ކޭ.އެފް.ސީގެ ރާއްޖޭގެ ފުރަތަމަ އައުޓްލެޓް އަންނަ ހޯމަ ދުވަހު ހުޅުވުމަށް ނިންމައިފިއެވެ.
ކޭ.އެފް.ސީގެ ރާއްޖޭގެ އައުޓްލެޓްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކޭ.އެފް.ސީ ހުޅުވުން އޮންނާނީ މިމަހުގެ 23 ވާ ހޯމަ ދުވަހުގެ ހެނދުނު 11 ޖަހާއިރު ކަމަށެވެ. އަދި އެތަނަށް ޒިޔާރަތްކުރާ ފުރަތަމަ 100 ކަސްޓަމަރުންނަށް ކޭ.އެފް.ސީގެ ލޯގޯޖެހި ޚާއްސަ ޓީ-ޝާޓެއް ލިބިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ކޭ.އެފް.ސީގެ ރާއްޖޭގެ އައުޓްލެޓް ހުންނާނީ އަމީނީމަގުގައި ހުންނަ މާލޭ ސްކޮއަރގައެވެ.
ކޭއެފްސީ އަކީ ކުކުޅުގެ އެކި އުފެއްދުންތަކަށް ޙާއްސަކޮށްގެން އެމެރިކާގައި ފުރަތަމަ ހުޅުވި ރެސްޓޯރެންޓަކަށް ވާއިރު، ކޭއެފްސީގެ އައުޓްލެޓްތައް މިހާރު ދުނިޔޭގެ 123 ޤައުމެއްގައި ވަނީ ހުޅުވާފައެވެ.
ކޭއެފްސީ ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު، ބާގަރ ކިންގް އާއި ގްލޯރިއާ ޖީންސް ކޮފީ އާއި މޭރީ ބްރައުން އާއި ޕިއްޒާ ހަޓް ފަދަ މަޝްހޫރު އައުޓްލެޓްތައް ރާއްޖޭގައި މިހާރުވެސް އަންނަނީ ހިންގަމުންނެވެ.
ތިޔާ އެއްކޮށް އިތުރު ޖިމް ވިޔަފާރި ހުޅުވޭނެ. ކޯކް ވިކޭލެއް އިތުރު ވާނެ. ސިއްހީ މައްސަލަ ގިނަ ވާ ވަރަކަށް ކްލިނިކު ހުޅުވޭނެ، ބޭސް ވިކޭނެ، ދައުލަތުގެ އާސަންދައަށް ބާރު ކުރާނެ، އާސަންދަ އިތުރު ކުރަން އިތުރު ޓެކްސް ނަގަން ޖެހޭނެ، ތަކެތީގެ އަގު ބޮޑުވާނެ، ދެން ކުރަންޖެހޭ މަސައްކަތް ގިނަވާނެ، އިޖުތިމާއީ އާއިލީ ގުޅުން ކުޑަވާނެ، މުޖުތަމައު ހަލާކުވާނެ! ވާއެތި އިނގެނީ ކޮން ބަޔަކަށް؟
ކަލޯ! ކަލޯއަށް ގައުމުހިންގިދާނެ! ވެރިކަމާ ތޮޅެން ފަށަން އުޅޭ!
ތިހެން ކިޔާފައި އެއިން ތަނަކަށް ދުވަހަކުވެސް ނުވަންނައްޗޭ! ބޭޒާރުކޮށްލާނަން.
ވަރަށް ދުރުވިސްނޭ ބޭފުޅާއަށް
އަދިވެސް ތިޔަކަހަލަ ތަންތަން ތަ ހުޅުވަނީ މިހާރުވެސް ފިރިމީހާ ގެއައް ނުވަދޭ . ކޮފީ ކުލަބުން. ޜޯޔަލްބިރިޔާނިން. ޕިއްޒާހަޓުން. ގުލޯރިޔާޖީންސްން. މޭރީބްރައުންއިން ހުރިހާތަނެއް ނިންމާފަ އަންނައިރު ހުންނަނީ އިރުއަރާފަ
ތިވަރުގެ މީހަކާ އިންދެގެން އުޅޭތީވެ މަށަށް ދެރައީ، ގާމު އަހަރުމެންނަށް ގުޅާ ނަމަ ޙިދުމަށް ލިބޭނެ