ސަރުކާރުގެ ޚިޔާނާތުގެ ވާހަކަ ޝަރީއަތުގައި ނުދެއްކުމަށާއި، ޚިޔާނާތުގެ ވާހަކަތައް ދައްކައިފިނަމަ ޖަލުގައި ދެރަގޮތެއް ވެދާނެކަމަށްބުނެ އިންޒާރު ދީފައިވާކަމަށް މި ސަރުކާރުގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ވިދާޅުވެއްޖެއެވެ.

އަދީބު މިހެން ވިދާޅުވެފައިވަނީ، އަދީބު ޓުވަރިޒަމް މިނިސްޓަރު ކަމުގައި ހުންނަވައިގެން ފަޅުރަށްތަކާއި ފަޅުތައް ހިމެނޭހެން 10 ތަނެއް އެމްއެމްޕީއާރުސީ އަށް ކުއްޔަށްދިނުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދާދީފައިވާކަމަށްބުނެ ދައުލަތުން އަޙްމަދު އަދީބުއާ ދެކޮޅަށް އުފުލި ދައުވާތަކަށް އިންކާރުކޮށް ކްރިމިނަލް ކޯޓުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެމްއެމްޕީއާރްސީ އިން ފަޅުތަކާއި ރަށްތައް ކުއްޔަށް ދީގެން ލިބުނު 80 މިލިއަން އެމެރިކާ ޑޮލަރު ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ޑޮލަރު މާރުކުރާ ކުންފުނިތަކަށް ދޫކޮށް އެއަށް ލިބުނު ދިވެހި ފައިސާ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ގެންގޮސް އެކި ފަރާތްތަކަށް ބެއްސެވި ކަމަށް ވިދާޅުވުމަށްފަހުގައި އަދީބު ވިދާޅުވީ، އެ ވާހަކަތައް ނުދެއްކުމަށް އަންގާފައިވާ ކަމަށާއި، އެ ވާހަކަތައް ދައްކައިފިނަމަ ޖަލުގައި ދެރަގޮތެއް ވެދާނެކަމަށްބުނެ އިންޒާރު ދީފައިވާކަމަށެވެ. ނަމަވެސް އެފަދަ އިންޒާރެއް ދިނީ ކޮން ފަރާތަކުން ކަމެއް އަދީބު ވިދާޅެއް ނުވެއެވެ.

އަދީބު އިތުރަށް ވިދާޅުވީ، ތިން އަހަރު ދުވަސް ވަންދެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީގު ކުރެއްވުމަށްފަހު މި މައްސަލަތައް ދައުވާކުރަން ފޮނުވިއިރު، ފައިސާގެ ނުވަތަ ޚިޔާނާތުގެ އެއްވެސް ދައުވާއެއް އަދީބުގެ މައްޗަށް އުފުލާފައި ނުވާކަމަށެވެ. އަދި މި ދައުވާއަކީ ސަރުކާރުގެ ވައްކަންތައް ފޮރުވުމަށްޓަކައި ކުރާ ދައުވާއެއް ކަމަށްވެސް އަދީބު ޝަރީއަތުގައި ވިދާޅުވިއެވެ.

އަދީބުގެ މަށްޗަށް ދައުލަތުން މި ދައުވާތައް އުފުލާފައިވަނީ، މ.ރާފުށި، ނ.މާކަނާފުށި، ބ.ދަންދޫ، ބ.މާމަޑުއްވަރި، އދ.އިންނަފުށި، ތ.އެކަރަފުށި ފިނޮޅު އަދި ރ.އުތުރުމާފަރުގެ އިތުރުން މާލެ އަތޮޅުގެ ދެ ފަޅެއް ޓުވަރިޒަމްގެ ބޭނުމަށް ރައީސުލް ޖުމްހޫރިއްޔާ ކަނޑަނާޅުއްވަނީސް އެމްއެމްޕީއާރުސީއަށް ދިން ކަމަށް ބުނެއެވެ.

