ރަސްފަންނު ސަރަހައްދުގައި، ހައި-އެންޑް ވޯޓާ ފްރަންޓް އެޕާޓްމަންޓް ހިމެނޭ ގޮތަށް ތަރައްގީކުރާ މިކްސްޑް ޔޫސް ޑިވެލޮޕްމެންޓް މަޝްރޫއުގެ ދަށުން އެސަރަހައްދުގައި ތަރައްގީކުރާ 533 އެޕާޓްމެންޓްގެ ބިންގާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަޅުއްވައިދެއްވައިފިއެވެ.

މި ފްލެޓްތަކުގެ ބިންގާ އަޅުވައިދެއްވީ މިރޭ ރަސްފަންނު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގެ ތެރެއިން މިކްސްޑް ޔޫސް ޑިވެލޮޕްމެންޓް މަޝްރޫއުގެ މޮޑެލްއެއްވެސް ރައީސް ޔާމީން އާއި ވަނީ ހަވާލުކޮށްފައެވެ.

މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ކޮރަލް ބޮލަވާޑް ކުންފުންޏާއެވެ. މި މަޝްރޫއު ނިންމަން 40 މަސް ދުވަސް ކަނޑައަޅާފައިވާއިރު، މި މަޝްރޫއުގެ އެސްޓިމޭޓް އަގަކީ 220 މިލިއަން ޑޮލަރު ހަރަދުކުރުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއުގެ ދަށުން 70 ހާސް އަކަފޫޓުގެ ސަރަހައްދެއްްގައި މިކްސްޑް ޔޫސް ޑިވެލޮޕްމެންޓްގެ ޓަވަރުތަކެއް ތަރައްގީ ކުރެވޭނެއެވެ. އެ ޓަވަރުތަކުގެ އުސްމިނުގައި 100 މީޓަރު ހުންނައިރު، އެއީ 28 ބުރީގެ ހަތަރު ޓަވަރެވެ.

އޭގެ ތެރޭގައި އެއް ޓަވަރު ހާއްސަކޮށްފައި ވަނީ ހޮޓެލް ޑެވެލޮޕްމެންޓަށެވެ. އެގޮތުން އެ ޓަވަރުގައި އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ 228 ހޮޓެލް ރޫމްސް ތަރައްގީ ކުރާނެއެވެ. އެ ޓަވަރު އެޅުމަށް ކަނޑައަޅާފައިވާ ބިމުގެ ބޮޑުމިނަކީ 8500 އަކަފޫޓެވެ.

އަދި ބާކީ ހުރި ތިން ޓަވަރު ހާއްސަކޮށްފައި ވަނީ ރެޒިޑެންޝިއަލް ޑެވެލޮޕްމެންޓަށެވެ. އޭގެ ތެރެއިން ޓަވަރު ދޭއްގެ ބޮޑުމިން 10500 އަކަފޫޓު އަދި ޓަވަރު ތިނެއްގައި 13788 އަކަފޫޓުގެ ބިމެއް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ސްކައިވިލާޒްއާއެކު ރެޒިޑެންޝަލް ޑެވެލޮޕްމެންޓަށް ހާއްސަކޮށްގެން ތަރައްގީ ކުރެވޭ ހަތަރު ވަނަ ޓަވަރު އަޅާ ބިމުގެ ބޮޑުމިނަކީ 8666 އަކަފޫޓެވެ. އެ ތިން ޓަވަރުގައި 533 ރެޒިޑެންޝަލް އެޕާޓްމެންޓް ހިމެނޭއިރު، އެތަނުގައި ދެ ކޮޓަރިއާއި ހަތަރި ކޮޓަރީގެ ލަގްޒަރީ ކޮޓަރިތަކަށް ތަރައްގީ ކުރާނެއެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ، މި ތިން ޓަވަރުގެ ތިން ވަނަ ފަންގިފިލާއާއި ހަމައަށް ގުޅާލެވިފައިވާއިރު، އެތަން ރީޓެއިލް ސާވިސް އައުޓްލެޓްސް ޝޮޕިންގ، އެންޓަޓައިންމެންޓް އަދި ކަލްޗަރަލް ސްޕޭސްގެ ގޮތުގައި ތަރައްގީ ކުރެވިގެންދާނެއެވެ. އަދި އެތަނުގައި ޒަމާނީ ފެންވަރުގެ ސްވިމިންގ ޕޫލްތަކާއި، ކުޑަކުދިން ކުޅެން ހާއްސަ ސަރަހައްދުތަކާއި ޖިމް އަދި ސްކައި ޓެރަސްގެ އިތުރުން، ސްކައި ރޫފްޓޮޕް ސިނަމާ އާއި ރޫފް ގާޑެންއެއްވެސް ހިމެނިގެންދާނެއެވެ. މި ޓަވަރުތަކުގެ އިތުރުން، ޕަބްލިކް އިންޑޯ އަދި އައުޓް ޑޯ ސްޕޯޓްސް އޭރިއާއެއްވެސް ހިމެނެއެވެ.

