ރާއްޖޭގެ އެކި ރަށްރަށުގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ އެމްބިއުލެންސްތައް ސަޕްލައި ކުރުމަށް އެސްޓީއޯއިން ހަވާލުވި ޕްރޮޖެކްޓް ނިންމައި ހުރިހާ އެމްބިއުލެންސްތައް ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

އެ ޕްރޮޖެކްޓްގެ ދަށުން 96 ބަސް އެސްޓީއޯއިން ހެލްތު މިނިސްޓްރީއަށް ފޯރުކޮށްދޭންޖެެހެއެވެ. އެކި ދުވަސްތަކުގެ މަތިން އެކި އަދަދަށް އެމްބިއުލެންސްތައް ގެނެސްފައިވާއިރު އެންމެ ފަހުން ގެނައި އެމްބިއުލާންސްތައް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓްރީއާ ވަނީ ހަވާލުކޮށްފައެވެ.

އެއާއެކު ޖުމްލަ 96 އެމްބިއުލާންސް މިއަދާ ހަމައަށް މިނިސްޓްރީއާ ވަނީ ހަވާލު ކުރެވިފައެެވެ.

އެސްޓީއޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްބިއުލެންސްތައް ހަވާލުކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މުހައްމަދު ރަޝާދު އެވެ. އަދި އެ އެމްބިއުލާންސްތަކާއި ހަވާލުވެލެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އެވެ.

ސިއްހީ ދާއިރާގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުުރުމުގެ ގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް އެމްބިއުލެންސްގެ ހިދުމަތް ފޯރުކޮށްދޭން މި ސަރުކާރުން ވަނީ އަމާޒު ހިފައިފައެވެ.

އެސްޓީއޯއިން ބުނީ މިފަދަ ޕްރޮޖެކްޓެއްގައި ހިއްސާވުމަކީ އެ ކުންފުންޏަށް ލިބޭ ހާއްސަ އުފަލެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގ

    ތިފޮޓޯގަ ވެހިކަލް ކޮންޑިޝަން ގްރޭޑިން ތިއޮތީ އެންމެ ދަށް ފެންވަރުގަކަމަށް ދޮރުގަ އިން ސްޓިކާއިން ފެންނަނީ. މިކަމުގެ ހަގީގަތަކީ ކޮބައިތޯ؟ ނޫނީ އެސްޓިކާ އެއީ އޮޅުމަކުން ހިއްޕާފަ އޮތް ސްޓިކާއެއްތޯ؟

    6
    1
  2. ސެންޗޯ

    ހެލްތު މިނިސްޓަރަށް ސާބަސް

  3. ވ

    މި އެންބިއުލާންސް ތައް ގިނައީ ޕެރަމެޑިކަލް އެންބިއުލާންސް ގެ އަގުގައި ސާބަސް ދޭންވީ އެކަމަށް އެއީ ފަސްލައްކަ އަށް ލިބޭ އެއްޗެއް 1.2 މިލިއަަނަށް .... އެހެން ވީމާ ކަޓް ހުންނާނީ ނެގިފައި ތާ ނަސީމް ދުވަހަކު ވެސް ކަމެއް ނުކުރާނެ ކަޓް ނޯންނަ ގޮަތަށް މިކަމުގައި ފަސް މީހަކަށް ބައި އެޅި މިކަން ދޮގު ކުރާކަން ލާހިކެއް ނޫން 96 އެތި ގަންނަން 100 މިލައަނަށް ވުރެ ގިނަ ފައިސާ ޚަރަދު ކުރި މިވަރު އޮޅުވާލުމެއް އޮޅުވާލާކަށް ނުވާނެ އޭސީސީ އިން އިސްނަގައިގެން މިކަން ބަލާބަލަ