އަދީބު ކްރިމިނަލް ކޯޓުގައި ދައުވާތަކަށް ޖަވާބުދާރީވަމުން ވިދާޅުވީ، ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް ކަނޑައަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ ބައްދަލުވުންތަކުގައި މަޝްވަރާ ކުރެވުގެން ކަމަށާއި، ރަށްތައް ފަތުރުވެރިކަމަށް ދޫކުރަން ރައީސް ކަނޑަނާޅުއްވަނީސް ކުއްޔަށް ދޫކުރެއްވިކަމަށްބުނެ ދައުވާކުރާއިރު، ދައުވާގެ ލިޔެކިޔުންތަކުގައިވެސް ރަށްތައް ފަތުރުވެރިކަމަށް ދޫކުރުމަށް ރައީސް ނިންމެވި ލިޔުން ހިމަނުއްވާފައިވާ ކަމަށެވެ. ސިޓީ ފޮނުވާފައިވާ ތާރީޚްތައް ފަސްވި ނަމަވެސް ކުއްޔަށް ދޫކުރައްވާފައިވަނީ އެގޮތަށް ރައީސް އޮފީހުން ނިންމެވުމުން ކަމަށް އަދީބު ވިދާޅުވިއެވެ.

މިއަދު ބޭސްފަރުވާއަށް ފުރުޞަތު ނުދީ ދެލޯ އަނދިރިވަންދެން، ސިމެންތި އަށްޓެއްގައި ބޭއްވި ނަމަވެސް ފިކުރަކީ އިޤްތިޞާދީ ފިކުރު ކަމަށާއި، 2015 ވަނަ އަހަރު ރާއްޖެ ހިންގެވީ އަދީބު ކަމަށާއި، މިއަދު ސަރުކާރުން ނިންމަމުންދާ ބިޔަ މަޝްރޫއުތަކަކީ އަދީބުގެ މަސައްކަތުގެ ނަތީޖާކަމަށްވެސް އަދީބު މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ވިދާޅުވިއެވެ. އަދީބު ވިދާޅުވީ، މިއަދު ޖަލުގައި އޮންނަން ޖެހުނު ނަމަވެސް، އޭރު ކުރި މަސައްކަތުން ޤައުމު ތަރައްޤީވާތަން ފެނުމުން އުފާ ކުރައްވާ ކަމަށެވެ.

އަދީބުގެ މައްޗަށް ދައުލަތުން މި ހުރިހާ ރަށްތަކާ ގުޅިގެން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އުފުލާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި ކޮރަޕްޝަން މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ (ށ) ގެ ދަށުންނެވެ. ނަމަވެސް ޤާނޫނުލް އުޤޫބާތަށް އަމަލުކުރަންފެށިފަހުން ހިނގާފައިވާ ކަންކަމަށްވާތީ މާލެ އަތޮޅުގެ އެއް ފަޅާއި، ތ.އެކުރަފުށި ފިނޮޅުގެ މައްސަލަ ހުޅަހަޅާފައިވާ ގޮތަށް ގެންދެވޭނެ ކަމާމެދު އަދީބުގެ ވަކީލުން ވަނީ ސުވާލު އުފައްދާފައެވެ. އަދީބުގެ ވަކީލުން ވިދާޅުވީ، ދެ ޤާނޫނު ފުށޫ އަރާ ކަމަށާއި، އެހެން ކަމުން ދައުވާ ކުރަންޖެހޭނީ ފަހުން އަމަލުކުރަންފެށި ޤާނޫނުލްއުޤޫބާތުގެ 513 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

އަދީބުގެ ވަކީލުން ސުވާލު އުދެއްދުމުން ދައުލަތުން ވިދާޅުވީ، ކޮރަޕްޝަންގެ ޤާނޫނަކީ ހާއްޞަ ޤާނޫނެއް ކަމަށްވާތީ އެ ޤާނޫނުގެ ދަށުން އެ ދެ މައްސަލަވެސް ކުރިއަށް ގެންދެވިދާނެ ކަމަށެވެ. ނަމަވެސް ގާޒީ ނިންމެވީ އެ ދެ ރަށުގެ މައްސަލައިގައި ދެން އަންނަ ޝަރީއަތުގެ މަޖިލީހެއްގައި ޝަރީއަތުން ގޮތެއް ނިންމަވާނެ ކަމަށެވެ.

