނުކަމުހެ ހަޅުތާރެއް ހިންގާފައެވެ. މިއާއެކު އޭނާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވެ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް އޭނާ ވަނީ 2020 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތިން ވަނަ ދުވަހު ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހަސަނާ

    ކަލޯ އެ މައްޔިތާ ކައްވަޅުގަ އޮތަނުދޭތި.ޔަހުޔާ އަށް ދިން އަނިޔާ އަނިޔާވެރިންނާ ކުރިމަތިލާނެ.

    33
    4
    • މޮޔަނިމޮސް

      އެއީ ޓެރަރިސްޓެއްނު

      10
  2. Anonymous

    މިކަހަލަ ތާކުންތާކު ނުޖެހޭ ވާހަކަ ދައްކައިގެން ފަސާދަކުރުން ނޫން ކަމެއް މިލާދީނީ ސަރުކާރުން ނުކުރޭ

    11
    1
  3. އައްޔަ

    ޔާސިރު ޔަހުޔާ އެއްވެސް ދަޢުވާއެއް ނުއުފުލާ ހައްޔަރުގައި ބާއްވާގެން މަރާލީ. އޭނާގެ މައްޗަށް އެއްވެސް ކުށެއް ސާބިތުވެފައި ނެތް އިރު "އައިއެސް ބޮޑު މީހާ ކަމަށް ތުހުމަތު" ތިކުރައްވާ ފަރާތާ ގުޅުމެއް އޮވެގެން ކޮބާ މައްސަލައެއް؟ އޯކޭ ޔާސިރު ޔަހުޔާ އަކީ ކުށްވެރިއެކޯ. އެހެނަސް އޭނާއާ ބައްދަލުވާ މީހާ ކުށްވެރި މިކުރަނީ ކޮން މިންގަނޑަކުން ބަލާފައި؟ ދެން އަނެއްކާ ތި "ސިއްރު ހެކިވެރިޔާ" ފުލުހުންގެ އިންޓެލިޖެންސަށްވެ ނިމިފައި ތިއޮތީ. އޭނަގެ ކްރެޑިބިލިޓީއެއް ނެތް! ހެއްވާ ތަންކޮޅަކީ އެސޮރު އެބަހުރޭ އިއްތިފާގުން ތިހުރިހާ ތާކު. ތި ހަމަ މައުމޫނު ޔާމީނު ދައުރު. ސިއްރު ހެއްކަށް މީހުން ފްރޭމްކުރުން. އަނިޔާވެރި ް

    8
    1
  4. ހަސްމާ

    އަމީނު ހުންނާނެ ރާއްޖޭގެ ވަރަށް ގިނަ ސިޔާސީ މީހުންނާ ވެސް ބައްދަލު ކޮށްފަ. ވާހަކަ ދައްކާފަ. އެކުގައި ކައިފަ. ކޮފީ ބޮއިފަ. އެވާހަކަ ވެސް ދައްކަ ބަލަ. އެއީ ކޮން ބައެއް ތޯ ވެސް ހާމަ ކޮށް ބަލަ.

    13
  5. އަކްރަމް

    ހެކިވެރިޔާ ބުނި ގޮތަށް ކީއްވެތަ ޖަހަން ނުކެރިގެން ތިޔަ އުޅެނީ ، ހެކިވެރިޔާ ބުނީ އަމީންދަންނަނީ ސޯސަލްމީޑިޔާއިން ކަމަށާއި ޔާސިރު ވެސް ދަންނަނީ ސޯސަލް މީޑިޔާއިންކަމަށް... ސޯސަލް މީޑިޔާ/ ނޫސްތަކުގައި އަމީންގެ ވާހަކަ އޮތީމާ އަމީން ދަަންނަނީކަމަށް .
    ""ހެކިބަސް ދެމުން އޭނާ ބުނީ، އަމީނަކީ ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށް ސުވާލުކޮށްފައިވާ މީހެއްކަމަށާއި، އަމީނަކީ ހަރުކަށި ފިކުރުގެ މީހުންނާ ގުޅުން އޮންނަ އަދި އެ ފިކުރު ފަތުރަން އުޅޭ މީހެއްކަމަށެވެ."" މިހެންނެއް ނުބުނޭ
    ބަލަ އަހަރުންވެސް ދަންނަ ބައިވަރު މީހުން އުޅޭ ސޯސަލް މީޑިޔާގައި... ދެންއެވާނެ ތަ ހެއްކަކަށް

