ރިސޯޓްތަކުގެ މުވައްޒަފުން ޑިއުޓީ ނިންމުމަށް ފަހު "ނައިޓަށް" ދެވޭނެ ގޮތް ހަދަން މި ސަރުކާރުން ވައުދުވީ ގޮތަށް ވައުދު ފުއްދަން ރައްޔިތުންގެ މަޖިލިހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫގް އަބްދުﷲ ގޮވާލައްވައިފިއެވެ.

ޔައުގޫބް އެގޮތަށް ވިދާޅުވީ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިި ބަަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ޔައުގޫބް ވިދާޅުވީ މިހާރުވެސް ހަތަރު ފަސް މިނެޓުން ރަށަށް ދެވޭހާ ކައިރީގައި އޮންނަ ރިސޯޓްތަކުގައި މަސައްކަތް ކުރާ އެތައް މުވައްޒަފުންނެއް އުޅޭ ކަމަށެވެ.

ނަމަވެސް އެމްޑީޕީން ވައުދުވީ ގޮތަށް "ނައިޓަށް" ރަށަށް ދެެވޭނެ ގޮތް ވަރަށް ގިނަ ރިސޯޓްތަކުން އަދިވެސް ހަަމަ ނުޖައްސާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރުވެސް މާބޮޑު ހަރަދަކާ ނުލައި "ނައިޓް" އަށް ދިއުމުގެ އިންތިޒާމް ރިސޯޓްތަކުން ހަމަޖައްސައި ދެވޭނެ ކަމަށެވެ.

"އަޅުގަނޑު ނުދަންނަވަން މިސާލަކަށް އ. އަތޮޅު ރިސޯޓެއްގައި އުޅޭ އައްޑޫ ރައްޔިތަކަށް ވަޒީފާ ނިންމާފައި އައްޑޫއަށް ގެންދަން ޖެހޭނެ ކަމަކަށް. އެތާ ކައިރީގައި އޮންނަ ރަށަށް އެންމެ ކުޑަވެގެން ދެވެން ޖެހޭނެ މަގު މިހާރު އޮންނަން ޖެހޭނީ ހަމަ ޖެހިފައި." ޔައުގޫބް ވިދާޅުވިއެވެ.

އެހެން ކަމުން ޓޫރިޒަމާ ބެހޭ ބިލަށް ކޮމެޓީ މަރުހަލާގައި އިސްލާހު ގެންނައިރު "ނައިޓަށް" ދިއުމުގެ އިންތިޒާމް ހަމަޖެހިފައި ނެތް ރިސޯޓްތަކުން އެފަދަ އިންތިޒާމްތަކެއް ހަމަޖައްސަން ޖެހޭ ގޮތަށް ބިލު ފަރުމާ ކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލަތީފް

    ލޮލް ރިސޯަޓް މުވައްޒަފުން ރައްށައްދާ މަގުމަތީގަ ހިސާނުގެ ކާޕެޓް މުސައްލަމަތީގަ ނިދަލާފަ ރަށައްދަނީ މިހާރު ހުރިހާ ކުދިން ލޮލް

  2. މާމީ

    އެމްޑީޕީ އިން ކޮން ވައުދެއްތަ ފުދުނީ ތިހެން ރައްޔިތުންނައް ދޮގުހަދަހަދާ ތިއްބާ 5 ނިމެނީ އަދިވެސް ދޮގެއް ހެދޭތޯބަލާ

  3. ަައިބޫ

    ބަލަ މިވެރިކަން އައި ފުރަތަމަ ދުވަހުން ފެށިގެން، ވީ އަޢުދާ އެއްގޮތަށް ރިސޯޓް ކުދިންކޮޅު ކޮންމެރެއަކު ގެއަށް ނިދަންދާކަމެއް ޔައުގޫބަކަށް ހަމަނޭނގޭތަ. މަވާ ސަލާމް.

  4. ސީނުކަރަ

    ޔައްގޫބު ހަތަރަސް ފަޔައް ވާގިއަރުވާފަ ތިކިޔޭއެއްޗެ ފުރަތަމަ ތިމާގެަމިއްލަ ޒަމީރައްގަބޫލު ކުރެވޭތަ؟؟؟