މީގެ އިތުރުން، މި ދައުވާތަކަކީ ދައުލަތުގެ 100 އިންސައްތަ ހިއްސާވާ ދައުލަތުގެ ކުންފުންޏަކަށް އަދީބު މިނިސްޓަރު ކަމުގައި ހުންނެވިއިރު މަންފާ ހޯދައިދީގެން އުފުލާފައިވާ ދައުވާއެއް ކަމަށާއި، މިއީ އަލަށް ދިމާވި މައްސަލައެއް ކަމަށް އަދީބު ވަކީލު މިއަދުގެ ޝަރީއަތުގައި ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގައި އަދީބުގެ ވަކީލުން ވިދާޅުވީ، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށާއި، ދިފާއީ ހެކި ހުށަހެޅުމަށް ބޭނުންފުޅުވެލައްވަނީ އެހެން އަޑުއެހުމެއްގައި ކަމަށެވެ. މި ހުށަހެޅުމަށް ދައުލަތުންވެސް އިންކާރު ނުކުރައްވާތީ ގާޒީ ނިންމެވީ ދެން އޮންނަ ޝަރީއަތެއްގައި މިއަދު ކުރިއަށް ނުގެންދިޔަ ދެ މައްސަލައަށްވެސް ގޮތެއް ނިންމައި، ދައުލަތާއި ދިފާއަށްވެސް ހެކި ހާމަ ކުރުމަށް ފުރުޞަތު އެރުވުމަށެވެ.

މި ރަށްތަކާ ގުޅޭ ދައުވާތަކަކީ އެއިން ކޮންމެ ދައުވާއެއް ސާބިތުވެއްޖެނަމަ، ކޮންމެ ދައުވާއަކަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ މައްސަލަތަކެކެވެ. ނައިބު ރައީސް ކަމުގެ މަގާމުގައި ހުރެ ރައީސުލްޖުމްހޫރިއްޔާ އަވަހާރަ ކޮށްލަން ހަމަލާ ދިނުމުގެ ތުހުމަތުގައި އަހްމަދު އަދީބު ހައްޔަރު ކުރިތާ 1000 ދުވަސް ވެފައިވާއިރު، އޭނާގެ މައްޗަށް މިހާރު ވެސް ތަފާތު އެކި މައްސަލަތަކުގައި ވަނީ 33 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އުމަރު

    ދެން ތިވީގޮތުން 30 އަހަރަށް ރައީސްކަމަށް ޔާއާއި ޝޭޚު ހޮވި ނިމުނީ. އަދީބަށް ސަލާމަތެއް ނެތް.

  2. ހުސޭނުބޭ

    ދެންތަ ތި ވާހަކަ ދައްކާންވީ! ހަޤީޤަތެއްވިއްޔާ ނިކަން ތަފްސީލުކޮށް ކިޔާދީބަލަ. އޭރުންތާ ސާބިތުވާނީ. މިހާރު ކޮކުގެ ބަލި ފަސޭހަވެ ތިންލޯވެސް ހަމަވީކަން ނޭގެ!

  3. ނަންްްްްް

    ދޮގެއް. ޔާމީންފަދަ އޯގާވެރި އިއްޒަތްތެރި ރައީސަކު ބުނުއްވާނެ ވާހަކައެއް ނޫން

  4. އަހުމަދު

    މޮޔަައަދިިބު ކަނެވަރަކައް ކައިފަ ޖަލައްލިމަ .؟ތިބަހުން ބެެޒަަރުވި ތިމޮޔަ.

  5. ޞަދުރީ

    މަބުނީ ކަލޭ 33 އަހަރަށް ޖަލަށްލީ ކަލޭ އެއްވެސް ކަމެއް ނުކޮށްހުއްޓާ ކަލޭގެ މައުސޫމް ކަމުންދޯ/ ބަލަ އެމްޑީޕީން ވެސް ގޮވާލާ ގޮވެލިފަތީގައި ކަލޭގެނަމެއް ނުހިމަނަނީ ކަލެޔަކީ ތީ ގައުމަށް ހުރި ބޮޑު ނުރަށްކަލަކަށްވާތީ.

  6. ކައްކާ

    އެހެންވެގެންބާ އަދީބުގެ މީހުން އުފަލުގައި ރާއްޖެއިން ބޭރުގައި އުޅުއްވެނީ

  7. މަރޭ

    ހޭބުއްދި ހުރެ ޔަމީނާއެކުގަ ކުރިކަމެއް ކުރީ އެހެން ވީމަ ތިވާހަކަ ތަށް ދެއްކުން އެއީ އަމިއްލަ ނަފުސައް ވެސް އިތުބަރު ގެއްލިފަހުރުން. އެކަމެއް ގެ ވަގުރުގަ ނޫނެކޭ ނުވަތަ އާއެކޭ ބުނާމިހުން އެއީ ބަޔަކީ.ބޭނުންވާގޮތަށް ކަންކަން ނުވީމަ އަނެއްމިހާ ބޭޒާރުކުރުކުގެ ބެނުްމެއް ނެތް.

