ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބާކީކޮށް އެއްފަރާތްކޮށްލައިގެން އެ ޕާޓީއަށް 2023 ގައި ވެރިކަން ނުލިބޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އައްޑޫ ސިޓީގައި ރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ ކެމްޕެއިނާ ދިމާކޮށް އައްޑޫ ސިޓީގައި ބޭއްވި ތަރާވީހެއްގައި ހަސަން ލަތީފް ވިދާޅުވީ ނަޝީދު ބާކީކޮށް 2023 ގެ އިންތިހާބަށް ދާނީތޯ ނުވަތަ ނަޝީދުގެ ވިސްނުންފުޅާއި މަސައްކަތާ އެކުގައި އިންތިހާބަށް ދާނީތޯ ކުރެވޭ ސުވާލަށް ޖަވާބު ލިބެން އޮތީ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގެ ނަތީޖާ އިން ކަމަށެވެ.

ނަޝީދު "އެއްފަރާތްކޮށް، ބާކީކޮށް، އެކަހެރިކޮށް" އަދި އެމަނިކުފާނުގެ މަޝްވަރާއަކާ ނުލައި 2023 ގައި އޮންނަ ރިޔާސީ އިންތިހާބަށް ގޮސްގެން އެމްޑީޕީ އަށް ވާނެ އެއްވެސް ކާމިޔާބެއް ނޯންނާނެ ކަން އެއީ އެމްޑީޕީގެ އާންމު މެމްބަރުން ގަބޫލު ކުރާނެ ކަމެއް ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

"އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭ ކަމަކީ މި އިންތިހާބު އިމްތިޔާޒް ފަހުމީ ކާމިޔާބު ކުރައްވައިފި ނަމަ، މި ދެންނެވި ގޮތަކަށް އެކަމެއް ނުހިނގާނެ.ނަޝީދު ހުންނަވާނީ ޕާޓީ ހިންގެވުމުގައި، ޕާޓީގެ ރައީސްގެ ގޮތުގައި. މަޝްވަރާ އާއި ލަފައާ އިރުޝާދު ލިބިގެން 2023 ގެ އިންތިހާބަށް ދާނީ،" ހަސަން ލަތީފް ވިދާޅުވިއެވެ.

"އެހެން ނޫން ކަމަށްވާ ނަމަ، އެހެން އެކަން ނުވާނެ ކަމީ ވެސް އަޅުގަނޑު ޝައްކު ކުރާނެ ކަމެއް ނޫން."

އެމްޑީޕީގެ ޗެއާޕާސަނަކު ކަނޑައެޅުމުގެ އިންތިހާބުގައި އިންތިއާ ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ. އިމްތިޔާޒާއެކު ބޮޑަށް ފެންނަނީ ނަޝީދުގެ އާއިލާ ބޭފުޅުންނާއި އެމަނިކުފާނަށް ވަފާތެރި މަޖިލިސް މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުން ކެމްޕެއިންގައި އުޅުއްވާ މަންޒަރެވެ.

ފައްޔާޒްއާ އެކުގައި ކެމްޕެއިންގައި އުޅުއްވާތަން ބޮޑަށް ފެންނަނީ ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މަޖިލީސް މެމްބަރުންނާއި ގައުމީ މަޖިލިހުގެ މެމްބަރުންނެވެ.

ވަރުގަދަ ބަހުގެ ހަމަލާތަކެއް ފައްޔާޒަށް!

ހަސަން ލަތީފް ވިދާޅުވީ ސަރުކާރުގެ ވަޒީރަކު އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުގައި ހުންނަވަން ނުޖެހޭ ކަމަށެވެ. އެ ވަޒީރު މަސައްކަތް ކުރަންވީ ސަރުކާރުންވެފައިވާ ވައުދުތައް ފުއްދަން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީ ސަރުކާރާއި ޕާޓީއާ ވަރަށް ބޮޑަށް ގުޅިފައި އޮތުމުންނާއި ޕާޓީގެ މެމްބަރުން މަޖިލިހުގައި ކިތަންމެ މަދު ކަމުގައި ވިޔަސް، ތިން އަހަރު ތެރޭގައި ވެސް އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒުވަމުން ދިޔަ ކަމަށެވެ. އޭރު އެކަން އެގޮތަށްވީ އެމްޑީޕީ އާއި ސަރުކާރާ ދެމެދު އޮތް ގުޅުން ވަރުގަދަވެފައި އޮތީމަ ކަމަށާއި މިހާރު ފެންނަނީ އެ މަންޒަރު ނޫން ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ އެ ތިން އަހަރުގެ ތެރޭގައި ޗެއާޕާސަން ކަން ކުރެއްވީ މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި މަޖިލިހުގެ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ރީކޯ މޫސާ މަނިކެވެ.

