ޓައިޓޭނިކް ފިލްމުގައި ކެޕްޓަންގެ ބައި ކުޅުނު ބާނާޑް ހިލް މަރުވެއްޖެއެވެ.

އުމުރުން 79 އަހަރުގެ ބާނާޑް ހިލް މަރުވީ މިދިޔަ އާދީއްތަ ދުވަހު ހެދުނުގެ ވަގުތެއްގައި ކަމަށް އޭނާގެ މެނޭޖަރާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. ޓައިޓޭނިކްގެ އިތުރުން ބާނާޑް ވަނީ ލޯޑް އޮފް ދަ ރިންގްގައި ކިންގް ތޯޑެންގެ ރޯލުންވެސް ފެނިފައެވެ. އަދި މީގެ އިތުރުން އެހެން ސީރީސްތަކުން ވެސް ބާނާޑް ވަނީ ހުނަރު ދައްކައިފައެވެ.

މެންޗެސްޓާއަށް އުފަން ބާނާޑް މަރުވި ދުވަހަކީ އޭނާގެ އެންމެ ފަހުގެ ސީރީޒް ދަ ރެސްޕޮންޓާގެ އިތުރު ބައެއް ރިލީސް ކުރަން އޮތް ދުވަހެވެ.

1997 ވަނަ އަހަރު ޓައިޓޭނިކްގައި ކެޕްޓަން ސްމިތްގެ ރޯލުން އޭނާއަށް ވަނީ އޮސްކާ ލިބިފައެވެ. އޭގެ ފަހުން ގިނަ ރޯލުތަކުން އޮސްކާތަކެއް ބާނާޑް ވަނީ ހޯދައިފައެވެ.

ޖޭމްސް ކެމެރޮން ޑައިރެކްޓްކުރި ފިލްމަކީ ޓައިޓޭނިކްގެ އަޑިއަށް ދިޔަ ހިތްދަތި ހާދިސާގެ ތެރެއަށް ހިޔާލީ ލޯބީގެ ވާހަކައެއް ހިމަނައިގެން ގެނެސްދިން ވަރަށް ކާމިޔާބު ފިލްމެކެވެ. އޭގެ ލީޑް ރޯލު ކުޅުނީ ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ކޭޓް ވިންސްލެޓެވެ.

ހިލް އެންމެ ފުރަތަމަ ފެނިގެން ދިޔައީ 1982 ވަނަ އަހަރު ވަޒީފާ ނެތް ފަސް ފިރިހެނުންނާ ބެހޭ ގޮތުން އިނގިރޭސި ޓީވީން ގެނެސްދިން "ބޯއީސް ފްރޮމް ދަ ބްލެކްސްޓަފް" އިން ޔޮސަރ ހޫޒްގެ ރޯލުންނެވެ. މި ރޯލަށް 1983 ވަނަ އަހަރު ބްރިޓިޝް އެކަޑަމީ އޮފް ފިލްމް އެންޑް ޓެލެވިޜަން އާޓްސް އިން އެވޯޑަކަށް ނޮމިނޭޓްވިއިރު، އެ ޝޯއަށް އެންމެ މޮޅު ޑްރާމާ ސީރީޒްގެ ބާފްޓާ ލިބިފައިވެއެވެ. އަދި 2000 ވަނަ އަހަރު ބްރިޓިޝް ފިލްމް އިންސްޓިޓިއުޓްގައި މިހާތަނަށް ހެދި އެންމެ މޮޅު ޓީވީ ޝޯތަކުގެ ލިސްޓުގެ ހަތް ވަނަ ލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުވަދޫ އަލިބެއްޔާ

    ނަރަކައިގެ ދަރެއް..

    7
    2
  2. ކަލޯ

    އޭނަ އެފިލްމުގަވެސް މަރުވިއެއް ނޫންތަ؟ އަނެއްކާވެސް މަރުވީ؟ އަދި އެއްފަހަރު އަންނާނެ ކަމަށް މި ބަލަނީ އަދިވެސް އެއް ފަހަރު މަރުވާ ހިތުން!

    6
    3