ސަރުކާރުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ވެފައިވާ އެއްވެސް ވައުދެއް މިހާތަނަށް ފުއްދިފައި ނުވާ ކަމަށާއި، އިންތިޚާބުތަކުގައި ކެމްޕެއިނަށް އައްޑޫ ސިޓީއަށް އަރައިގެން ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ ކެމްޕެއިނާ ދިމާކޮށް އައްޑޫ ސިޓީގައި ހުންނަ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތީގައި ބޭއްވި ތަރާވީހުގައި އިލްޔާސް ވިދާޅުވީ މި ސަރުކާރުން "ހިންގާލީ" ނޫން ކަމަށެވެ. މި ސަރުކާރުން ވެރިކަމުގައި ހޭދަކުރި ހަތަރު އަހަރު ހިންގާލުމުގެ ބަދަލުގައި "ހިންދާލީ" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިލްޔާސް ވަނީ އައްޑޫ ރައްޔިތުންނަށް މި ސަރުކާރުން ވެފައިވާ ވައުދުތަކާއި ކުރަން ބުނި އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އައްޑޫގައި ފަތުރުވެރިކަން ހިންގުމަށް އޮތް ދެ ރިސޯޓު ވެސް ބަންދު ކުރިތާ އެތައް އަހަރެއްވީއިރު މިއަދާ ހަމައަށް ވެސް ހުޅުވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިބޭފުޅުން އަޅެ ދަންނަވާލަ ބައްލަވާ އައްޑޫ ސިޓީއަށް އައިސް އައްޑޫ ސިޓީ ރައްޔިތުން ކައިރީ ބުނަންއޮތީ ކޯއްޗެއް ހިންގި ވާހަކަތޯ؟ ބައްލަވާ މިސަރުކާރު އައިރު އިގްތިސަދީ ވަޒީރަކަށް ހުންނެވީ މިއަދު އިމްތިޔާޒު ފަހުމީއާ ވާދަ ކުރައްވާ ވަޒީރު. އައްޑޫ ސިޓީގައ ކޮންކަމެއްތޯ ކުރެވުނީ؟ ހިނގަ ހިނގާ އޮތް ދެ ރިސޯޓް، ޝަންގްރިއްލާއާއި، ހެރެތެރެ ބަންދު. މިއަދު ވެރިކަމަސް ހަތަރު އަހަރު މިނިމެނީ. އަދިވެސް ބަންދު. ދެން ކޯއްޗެއް ހިންގާ ވާހަކަތޯ؟" އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް އިޝާރާތް ކުރައްވައި އިލްޔާސް ވިދާޅުވިއެވެ.

އައްޑޫ ސިޓީ އާއި ހުވަދޫ އަތޮޅާ ދެމެދު ސީޕްލެއިން ދަތުރުތައް ފެށުމަށް އަވީގައި ބައިތިއްބައިގެން ދެފަހަރެއްގެ މަތީން ސޮއިކުރި އިރު ވެސް އެކަން ފެށިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އައްޑޫގައި ހެދި މަސްފެކްޓީ ހިންގާނެ ގޮތެއް ނެތި ހަތަރު އަހަރު ވާއިރުވެސް މިކަމާއިވެސް އެއްވެސް އަޅާލުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ އައްޑޫގައި މިސަރުކާރު އައި ފަހުން އުފެދުނު ވަޒީފާތަކާއި، ކުރެވުނު ކަންކަމުގެ ވާހަކަ ދައްކަން ސަރުކާރުގެ ވަޒީރުން ލަދުގަންނަން ޖެހޭނެ ކަމަށެވެ. ޚާއްސަކޮށް އިގްތިސާދީ ވަޒީރަކީ މިކަންކަމުގެ ޒިންމާ އުފުލަންޖެހޭ ބޭފުޅާއަށްވާ އިރު އައްޑޫގެ އެއްވެސް މަސައްކަތެއް ނުހިނގާ އޮތް އޮތުމަކީ އެވަޒީރުގެ ފެއިލްވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން ބައްލަވާ ސީޕްލެއިންގެ ކަންކަން. އަޅުގަނޑުމެން ދެފަހަރު ގެންގޮސް އެތާ އަވީގައި ބައިތިއްބާފަ އިފްތިތާހުކޮށްފި. ހުވަދޫ ރިސޯޓްތަކަށް ގެސްޓުން ގެންދަން. ކޮބައިތޯ އެކަން ކިހިނެތްވީ؟ އެއްކަމެއްވެސް ނުހިންގިގެން މިއުޅެނީ. އައްޑޫ ރައްޔިތުންގެ ކަންބޮޑުވުންތައް އެބަހުރި. ދެން ބައްލަވާ އައްޑޫގައި މިތަނުގައި މަސްފެކްޓްރީއެއް ހަދާފަ، ހަތަރު ވަނަ އަހަރަށް ދާއިރު މިއުޅެނީ މަސްކޮޅު ނުކުރިގެން ކަނޑައަށް އުކަމުން ދަނީ." އިލްޔާސް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި އިންތިގެ ޓީމުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި، ސަރުކާރުން ތަރައްގީއަށް މަސައްކަތް ނުކުރާކަމަށް ބުނަމުންނެވެ. ޚާއްސަކޮށް ވެފައިވާ ވައުދުތައް ނުފުއްދި ހަތަރު އަހަރު ވެފައިވާއިރު، ދެން އިތުރަށް ވެރިކަން ލިބޭނެ ވަރުގެ ތާއީދެއް މިސަރުކާރަށް ނެތްކަމަށް ރައީސް ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ކަލޭމެން އެކަކު އަނެކަކަށް ތިޖަހާ ސަކަރާތް ވަރަށް ރަނގަޅަށް އެބައިގޭ.