  8. ޕޮކަންޑިމޭން

    އެމްޑީޕީއިން މޫސާ ސިރާޖު ލައްވާ އަދީބަށް ލަވާދޭ ކެމްޕެއިން ޕޮއިންޓްސް ފަހުމްނުވާ ވަކިނުވާވަރުގެ ގަމާރުން ދިވެހިންގެ ތެރޭގައި މިހާރު ވަރަށް މަދުވާނެ. ކުރިންނަމަ ތިކަހަލަ ޖަމަލުފޮޑި ތަކުން ވަރަށް ގިނަ މީހުން މަގުފުރެދޭނެ. އަދިވެސް ވަކީލުން އަދީބު ނަމުގައި ނެރޭ ބަޔާންތަކުގެ ޛަރީއާއިން މިފަދަ ދެއުޅިއެއްނުވާ ވާހަކަތައް އަޑުއިވޭނެ. މާދަމާ ބުނެފާނެ ރިލްވާން ވަގަށް ނެގީ ދެމީހުން ވެގެންއޭ، އެރޭ ރަތްކާރުގެ ޑްރައިވަރަކަށް އިނީ ޔާމީނޭ.

  9. ފަޅުވެރިން

    އަދީބު ބުނެލާ ކޮންމެ އެއްޗަކީ އާޔަތަކަށް ވުރެވެސް ތެދު އެއްޗެއްކަމަށް ބަލާ މީހުންގެ މޮޔަކަމާއެވެ! އެއިންވެސް އެނގެނީ އެފަދަ މީހުން ޑެސްޕަރޭޓް ވެފައިތިބޭ މިންވަރެވެ! ބަލަ 80 މިލިއަން ޑޮލަރު ރައީސްގެ ގެކޮޅުގައި ބަހަން އެއީ އޭނަ އެއްދުވަހުން އެކީ އެއްފަހަރާ ނެގި ފައިސާއެއްތަ؟ މޮޔަ ގޮވިއަސް ފުކެއް ބޮޑު! އެހެންނެއް ނޫން، ޖަލުގައި ގިނަ ދުވަސްވީމާ ބޮލަށް އެރި އާވިތައް ތަންކޮޅެއް ގިނަވީ! ނޫނީ އިދިކޮޅޭމެންގެ ކެމްޕޭން ކަންތައް މާދެރަކޮށް އުޅޭތީ ކެމްޕޭން ކޮށްލަދިނީދޯ؟ ރީނދޫ ކުދިން ވަރަށް ހެޕީވާނެ ތިޔަފަދަ ވާހަކައެއް އިވުނަސް! އެނޫން ކަމެއް ތިޔަ ވާހަކައަކުން ނުވާނެ!!

  10. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    އަދީބު ގޮޅިއަށް ގޮސްފައިވަނީ، ޔާމީނަށް ޙަމަލާއެއް ދިނުމުން، އެޙަމަލާ ނާކާމިޔާބު ވުމުންކަމާ، މައުމޫނު ޢަމަލު ކޮށްފައިވަނީ، ޢަމަލު ކުރަމުންދާ ޤާނޫނުގެ އިމުގެ ތެރޭގައި ނޫންކަމާ، ޤާސިމަށް ބަދުނަޞީބު ދެރަގޮތެއް ދިމާވެފައިވަނީ، އަމިއްލަ އިހުމާލުންކަމާ، ދެފަނޑިޔާރުންގެ ވިސްނުންފުޅުގައި ދައުލަތުގެ އެންމެމަތީ ބާރަކީ، އުއްތަމަ ފަނޑިޔާރުކަމަށް ހީވެފައި އޮތް އޮތުމުގެ މައްޗަށް ވަލިއްޔުލް އަމުރު ހައްޔަރު ކުރުމުގެ ސައްލާތައް ފަޅާއެރުމާ ގުޅިގެން ވަލިއްޔުލް އަމުރު ލީގަލް އެކްޝަން ނަގާފައިވަނީ، ރައްޔިތުންގެ ޙުރުމަތުގައި، ޤާނޫނުތައް ނަގަހައްޓާ ދެމެހެއްޓުމުގެ ގޮތުން އެކަން ކުރަން އޮންނަ އުޞޫލުންކަމާ، އޭގެފަހުގައި ހުރިހާ ޗެނަލަކުން ރައްޔިތުންގެ މަޞްކަޙަތަށް، ރާއްޖޭގެ މަޞްލަޙަތަށް އިސްކަން ދެއްވުމަށް ފާޅުކުރަމުންދާ ޝިޢާރަކީ، ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ ކަމެއްކަމާ، މިކަންކަމަކީ، އެއްވެސް މީހަކަށް އޮޅުވާލެވޭނޭ ކަންކަމެއްނޫނެވެ.