"އެއީ ސަރުކާރުން، އެމްޑީޕީ ބާކީކޮށް، އެކަހެރިކޮށް، އެއްފަރާތްކޮށް، އެހެން ބަޔަކާ އެކީގައި ސަރުކާރު ހިންގަން އުޅޭ އުޅުމުގެ ސަބަބުން." ހަސަން ލަތީފް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ޕޮގުބާ

    ނަސީދު ބާކީ ކުރިޔަސް ނުކުރިޔަސް 2023 ޖަލަށް ދާންޖެހޭނީ ބިރު ހީވަނީ ދޯ ރިޔާސީ އިންތިހާބް ގާތްވާތީ

    38
    4
  2. ކޮރަލް

    އެމްޑީޕީ އުފެދުނީއްސުރެ ރައީސް ކަމުގަ އަންނި އެވެ. ޔޫބީލް ހަމަ ވަނީ އެވެ. ޢެހެން މީހަކަށް ފުރުސަތެއް ނުދެ އެވެ. މިހާރު މީހުނާ ބައްދަލެއް ވެސް ނުކު ރެ އެވެ. އިސްތިއުފާ ދޭން ވީ އެވެ.

    35
    3
    • މިރީ

      އާން އެއްކަލަހެން މަގުމަތީ ނޫޅޭ ދޯ..... ދެއްކުންތެރި ކަމަކާ ވައްތަރީ ކުރިން

      14
  3. ކުރި

    ގެއްލިދާނެ އެތި ބޮޑުވެ ތެޅިފޮޅޭތަން މި ފެންނަނީ. ނަޝީދު ނެތަސް ޕާޓީ ހިގާނެ. އަދި ސަރުކާރާ ދެކޮޅަށް އުލޭއިރުވެސް ސަރުކާރުވެސް އެބަ ހިނގާ. މީގެން ދޭހަވަނީ މިހާރު ހުންގާނުގައި ތިބީވެސް ކުރިއަށް ދެވޭވަރު ބައެއްކަން. ވަކި މީހަކަށް ބަރޯސާ ނުވެ ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތަކެއް ކޮއްދެވޭ ތޯ އުޅޭނަމަ މީހުން ބަލައި ގަންނާނެކެން. ހަސަން އަސް ވަރަށް ސަލާމް...

    18
    1
  4. އަޙްމަދު

    ނަޝީދުބާކީ ނުކުރިޔަސް 2023 އެމްޑީޕީން ހަނދާންނައްތާލާ! އެނާހުރެގެން ލީވޭނީ އެނާއާ ވެގެން އުޅޭމީހުންގެ ވޯޓް އިތުރު ވޯޓެއް އެނާހުރެގެނެއް ނުލިބޭނެ! އިމްރާން، ޤާސިމް ލައިގެން ކިތަންމެ ބޮޑު ކޯލިޝަނެއް ހެދިޔަސް 2023 ލިބޭނެހެނެއް ހީއެއްނުވޭ!!!

    25
    1
  5. ޏަޖ

    ކަލޭމެން ޑްރާމާ ނުކުުޅެބަލަ. އިންޑިޔާ އައުޓް ކިޔާތީ ފޯކަސް ގެއްލުވާލަން ކަލޭމެން ކުޅޭ ޑްރާމާޔެއް ތީ.

    21
    1
  6. ކީލި

    ޢެމީހާ މިހާއަވަހަށް ބާކީކޮށްލީތަ ؟

    12
    1
  7. ފައިސާ

    އަންނި ހުއްޓަސް ނެތަސް ދެން ނެތް ތިކަން ވާކަން.
    ރަށު ތެރޭ އަނެއްކާވެސް ފިތުނަ ކުރަން ފަށާ މަ މިހެން ބުނީމަ

    19
    2
  8. ހޯހޯ

    ކަލޯ.. ނަސީދު ހުއްޓަސް ނެތަސް ދެން އެމްޑީޕީ އަކަށް ސަޕޯޓެއް ނެތް ނިވެސް ދޭނަން.