މި މަޝްރޫއު ކުރިއަށްގެންދަނީ ތާޖުއްދީން ސްކޫލުގެ ފަހަތުން އޮންނަ ފުޓްސަލް ދަނޑުން ފެށިގެން، ސޯޝަލް ސެންޓަރުގެ ނެޓްބޯޅަ ކޯޓާ ހަމައަށް އޮތް ސަރަހައްދުގައެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދިޔުމަށްޓަކައި އެތަނުގައި ހުރި ބައެއް ވަސީލަތްތަކާއި ހިދުމަތްތައް އެހެން ސަރަހައްދަކަށް ބަދަލު ކުރެވި އެތަން ތަރައްގީ ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މިއީ މިފަދަ ގޮތަކަށް ރާއްޖޭގައި ތަރައްގީ ކުރާ ފުރަތަމަ އެޕާޓްމެންޓްތަކެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މުއީޒު

    އަދި ކިރިޔާ ބިންގާ އެޅީ؟ މަ ހީކުރީ އިންތިހާބުގެކުރިން މީހުން އުޅޭނެކަމަށް ތިތާގަ!

  2. ސައުކަތު

    މާލެ ނޫން ތަނެއް ލޮލަށް ނުފެންނަނީތަ... މާލެއިން އެކަނި ނޫން އެނގޭ ވޯޓް ދޭނިއެއް.

    • ޙމ

      މާލެއައް އެކަނިތަ ކަންތައް ކޮއްދެނީ . ޜާޢްޖެތެރޭ ރައްރަށައް ބަލާލީމަ އެނގޭނެ މާލެ އައް އެކަނި ނޫން ކަން ކަންތައް ކޮއްދެނީ. ސުކުރިއްޔާ ރައީސް ޔާމީން

  3. ތުނިޔަ

    އަގު ކިހިނެތް؟ އަތްފޯރާނެބާ!

  4. އިލްމާ

    މިއީ ބޮޑު އަގުގައި އެޅި ހޮސްޕިޓަލްގެ ބާކީ ލާރިން އަމިއްލަ ހިއްސާ އޮންނަ ކުންފުނިން އަޅާ ތަނަކޮ

  5. ހަބޭސް

    ތީތި ކަޑަ ރާއްޖޭގެ ރަށްތަށް ކުދިވެފައިގިނަ އަބަދުވެސް މިދައްކަނީ މާލެ ތޮއްޖެހިފައިވާ ވާހަކަ ފަތިނުފުރުނަމަވެސް ބިންމިވަނީ ފުރިފަ ތިޢިމާރާތްތަކަށް ކޮންމެތަނަކުން ކޮންމެ ބަޔަކުއައިސް ވަންނަންވިއަސް އެމީހުން ބެނުންކުރާނީ މާލޭގަ މިހުރި ހަނިމަގުތައް އެހެންވެ މިބުނީ ތިއެތި ކަޑައޭ

  6. ސައީދު

    ތިއީ ތަރައްގީ ކަމަށް ވަންޏާ ތި ތަރައްގީ މާލެ ނޫން އަތޮޅުތެރޭގެ އެހެން ރައްތަކަށް ގެނދެބަލަ.، ނުކެރޭނެ، އަޅުވެތި ކުރަން އަބަދުވެސް ދަންނާނި... މިވަރުގެ ކޮމެންޓް އެއވެސް ވަގުތު ނޫހަށް ޕަބްލިޝް ކުރާކަށް ނުކެރޭނެ. ފިނޑި ވަގުތު.

