އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެމްޑީޕީގެ ޗެއާޕާސަންކަމަށް ގެންނަން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދެެއްވާނެ ކަމަށާއި އެހެން ނަމަވެސް އިންތިހާބާ ދިމާކޮށް ވަކި ވަކިބަޔަކަށް ވަޒީފާތަކެއް ނުދެއްވާނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެެކްޓަރު އަހުމަދު ޝަރީފް (އީސީ ޝަރީފް) ވިދާޅުވެއްޖެ އެވެ.

ޝަރީފް އެގޮތަށް ވިދާޅުވީ, ރޭ ސަންގު ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނެވެ،

ޝަރީފް ވިދާޅުވީ, ފައްޔާޒަށް ތާއިދުކުރައްވަނީ ރައީސް ސޯލިހު ވެސް ފައްޔާޒަށް ތާއިދުކުރައްވާތީ ކަމަށާއި ސިޔާސީ ގޮތުން އޭނާ ވެސް ހުންނެވީ ރައީސް ސޯލިހުއާ އެކު ކަަމަށެވެ.

ޝަރީފް ވިދާޅުވީ, ރަސްމީ ގޮތުން އެމްޑީޕީގައި ރަޖިސްޓްރީ ކުރެވިފައި ނެތް ނަމަވެސް އެ ޕާޓީގައި މަސައްކަތް ކުރައްވާ ކަމަށެވެ.

"ރައީސް ސޯލިހި ތާއިދުކުރައްވާ ކެންޑިޑޭޓަކީ ފަޔާ ކަމަށް އެނިފައި އޮތީމާ އެ ކެންޑިޑޭޓް ހޮވުމަށްޓަކައި އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނަން" ޝަރީފް ވިދާޅުވި އެވެ.

އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ އެކި އެކި ކުންފުނިތަކުން ފައްޔާޒަށް ތާއިދުކުރައްވާ ފަރާތްތަކަށް ވަޒީފާތައް ދީ އަދި ތާއިދު ނުކުރާނަމަ ވަކިކުރާ ކަމަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅޭ ގޮތުން ޝަރީފަށް ވެސް ރޭ ސުވާލު އަމާޒުވި އެވެ.

ނަމަވެސް ވަކި ފައްޔާޒަށް ތާއިދުކުރަތީ ވަކި ބަޔަކަށް ވަޒީފާދީ އަދި ނުކުރާނަމަ ވަޒީފާއިން ވަކިކުރުނަ ފަދަ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކަންކަން ނުހިނގާނެކަމަށް ޝަރީފް ވިދާޅުވި އެވެ.

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހަސަން ކުރުސީ

    ދެން ތިބަގައަކަށް ތިތާ ހުންނާކަށް މާ ގިނަދުވަހެއް ނެތް.. ފޮނު ނާރުވާ

    28
  2. ތިމަރަގަނޑު

    ތަ އަތުގަ ތި އަޅާފަ އޮތް ކެވެލި 2023 ގަ ނަގާފަ އަޅުވާނީ ކީސްބިޑިއެއް.

    12
  3. ޖޯކަރު

    ތިކަހަލަގެ ވަގުންނާ އިތުބާރު ގެއްލިފާފާ ދެއިރު ދެދަޅަޔަށް ކުލބަދަލްކޮށްގެން އުޅޭ ކަރަޕްޓް ހަރާންލާރި ން ފޯވެފައިވާ ގައުމައް ގައްދަރުން މޑޕ އާ ގުޅޭތަން މިފެންނަނީ މޑޕ އަކީ ތާހިރު ޑިމަކްރަސީ ގަ ހިންގަމުން އައި ޕާޓީ އެއް މައުމޫނާ ސޭޓާ އިމުރާނަކާ މިކަހަލގެ ގައުމަށްގައްދާރު މޑޕ ވެރިކަން ވައްޓާލި ބާޢީން އައިސް އޑޕ ހިސާރު ކޮށްގެން މިއުޅެނީ މޑޕ އެބަޖެހޭ ތާހިރު ޕާޓީ އަކަށް ހަދަނ ރ ަނސީދަށް ގޮވާލަން ޕާޓީން ކުނިބުނި ބޭރުކޮށް ޕަޓީ ރީތިކުރުމަށް ގިނައީ ބާގީން ދެން ވަގުން އައިސް ޕާޓީ ހިސޯރުކޮށްފި

    12
  4. މާމީ

    އަދި ވެސް މީހެއްކަމައްތަ ހީކުރަނީ

    14
  5. ހައްގުބަސް

    ކަލެއާއެކޮށް ވޯޓްކާލި ބައެއް ވަގުން އުޅޭނަދޯ އީސީގަ،

    15
  6. ޚަލީލު

    މިހާރުވެސް ގަވާއިދާ ޚިލާފަށް ބަޔަކަށް ޕްރޮމޯޝަން ދޭން އުޅޭކަމަށް ސްޓެލްކޯގެ އިސް މީހަކު ބުނި.