    14
    1
  9. އަޝްރަފު

    އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި ހަސަން ލަތީފުގެ ނަން ހިމެނިފައި އޮތުން އެއީ އެމްޑީޕީގެ އާންމު މެމްބަރުން ރުހޭކަމެއް ނޫން. ލަދުގަނެއްޖެ. ހަސަން ލަތީފުގެ މައްސަލަ ބަލަންޖެހޭ. އަދީބު އަތުން މިލިއަނުން ފައިސާނަގައި އޮޅުވާލީ. ނަމަވެސް، މިވީހާތަނަށް ކަށަވަރުވޭ ފައްޔާޒުގެ ނަން ލިސްޓުގައި ނެތް ކަމަށް. އެހެންކަމުން، މިފަހަރު އެމްޑީޕީގެ ޗެއަރޕާސަންކަމަށް ފައްޔާޒުއަށް ސަޕޯޓްކުރަން ނިންމައިފިން. ސިމްޕަތީކާޑު ދައްކައިން ކަންކަންކުރާ ވަރަށްވުރެ އާންމު މެމްބަރުން މިހާރު މާ ހޭލުންތެރި. އެކަން ސަޕޯޓަރުންގެ އަދަދުންދަނީ ފެންނަމުން އަދި ވޯޓުންވެސް ސާފުކޮށް ފެންނާނެ. އަދި އަންނި ބާކީއެއްވެސް ނުކުރާނެ، ތި ޖައްސަނީ ދޭތެރެ. ހިތާމަކުރަން.

    13
    2
  10. މަޖުބޫރީހާލަތް

    ހަސަނައް ހީވާނެ ފުޅައްބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާލާނޭ ނަޝީދަކީ ބަލިމީހެއް ސިކުނޑިޔާ ދާދިގާތުގަ ރޭޒާ ފުއްތަކެއް އެނބު ރޭ މީހެއް ވީމާ ނަޝީދު އެބަޖެހޭ މިހާ ރުސިޔާސީ ހަޔާތް ދޫކޮއް އުމުރުދުވަހުގެ އަ ރާމު ކު ރުމަކައްދާން

    13
    2
  11. ނަސި

    އެހެން ނޫނަސް 2023 ނުލިބޭނެ ތިބައިގަނޑު މުޅިގައުމް އިންޑިޔާ އައް ދީހުސްކޮއް ގައުމް މިހާރު ބަގުރޫޓްވާހިސާބުގައި ،

    13
    1
  12. ޒަބީބު

    ނަޝިދު އަށް މިހާތަނަށް އެމްޑީޕީ އަށް ކޮށްދެވުނީ ކޮންކަމެއް. ނަޝީދު މިހާތަނަށް އެމްޑިޕީގެ އާއްމު މެމްބަރުން މަގުމަތީގައާއި، އުސްފަސްގަނޑުމަތީގަ އާއި، ޖަގަހަ ތަކުގަ ހުވަފެން ދައްކައި އޮޅުވާލައިގެން ގެންގުޅުން ފިޔަވާ ކުރީ ކޮން ކަމެއް؟

    އެމްޑިޕި ގެ އާއްމު މެމްބަރުން ރެއާއި ދުވާލު ފޫގަޅައިގެން ނުކުމެ މުޒާހަރާކޮށް ޕެޕަރް ސްޕްރޭ ބޮއެ ފުލުހުންގެ މުގުރުގެ އަނިޔާ ކައިގެން 2008ގައި ހޯދައިދިން ފުރަތަމަ ވެރިކަން ހަވާލުކުރީމަ އެވެރިކަން ރަަށު މެދަށް އެއްލާލާފަ ރައްޔިތުންގެ ބޮލަށް ޖަހާފަ އިސްތިއުފާ ދީފަ ދިޔައީ ގެޔަށް. 2013 ވަނަ އަހަރު 1 ބުރުން ކާމިޔާބު ކުރާނެ ކަމަށް ބުނި އިންތިޚާބު 3 ބުރުން ވެސް ކާމިޔާބު ނުކުރެވުނު. ކައުންސިލް އިންތިޚާބުގައި ނުކުމެ ޖެއްސި ވައްތަރުން ރައްޔިތުން ވީ ފޫހީގެ ސަބަބުން ކައުންސިލް އިންތިޚާބުން އެމްޑީޕީ އަށް މާލެ ސިޓީ އާއި އެހެނިހެން ކައުންސިލްތައްް ވެސް ގެއްލުނީ. ހުކުރު ދުވަހުގެ ރޭޑިއޯ ޚިތޯބުގައި ދީނުގެ ހުކުމް ތަކަށް ގޮންޖަހާ ވާހަކަ ދެއްކުމުގެ ސަބަބުން ރައްޔިތުން އެމްޑިޕީ އަށް ކުރަން ފެށީ ނަފްރަތު. ކީރިތީ ރަސޫލާ(ސއވ)ގެ ސުންނަތާއި ހަދީސަށް ބަދުބަސް ބުނަމުން އެސްޓޭގު މަތިން މިސްޓޭޖް މަތިން، އެކަންމަތިން މިކަންމަތިން ތިމަންނާވަރު މީހަކު ނެތްކަމަށް ހެދިގެން އުޅުނީމަ އާއްމު ރައްޔިތުންގެ ރުޅިވެރިކަން އެމްޑީޕީ އަށް ލިބުމުގެ އިތުރުން ދީނަށް ލޯބިކުރާ އެމްޑީޕީގެ އާއްމު މެމްބަރުންވެސް ލިބުނީ މާޔޫސް.