  7. އަބްދުރަހީމް

    ތިއީ ތަރައްޤީ ކަމަށް ވަންޏާ ތި ތަރައްޤީ އަތޮޅުތެރޭގެ އެހެން ރައްތަކަށް ގެނެސް ދީބަލަ، އެވަރުގެ ވެރިއަކު ނާންނަނީ ކީއްވެ، އެންމެންވެސް ބޭނުންވަނީ މާލެ ގެނެސް އަޅުވެތި ކުރަން. މާލެ މާލެ މާލެ... މި ނޫން ތަނެއް ނެތީތަ މި ރާއްޖޭގަ. އަތޮޅު ތެރޭގެ ރައްޔިތުންވެސް ވޯޓް އެނގޭތޯ ދެއްވާނި.

  8. ޙުސައިން

    ބިކިނީގައި ރަސްފަންނަށް މޫދަށްވެސް އެރެވޭ ގޮތަށް ދެއްތޯ އޮތީ؟

  9. އަޙުމަދު

    ރައީސް ޔާމީން އެކުރައްވާ މަސައްކަތަށް ހަމަ އައްސަރިބަހާ ސާބަސް

  10. މަ

    މިއިމާރާތް މިހަދަނީ އީޔޫއާ ގުޅުމެއް ނެތް ތަކެއްޗާ ފައިސާތައް ބޭނުންކޮށްގެންތަ؟

  11. ދީބު

    މާލޭގަ ކުރާ ކަންކަމުގެ ފައިދާއާއި މަންފާ މި ލިބެނީ މާލޭގެ ރައްޔިތުންނަށްތަ؟
    ބަލަ މާލެ ތޮއްޖެހިފައި މި އޮތީ މާލެ ނޫން ރަށްރަށުގެ މީހުން އަމިއްލަ ރަށާއި މައިންބަފައިން ދޫކޮށް ރަށަށް ތަރައްޤީއެއް ގެނައުމަށް މަސައްކަތް ނުކޮށް އަމިއްލަ ދިރިއުޅުން ފަހިކުރަންވެގެން މާލެއަށް އައި މީހުންގެ ސަބަބުން. މިއަދު މާލޭގައި ކުރާ ގިނަކަންކަން ކުރަނީވެސް މާލެނޫން ރަށްރަށުގެ މީހުން އެކަން އެގޮތަށް ކުރުވާތީ!

  12. ތަރައްޤީ

    މީ ތަރައްޤީ ނޫނިއްޔާ ޔޫއޭއީ އާއި ސިންގަޕޫރަކީ ވެސް ތަރައްޤީވެފައިވާ ސިޓީތައް ކަމަކަށް ނުކިޔާނެ. ނިޢުމަތަށް ޝުކުރުކޮށް ނިޢުމަތް އިތުރުކުރަން ނޫޅެ އަބަދުވެސް ފިތުނައާއި ހަމަނުޖެހުމަށް ވާގި ދިނުން ނޫންކަމެއް އެމްޑީޕީ މީހުންނަކަށް ނުވެސް އެނގޭނެ. ގިނައިން އެތާ ތިބީ ވަގުން ކަމަށް ވާތީ ތަރައްޤީގެ ޚިޔާލު ދޫކޮށް ވައްކަން ކުރާ ވާހަކަ ނޫނީ ދައްކާކަށްވެސް ނޭނގޭނެ. ޢުމަރު ބުނާހެން އިޞުގެ ސިޔާސަތެއް އަދި އަޑެއް ނީވޭ. ނީވޭނެތާ. އޭނާގެ މަގުސޮދަކީ ހަމައެކަނި އަންނި މިނިވަންކޮށް އިސްތިއުފާ ދިނުން ވިއްޔަ.

  13. ތާރީޚް އޮތީ ބަދަލުވެފަ

    ރާއްޖޭގެ ތާރީޚް ބަދަލުކޮށްލީ ރައީސުލްޖުމްހޫރިއްޔާ ގެ ގޯސްކަމުން، ދުނިޔޭގެ ޤައުމުތަކުން ރާއްޖޭގެ އިސްވެރިންނާއި މެދު ފިޔަވަޅު އެޅި ހިސާބުންނެވެ.

  14. ހުސޭނު

    ސައުކަތު ހއ އަތޮޅުން ފަށައިގެން ޏ އަތޮޅައް ދަތުރުކޮށް ބަލާލަބަލަ ރައީސް ޔާމީންގެ ވެރިކަމުގައި އަތޮޅުތެރެއަށް އައި ބޮޑު ކުރިއެރުން . ދޮންމަނިކު ލޯ ލޮލުގެ ޑޮކުޓަރަކަށް ދައްކާލާފައި ދަތުރު ފަށާތި....

  15. ފާނު

    ރާއްޖެކިޔަނީ މާލެއަށްތަ...