ކޮވިޑް އިމާޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ދެ ކުންފުންޏަކާއި އެކު އިކޮނޮމިކް މިނިސްޓްރީން ސޮއިކޮށްފި އެވެ.

އެ މިނިސްޓްރީން ޒުވާނުން ތަމްރީން ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާއި އެކުގަ އެވެ.

އެ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރު ނީޒާ އިމާދެވެ. އަދި އެމްއޭސީއެލްގެ ފަރާތުން އެކުންފުނީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު ގުރައިޝާ އިސްމާއީލް ސޮއިކޮށްފައި ވާއިރު ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދުއެވެ.

އެ ދެ ކުންފުންޏާއި އެކު ސޮއިކުރެވުނު އެއްބަސްވުމަކީ ކޮވިޑް އިމާޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމާ ގުޅޭ އެއްބަސްވުމެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަގްސަދަކީ ކޮވިޑާއި ގުޅިގެން ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުންކަމަށެވެ. އެގޮތުން ވަޒީފާގެ ބާޒާރަށް ނިކުތުމުގައި ވަޒީފާއާއި ގުޅުންހުރި ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު އެ ފަރާތްތަކަށް ފަހިކޮށްދިނުމަކީވެސް މިޕްރޮގްރާމް ހިންގުމުގެ މަޤްސަދެއް ކަމަށެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެމްއޭސީއެލްއިން އިލެކްޓްރިކަލް، ވެލްޑިން، ރެފްރިޖަރޭޝަން، އަދި އެއާ ކޮންޑިޝަނިން ފަދަ ދާއިރާތަކުން އެސިސްޓަންޓް ޓެކްނީޝަނުން ތަމްރީންކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އަދި ފެނަކައިން ވޯޓާ ޕްލާންޓް އެންޑް ސްވަރޭޖް އޮޕަރޭޝަންގެ އިތުރުން އިލެކްޓްރިކަލް އިންސްޓޮލޭޝަން އަދި މެއިންޓަނެންސްގެ ދާއިރާތަކުން ޒުވާނުން ތަމްރީން ކުރަން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތަމްރީން

    މިހާރު ވަޒީފާގެ ކިތހަންމެ ތަމްރީނެއް ހުއްޓަސް ވަޒީފާއެއް ނުލިބޭ...ތަމްރީން ވާން ވީ ސިޔާސީ ޕޯޑިއަމް ތަކަށް އަރާ އަޑުގަދަ ކުރަން އޭރުން ޔަގީން ކަމާއި އެކު ކުރިމަތި ލި ކޮންމެ ވަޒީފާއެއް ލިބޭނެ...މީ މިހާރު މިގައުމުގެ ހަގީގަތަކީ.......އަހަރެން މީ އެކަން ތަޖުރިބާ ކޮށްފަ ހުރިމީހެއް...ކުރިމަތި ލި ވަޒީފާ އަށް ޝަރުތު ހަމަވޭ،،ތަޖުތިބާ 5 އަހަރު ސެޓްފިކެޓް އޮތް އެކަމް ވަޒީފާ ލިބުނީ ތަޖުރިބާ ނެތް އެކްޓިވިސްޓަކަށް......ގަެުމުގެ ހާލަތު

  2. ބޮޑުބެ

    މި ސަރުކާރު ހަމަ ގަދަ

  3. ގަނޖ

    މަސްތުވާ ތަކެތީގެ ތަމްރީނުދޯ ވަރައް ސަޅިވާނެ ގިނަވާނެ ބިޒުނަސްކުރާ ޒުވާނުން