    ދެން އެމްޑީޕީ އަށް 2023 ލިބޭނީ ނަޝީދު ހުރެގެން ކަމަށް ބުނާ ބުނުމުގައި އޮތީ ކޮން ބުރަދަނެއް؟

    15
    2
  13. ޢސދ

    2018 ގެ އިންތިހާބު ކާމިޔާބު ވީ ނަޝީދު އާއި ނުލައި .. ހަސަން ލަތީފު އާއި ނުލައި އެމް.ޑީ.ޕީ ނުހިނގާނޭ ބުނެބަލަ..

  14. ރަބަރޭ

    ނަސީދު ބާކީ ކުރިއަސް ނުކުރި ޔަސް 2023 ނުލިބޭނެ ނަސީދު އާއި އެކީ އަޔަސް 2023 ނުލިބޭނެ ދެން ދުވަހެއްގެ ކޮޅުންވެސް އެމްޑީޕީ ތިޔަ ނަސީދު ހުއްޓާ އެމްޑީޕީ އަކަށް ވެރިކަމެއް ނުލިބޭނެ؛ ެ

    9
    1
  15. ވާނުވާ

    އަންނި ހުރެއްޖެ ނަމަ އމޑޕ އިންތިހާބް ކާމިޔާބެއްނުވާނެ
    އޭނަ އެއީ މިހާރު ފޭލް ވެފަހުރިމީހެއް

    14
    1
  16. އަބްދޫ

    ހަސަނާ ނަސީދު ބާކީ ވެގެންއުލެނީ އަމިއްލަޔަށް. ނަސީދަކީ ބާކީ އެއް ނަސީދަކީ ބާގީ އެއް. ވެރިކަން ގައިރުގާނޫނީ ގޮތުން ލިބުނީމަވެސް.ކުރަންނޭގުނީމަ ލިއުނީ ގާނޫނުއަސާސީ ގަޑުބަޑުކޮށް އަމިއްލަޔަށް ހިންގަން ބާރުތައް އަތައްނެގީކަމަށް ދެން ބުނީ ގާނޫނުއަސަސީވަނީ ހުއްޓިފައޭ.މާނަޔަކީ ގާނޫނުއަސާސީ އުވަލައިފީމޭ ނުވަތަ އަމަލުކުރުން ހުއްޓާލައިފީމޭ.މިވަރުިވިއިރުވެސް މީ ހަސަނަކަށް ވެސް ނޭގުނުތަ ގާނޫނުއަސަސީ އުވާލީމަ ރައިސުލްޖުމްހޫރިއްޔާގެ މަގާމްވެސް އުވޭނެކަމެއް. ދުސްތޫރު މަރުވީމަ ދުސްތޫރުގެ އެންމެ މަގާމެއްވެސް ދިރި ނޮއޮންނާނެކަމެއް. މިފަހަރުޕާޓީއަށް ވެރިކަން ލިބުނީމަ ބުނެފި މަށަކީ މީ ބޮޑުވަޒީރޭ. އަމިއްލަޔަށް ބޮޑުވަޒީރަށް ވެއްޖެ. މަޖިލީހުގެ ގަވާއިދު ބަދަލުކޮށް ވެރިކަމުގެ ކޮންމެ އިދާރާއަކަށް މަޖިލީހުގާ ކޮމިޓީއެއް ހަދައިފި.ޑްރާމާއެއްގެތެރޭން މަޖިލީހުގެ ރައީސްކަންއަތުލާ ގައިރުގާނޫނީ ގައިރު ދުސްތުރީ ބޮޑުވަޒީރަކަށް އަމިއްލަޔަށް ވެގެންފި. ވީމާ ތިޔަ ނަސީދު ބާކީ ކުރަން ނުވަތަ ބާކީ ވާން ނުޖެހޭބާ؟

