އެޗްޑީސީގައި ގިނަ ދުވަސްވެ ބާވެ ހަލާކުވެފައިވާ ބައެއް މުދާ ނީލަން ކިއަން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ އެމްއެސްއޯ ސައިޓުގައި ހުރި ބާ ދަނގަޑާއި ޓިނާއި ހޮޅި އަދި ދަގަނޑު ސްޓްރަކްޗާ ބެރީގެ އިތުރުން ޖެކުތައް ނީލަން ކިޔަން ނިންމާފައިވާ ކަމަށެވެ.

އަދި ދެ ޓްރެކްޓަރާއި ތިން ޑަންޕު ލޮރީގެ ބޮޑު ބައިތަކާއި ސައިޓުގައި ހުރި އެހެނިހެން ދަގަނޑު ސާމާނުތައް ނީލަމަށް ލާން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ އެ ކުންފުނީގެ ނީލަން ފެށޭ އަގަކީ 200،000 ރުފިޔާ ކަމަށެވެ.

ނީލަން ކިއާ ތަކެތި ބަލަން ބޭނުންވާ މީހުންނަށް ނީލަން ކިއާ ތަކެތި ދެއްކުމާއި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި ނީލަމަށް ލިސްޓު ކޮށްފައިވާ އެއްވެސް އުޅަނދެއް ރަޖިސްޓްރީ ބަދަލު ނުކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގުދުދު

    ދުވަސްކޮލަކުން ހިޔާފްލެޓްތައްވެސް ނީލަމަށްލާނެ...ބާމުދަލޯ ދެލައްކަިން ފެށެނީ ހެހެހެހ

  2. Anonymous

    ތިޔައީ އިންޑިއާގެ ދަގަނޑު ހަދާ ފެކްޓްރީއަށް ހަދިޔާކުރަންވީ އެއްޗެއް. ނީލަމުން ބާތަކެތި ނަގައިގެން އެއިން ގެދޮރު ހެދުމަކީ ދެރަ ކަމެއް. އެޗްޑީސީ އިން ބޭނުންވަނީ ރައްޔިތުންގެ ގެދޮރު ރައްޔިތުންގެ ބޮލަށް ވެއްޓުންތަ؟

  3. Anonymous

    ބާ މުދާ ފެށޭ އަގު 2000000ރ ވަރަށް ބާ؟