    13
  2. ސަޢީދު

    މި ބޭފުޅާ ނޫންތޯ ސަރުކާރުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާ އެއް ހިންދާލީ.. އެ ޚިޔާނާތް މަޢާފުވާނެތޯ؟ ރައްޔިތުންގެ ޙައްޤަށް އަރައިގަނެގެން ސަލާމަތްވާނެތޯ؟ ތިތިބަ އަމިއްލައަށް އޮރިޔާންވަނީ އިނގޭތޯ.

    12
  3. ދީދީ

    އަނެއްކާ އައްޑޫ މީހުން ބޮލަށް މެގަޗިޕުން ގެންދިޔަ ޗިޕެއްޖަހާލީދޯ. ބަލަގަ ވޯޓުކައިރިވީމައި އިބްރާހިމް މުހައްމަދު ސޯލިހާއި ކެބިނެޓް ބޮލަށް ހުރިހާއެއްޗެއް ކަނޑާފައި މިހާރު ތިޔައެނީ ކުރީގައި ދެއްކިވާހަކަތަކުން ރެކިގަންނަންދޯ.
    ބަލަ މިހިރަ ކެނެރީގޭ ނަޝިދަކީ ރައީސް ސޯލިހް، ރައީސް ސޯލިހަކީ ނަޝީދު، މުޅިގައުމު މިހިނގަނީ ނަޝީދު ބޭނުންވާގޮތަށް، ރައީސް މީހާއަކީ ކުރިޔަށް ނެރެފައިހުރި އުނބެއް. މަޖިލިސް ރައީސް ހޮވުމުގެ ކެމްޕެއިނަށް އަސްލަމާއި އަފީފު ވައްދައިގެން އަނބުރާލި ގޭސްގަނޑު އަދި ހަނދާނެއް ނުނެތޭ. މިއަނބުރާ ހުރިހާގޭހަކީ ނަޝިދަށް ބާރުހޯދަން ކުރާކަންކަން.
    ކަލޭމެން ތިއީ ކަލޭމެންގެ އަތޮޅާއި ރަށް ތަރައްގީކުރުވާކަށް އުޅޭ ބައެއްނޫން، ކަލޭމެން ތިއީ އަމިއްލަ ރައްޔިތުން ބޮލަށް ޗިޕުުޖަހައިގެން އަމިއްލަ ވިޔަފާރި ބޮޑުކުރާން އުޅޭ ބައެއް.
    އައްޑޫ ރައްޔިތުން މިކަމަށް ސަމާލުނުވެ ތިބެ މިމީހުމް ދައްކާވާހަކަތަކަށް ހެއްލިގެންތިބެ ކަންކަން ނުނިންމުން އެދެން މާޒީއިން އިބްރަތް ހާސިލްކުރޭ.
    އިލްޔާސް އާއި އަހުމަދު ރަޝީދާއި ކިތަންމެ ބާރަށް ހަޅޭލެވިޔަކަސް އެދެމީހުންނަށްވެސް އެބައެގޭ އެމްޑީޕީގެ ވެރިޔަކަށް ކޮންމެ މީހަކު ހުއްޓަކަސް އައްޑޫ ތަރައްގީއެއް ނުރެވޭނެކަން. މަޖިލީހުގެ ސުޕަމެޖޯރިޓި ދިނަކަން ކައުންސިލް ސުޕަމެޖޮރިޓީ ދިނަކަސް އައްޑޫ އަށް އޮތީ މިގޮތް.
    ދެން އޮތީ ރައްޔިތުން ނިކުމެ ބަސް އިއްވުން.