    14
  7. ކެބެރީ

    މުވެއްޒަފުންނަން މަޖުބޫރުކުރޭ ފަޔާޒައް ވޯޓު ދޭން ކެންޕެއިންކުރަން

    13
  8. ރިޒާ

    ބުނި ކޮންމެ ކަމެއްކުރާނެ ވޯޓުވެސް އޮޅުވާލަދިން ވިއްޔާ

    15
  9. ކިނބޫ

    އީސީ ލ.މާމެންދޫ ފެނަކަޔައް ކުއްލިއަކައް މުވައްޒަފުން ބަސްތާއެއް އޮއްސިގެން ހިގައްޖެ ކޮނމެ ފަހަރަކު ކެމްޕޭނު ޓީމް އަންނަން އިރައް. ޢެކުދިން ހިލޭ ސާބަހައްތަ އެއުޅެނީ

    14
  10. އިންތި

    ސާބަހޭ ސަރީފޫ ވަޒީފާ ދީގެންވެސް ފައްޔަ ހޮވަންވީ އޭރުން އނނ ސައިޒް ކުރެވޭނީ

    3
    1
  11. ޔަގީން

    ދޮގުނުހަދާ ސާބިތު ހެއްކާ އެކު ބުނަން ވަޒީފާ އެބަހުރި ދީފަ

    4
    1
  12. މުހައްމަދު އަހްމަދު

    އޭނާއަކީ، ހިހޫތަނުން ކައިގެން އުޅެން ދަންނަ "ހިޔަޅު ބުއްދީގެ" މީހެއް. އެހެންޏާފަހެ ޑީއާރުޕީން، ޕީއޭ އިން، ޕީޕީއެމުން، ޑރ ވަހީދު ޕާޓީން، އަނެއްކާ ވެސް ޕީޕީއެމުން، ނުރަސްމީކޮށް ޖޭޕީން މިހާރު އެމްޑީޕީގެ ޕަޕެޓަކަށް އޭނާ ތިވީ، ބޯވައަކަށް ވާތީއެއް ނުން.

  13. ފަރުޙަތު

    ޝަރީފަކީ، ރައީސް ނަޝީދާއި، ރައީސް އިބޫ ފަދަ އިޚްލާސްތެރި، އަމާނާތްތެރި، ތެދުވެރި، ވަފާތެރި، ނަޒާހާތްތެރި، ރިޝްވަތު ދެކެ ބިރުގަންނަ، އިސްލާމްދީނާ ދިވެހި ޤައުމުގެ ހިމާޔާތުުގައި އިންޑިއާ ފަދަ ޤައުމުތަކަށް މޭ އައްޑަނައަކަށް ދިއްކޮށްލަން ކެރޭ ބޭފުޅެއް. އެއްގޮތަކަށް ވެސް ބޯވައެއް، ޕަޕެޓެއް ނުން.

    2
    3
  14. އަލީ އަހްމަދު

    ޝަރީފަކީ، ރައީސް ނަޝީދާއި، ރައީސް އިބޫ ފަދަ އިޚްލާސްތެރި، އަމާނާތްތެރި، ތެދުވެރި، ވަފާތެރި، ނަޒާހާތްތެރި، ރިޝްވަތު ދެކެ ބިރުގަންނަ، އިސްލާމްދީނާ ދިވެހި ޤައުމުގެ ހިމާޔާތުުގައި އިންޑިއާ ފަދަ ޤައުމުތަކަށް މޭ އައްޑަނައަކަށް ދިއްކޮށްލަން ކެރޭ ބޭފުޅެއް. އެއްގޮތަކަށް ވެސް ބޯވައެއް، ޕަޕެޓެއް ނުން.

    1
    3
  15. އަމްމަޓީ

    މީނަ ފެނަކަ އެމްދީއަކަސް އައިސް ފުރަތަމަ ބޭއްވި ބައްދަލުވުމުގަ ބުނީ އެކަކުވެސް ވަޒީފާއިން ވަކި ނުކުރާނަމޭ. އެކަމަކު އެނަމެ ފަހުން ފެަނަކައިގެ އެކިއެކި ބްރާންޗް ހިންގަން ތިބި ވެރިންނަށް އެންގީ ކޮންމެ މީހަކަށް 50 މީހުންގެ ސޮއި ނުހޯދިއްޖެ ނމަ ވަޒީފާއެއް ނޮއޮންނާނެކަމަށް. އަދި ހަމަ އެދުވަސްވަރު ކުންފުންޏްަށް އެތައް އަހަރު ދުވަހު ޚިދުމަތް ކޮށްދީފަތިބި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފަ ހުރީ. ދެން މިފަހަރުވެސް ކަން ހިގާނީ ބުނިގޮތާއި ދިމާ އިދިކޮޅަށްކަން ޔަގީން. ޙަގީގަތުގަ ސިޔާސީ ގޮތުން އެންމެ މީހެއްގެ ވޯތުވެސް ނުހޯދޭނޭ މީނަޔަށް. ސަތޭކޯގެ ގިނަ މުވައްޒަފުންނަކީ ހުބނަރުވެރު މަސައްކަތްތެރި ބައެއް. މީނަ މިޖުބޫރު ކުރުމުން އެކަމާ އނަނަ ރުލިން ގިނަ ވޯތު މިފަހަރުވެސް ގެއްލޭނީ.