  17. ރައްޔިތުމީހުން

    އެ ވަކި ކާކު...
    އެއްވެސް އަގެއް ހުރި މީހެއްނޫން.. ފެއިލްގެ މައްޗަށް ފެއިލް..
    ކަލޭމެން ތިބޭ އަންނި ކަލާންގެ ވެގެން.. މި ގައުމު ބާއްވާ.. އަހަރަމެން އުޅެދާނަން ތި އެމްޑީޕީ އާ އަދި އަންނި އާ ނުލާ..

  18. ސަރޭ

    ކަލޯ ކުރ ރޭ 2008 ވަނަ އަހަރުގެ ސަތުކާތުން ބައިތުލއމާލް ދަވާލުން ފިޔަވައި ކަމެއް ކު ރެވުނުތަ؟ބަލަ އާއިލީ ވެރިކަމެއް ބޭނުމެއް ނޫނޭ މިކިޔަނީ ޕާޓީ ތެ ރެއަކުވެސް. މަޖިލިސް ތެ ރެއަށް ތިއާއިލީބަލި އޮތީ ފާވެފެައި. އާއިލީ ބަލިން ޕާޓީއާ ގައުމު ސަލާމަތް ކު ރުރަން ފައްޔާޒަށް ތާއިދު ހަމަ!!!

  19. ގލ

    މިވަގުތަކީ ނަސީދު އެއްފަ ރާތް ވެލަންވީ ވަގުތެވެ މޑޕ
    ތެ ރޭގައި ނަސީދު ނަގަހައްޓާކަމަށް ހެދިގެން އުޅޭމީހުން
    ނަކީ ދެފުށް ދެގޮތް ބައެކެވެ އަމިއްމަސްލަހަތު ކު ރިއަށް
    ނެ ރެ ނަސީދުފަޅި ނަގަނީ ކު ރިންލިބުނު މިންވަ ރަށްވު ރެ
    އިތުރ ރަށް ހޯދުމަށެވެ ނަސީދަށް ހިޔޮއެދިގެންނެއް ނޫނެވެ.

  20. މުހައްމަދު ލާދިމިއާ ޕޫޓިން

    ނަޝީދާއި ނުލާ 2023 ގައި ލިބޭ ވޯޓު ބޮޑުތަނުން މަދުވާނެ...ނަޝީދު، ގާސިމް، އިމްރާން، މަައުމޫން ލައިގެން ވެސް 2023 ގައި ވެރިކަން ލިބުން ނާދިރު...ވަރަށް ބޮޑެތި ގޯސް މިވެރިކަމުގައި ހަދައިފި...

  21. Happy 12345

    ޢެމްޑީޕީ އެކަތިގަނޑަކަށް ވެގެންނޫނީ 2023 ކާމިޔާބުނުވާނެ!

  22. ގާޒީ

    މިވެރީން ނަށް ޣަބްއެގެނީބާ؟!

  23. Anonymous

    2023 އެއް ނަޝީދު ހުއްޓަސް ހަސަން ލަތީފް ހުއްޓަސް މިފަހަރަކު ނުލިބޭނެ މަކަރު ހަދައިގެން ފިޔަވާ 2018 ގޮތައް.

  24. ބަރުގޮނު

    ނަޝީދު ބާކީ ވިއްޔާ ވާނީ ނަޝީދު އުޅޭ ގޮތުން. ނަޝީދަކަށް ޑިމޮކްރެސީއެއް ނުދިރޭ. އެމް.ޑީ.ޕީ ވިއްޔާ ހުންނަންވަނީ ނަޝީދު އެކަނި. ޕާޓީގެ ގިނަ މެްމްބަރުންނަށް ވެސް މިހާރު ނަޝީދު ދަސްވެއްޖެ.