    12
    1
  4. ޞުރާގު

    އަށްޑޫ ބޯބުރާތިން މުޅިއުމުރު އމޑޕ ގެ އަވާގާޖެހި ވީކަމެއް ބުނެބަލަ ކަމެއް ކޮއްދިންތަ ރަޖޭގަ އޮތް އެންމެ އިލްމީ ގާބިލް މީހުންތިބި އަތޮޅު ކީއްކުރަނީ އިލްމު ހުއްޓަސް ހިލްމެއް ބުއްދިޔެއްނެއް ރަމާމަކުނު ވަހަކާގަ ވާގޮތަށް ރީދޫކުލަ ލާގެން އައިސް ތިމަންނަމެން އަށްޑުށް ހަދަށް ގޮސް އައިސްކުރިމްކާން ދެވޭނެގޮތާ ކަނޑުއަޑީގަ އަށްޑުމީހުނަށް ގަނޑުވަރު އަޅާދޭނެ ކަމަށް އަންނި ބުނެފިއްޔާމުން އެހެރީ ހަމަ އިރުދައްކާފަ ހަދޭ ބުންޏަސް އަށްޑު މޮޔަ ބުރަންތިތަސް ގަބޫލް ކުރާނެ ަ.

    11
  5. ހަސަނާ

    ތޯ ގޫފާލިޔައު ނިކޭ .ތާސް ހިނދެނީ.އެނުން ކަމަށް ތެބެވެއި.ތަގޭ އާއިލާ އަށް ފާއިސާ ދިރުވުން ނުން ކަމަށް ތޯ ތެބެ ކެރެއި ހައިރާނާ

    14
  6. Anonymous

    ތިޔަ އެމްޑީޕީ ގުންޑާއިންނަކީ އެއްވެސް އަތޮޅެއްގެ ތަރައްގީއޭކިޔާފައި އަނގަ ފުޅާކުރެވޭނެ ބައެއްނޫން، މިގައުމުގައި އެއްވެސް ތަރައްގީއެއް ހިންގޭނީ ރ.ޔާމީނަށް އަދި ހިންގިފައިހުރީވެސް އެމަނިކުފާނަށޭބުނަން އެމްޑީޕީ ލާދީނިމެން ލަދުގަންނަނީތަ ތިޔަހާ ހާސަރުތަކެއް ކިޔާއިރުވެސް އެހެން ނުބުނެވިގެން އުޅެނީ،؟؟މިގައުމުގައި ފެންނާންހިރު އޮއްޓަރެއްލާ ތަރައްގިއެއް ވިއްޔާ އެއީ ރ.ޔާމޒިނު ދައުރުގައި ކޮށްފައިވާކަންތައް!! ވޯޓަށް މަކަރުހަދައި ޢެމަނިކުފާނު ފެއިލްކުރި ބައިގަނޑު ވެރިކަމަށް އައިސް ކުރާހާކަމަކީ އެމަނިކުފާނު ދައުރުގައި ނުނިމިހުރި ތަރައްގީތައް ފިނިހަކަ ސްޕީޑުގައި ނިމުނީމަ ރިބަންފަށް ކަނޑާލުން، ދެން އިތުރު ކަމަކަށް މިވެނި ރަށްއްގެ ބަނދަރު ގަދާނިމިއްޖެ، އެތަކެއް ރަށެއްގެ ބަނދަރާއި ބޯހިޔާވަހި ފްލެޓްތައް އަޅާނެ ބަޔަކުހޯދަން އިއުލާންކޮށްފި، މިފަދަ ދޮގު ބަހަނާ ޚަބަރުތަކުން ރައްޔިތިން ބޮލަށް ޗިޕްޖަހައި އެމްޑީޕީ ލާދީނީމެން ކުރިޔަށްއޮށް ރިޔާސީ ދައުރަށް ތައްޔާރުވަމުންދަނީ، މިހާރުއްސުރެން ރައްުިތުން ހޭލާތިބެން އެބަހޭ!!

    1
    1