  6. ޢަޒު

    ޢިމްރާނޫ މަރްޙޫމް ކައްވަޅުގަވެސް އޮތަ ނުދޭތި ކަލޯ ޔާސިރު ދުނިޔޭގަ ހުއްޓާ ތިޔަބުނާ ހެކިތަކެއް ނުހޯދުނީ ކީއްވެތަ؟އަދިވެސް ކަލެއަށް ތިޔަ ދުވަނީ ޔާސިރު ފަހަތުން މީހަކު ޖަލަށް ލުމަކީ ކަލޭ އައިސްސަ އެމީހާ މަރާލަން ޖެހޭ ސަބަބެއް ނޫން ކަލޯ ޔާސިރުގެ ފުށުން އިސްލާމްދީން މަތިވެރިކޮށް ފަތުރަން އެތައް މަސައްކަތެއް ކުރެއްވި ކިތަށް މީހުންތޯ މުސްލިމުންނަށް ބަދަލުވީ ޔާސިރުއަކީ ތިކަހަލަ ތަންދޮރު ނުދަންނަ މީހެއް ނޫނޭ އެނގޭއެއްޗެއް އަނެކާއަށް ބުނެދީ ހެދި ހެޔޮމީހެއް ކަލޯ އާޚިރަތެއް އޮތްކަން ހަނދާން ކޮއްބަލަ ޔާސިރުއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްދެއްވަވާށި އާމީން

  7. މުޙައްމަދު

    ލާދީނީ މީހަކާ ބައްދަލުކުރާ ކޮންމެ މީހާކީ ލާދީނީ މީހެއް ނޫން. އަމީނަކު ޔާސިރަކާ ބައްދަލުކުރުމަކީ އެ ޔާސިރަކު ހައްދުފަހަނައެޅި މީހަކަށް ވާންޖެހޭ ސަބަބެއްނޫން. ތަހުގީގެއް ނުކޮށް ސަރިއަތެއް ނުކޮށް ހުކުމެއް ނުކޮށް މުސްލިމަކު ޖަލުގައި މަރުވާން ދޫކޮށްލިއިރު ތިޔަބުނާ ހެކިވެރިޔާ ކޮބާ. ހެކިދީގެން ސަރިއަތްކޮށް ހުކުމްކޮށް ތަންފީޒުނުކުރީ ކީއްވެ

  8. މުރުތީ

    ޔާސިރުޔަހުޔާ އަށް ސަރުކާރުން އަނިޔާވެރިވެ އެއަނިޔާއަށް ކެތްނުކުރެވިގެން މިދުނިޔެދޫކޮށް އެދިޔައީ މިހާރު އެއަނިޔާވެރިކަން އޮޅުވާލުމަށް ނުވަތަ އެހެންގޮތަކަށް އަނބުރާލުމަށް މީހަކަށް ރިސްވަތުދީގެން ބަޔާންތަށް ހާމަކުރަނީ މިއީ ލާއިންސާނީ އަމަލެއް.

    10
  9. އިރެކްސް

    މީ ހެޔޮލަފާ ސާލިޙް މުސްލިމުންނާ ދެކޮޅަށް ބުހުތާނު އުފައްދައިގެން ކުރާ އަނިޔާ. ޖަލުގަ ކަދުރާއި ކިރު މަނާކުރި ތި އިމްރާނު ގެ ބެލުމުގެ ދަށުން. ރަށަށް ދާކަށް ފުރުޞަތު ނުދީ މީޑިއާގަ ދޮގުހެދީ. މާތް ﷲ ޔާސިރް އަށް ފިރްދައުސް ދެއްވާށި އަދި އަނިޔާވެރިންގެ ނިމުން ހިތި ކުރައްވައި ފަޟީހަތް ކުރައްވާށި.