  11. ލަންސިމޫ

    ކޮރަޕްޝަން ހިންގިކަމަށް ތިއޮއް އެއްބަސްވެވުނީ ކޮއިފުޅާ!! ހާދަފަހަކުން ތިކަން ތިހަނދާންވީ؟ އެހުރިހާ ފައިސާއެއް ނެގީ އެންމެދުވަހަކުންދޯ ވަގުތުން ގުނާފައި، ބަހައި ނިންމާލަން! ގޮޅީގައި އެހާ ގިނަ ދުވަސްވީމާ ތިޔަކަހަލަ އާވިގަނޑުގަނޑު އަރާނެ!!

  12. ހަރިކާން

    ލޯ އަނދިރިކަމުން އަލިކަމުގެ ތެރެއައް އަޢީތަ ދެންވެސް ދޮގުހަދަ ހަދާ ޖަލުގަ ހުރޭ .

  13. ޖޮއްބެ

    އަދީބުއާ ކެރަފާނަޝީދުއާ ދެމީހުން ދައްކާވާހަކަ ނުވާނެ ގަބޫލުކުރާކަށް. އެހެނީ އެދެމީހުން ތެދެއް ހެދެން އޮތްތާވެސް ދޮގެއްހެދޭތޯބަލާނީ. އަދީބަކީ ގައުމުގެ ބޮޑުވަގު ގެ އިތުރުން ރައީސް ޔާމީން އަވަހާރަކޮށްލައިގެން ކުރުމަގަކުން ރައީސްކަމަށް އަރަން އުޅުނު ބޮޑު ޚާއިނެއް.

  14. ނައިންޓީ

    މީހަކު ބުނެގެންވެސް ނުޖެހޭދޯ ވައްކަން ކޮށްދޭކަށް. ކަލޭ މޮޔަވެގެންތަ ހުރިހަ ވައްކަމެއް ކޮށްދިނީ. އަދި އެ ކޮންމެ ވައްކަމަކުން މިލިޔަނެއް މަދުވެގެން ޖީބަށްލީ ކަލޭގެ ހުރި އިހްސާންތެރިކަމުންތަ. އެދުހު ހުރިހާ ޖަރީމާއެއް ހިންގަން ކަލޭ އުޅުނުކަން ދިވެހި ފަސްގަނޑު ހެކިވާއިރު މިއަދު ކޮން ވާހަކައެއް ތިދައްކަނީ. ތިޔައީ ބޮޑު ކުށްވެރިއެއް. މި ރާއްޖޭގެ ވެރިކަމަށް ކޮންމެ މީހަކު އަޔަށް ކަލޭ ކުރި ވައްކަންތަކަށް އަދަބު ދޭންޖެހޭނެ.

  15. ބިރު

    ހޫމް. ޔާމީނު ނެގީ 1 މިލިއަން ޑޮލަރު. ކޮބާތަ ބާކީ 79 މިލިއަން. ކަލެޔައް ކިހާވަރެއް.

  16. އާދަމް

    މީނާއަކީ ތެދެއްހަދަން ނޭގެތާގަ ދޮގެއްހަދަންވެސްނޭގޭ މޮޔައެއް

  17. ކެޔޮޅު

    މިހާރު ގައުމުތަރައްޤީކުރަނީވެސް މީނާކަމަށް ބަލަންވީދޯ!! ހަމަރަނގަޅަށްވެސް ބޯގޯހެއް!